Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޓީސީސީގެ ހޮޓްލައިން ތަޢާރަފުކުރުން

އެމްޓީސީސީގެ ޚާއްސަ ހޮޓްލައިން 1650 ތަޢާރަފުކޮށްފި

ހިލޭ ގުޅޭ ހޮޓްލައިނާއެކު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 29 އޯގަސްޓު 2021 | އާދީއްތަ 13:17
އާދިއްތަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޢާޒިމް، ހޮޓްލައިންއާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ

އާދިއްތަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޢާޒިމް، ހޮޓްލައިންއާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ފުޅާކޮށް ހިލޭ ގުޅޭ ގޮތް ހަމަޖައްސައިފިއެވެ.

އާދިއްތަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ޚާއްސަ ހޮޓްލައިން 1650 އިފްތިތާޙުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމެވެ.

މިހޮޓްލައިން އިފްތިތާޙު ކޮށްދެއްވައި ޢާޒިމް ވިދާޅުވީ, އެމްޓީސީސީން ވަރަށް ގިނަ ޚިދުމަތްތައް އާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ހިލޭ ގުޅޭ ހޮޓްލައިނާއެކު ރައްޔިތުންގެ ސުވާލުތަކަށް ވީހާވެސް އަވަސް ފުރުސަތެއްގެ ތެރޭގައި ޖަވާބު ދެވޭނެ ކަމަށް ޢާޒިމް ވިދާޅުވިއެވެ. އަދި އެމްޓީސީސީގެ ވަކިވަކި ނަންބަރުތަކަށް ގުޅައިގެން, އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ބަދަލުގައި, އެއް ނަންބަރަކުން ހުރިހާ ބާވަތެއްގެ ސުވާލުތަކަކަށް ޖަވާބު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޢާޒިމް ވިދާޅުވީ އެމްޓީސީސީގެ ހުރިހާ ޑިވިޜަންތަކާ ގުޅުންހުރި ސުވާލުތަކަށް މިހޮޓްލައިން މެދުވެރިކޮށް ޖަވާބު ހޯދޭނެ ކަމަށެވެ. އޭގެތެރޭގައި ޓްރޭޑިންގ، ޓްރާންސްޕޯޓް، ވަޒީފާއާއި ގުޅުންހުރި ސުވާލު، އިންޖިނިއަރިންގ އަދި ޑޮކިންގ ޚިދުމަތް، ޕްރޮކިއުމަންޓް، ފިނޭންސް، ހިއްސާ، އެޑްމިން އަދި އެމްޓީސީސީން ހިންގާ އެކިއެކި މަޝްރޫޢުތަކާ ގުޅުންހުރި ސުވާލުތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްޓީސީސީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މަހެއްގެ މައްޗަށް 2055 ކޯލް އެކިއެކި ކަންކަމުގައި އައިސްފައިވެއެވެ. އެއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 114 ކޯލެވެ. މީގެތެރެއިން އެންމެ ގިނައިން އާންމުން ގުޅާފައިވަނީ "ކަށަވަރު ޝޯރޫމް"ގެ ވިޔަފާރިއާބެހޭ ކަންކަން އޮޅުންފިލުވުމަށް ކަމަށާއި، ވިޔަފާރީގެ ދާއިރާއިން އެކަނި މަހެއްގެ މައްޗަށް 1233 ކޯލު އައިސްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

މި ހޮޓްލައިނަށް އަންނަ ކޯލުތައް އެހެން ޑިވިޒަން އަކަށް ނުވަތަ އެހެން ފަރާތަކަށް ޕާސްއެއް ނުކުރާނެ އެވެ. "ކޯލްބެކް" ޚިދުމަތް ލިބި، ކޯލެއް މިސްވެއްޖެއްޔާ އެ ކަސްޓަމަރަކަށް އެމްޓީސީސީން ގުޅާނެ އެވެ. ހޮޓްލައިންގެ ޚިދުމަތް ދޭނީ އެކުންފުނީގެ ކޯލް ސެންޓަރ މުވައްޒަފުންނެވެ. އެމުވައްޒަފުންނަކީ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމާގުޅޭ ޚާއްސަ ތަމްރީން ހަދާފައިވާ މުވައްޒަފުންނެވެ.

އެމްޓީސީސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު