Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫގެ 4 އަވަށް މޮނިޓަރިންގއަށް ލުން

އައްޑޫގެ ގުޅިފައިވާ 4 އަވަށް މޮނިޓަރިންގއަށް

29 އޯގަސްޓު 2021 | އާދީއްތަ 12:08

ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ މޮނިޓަރިންގއަށް ލާފައި ވަނީ އޮގަސްޓު 28ގައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 29 އޯގަސްޓު 2021 | އާދީއްތަ 12:08
އައްޑޫ ސިޓީ ހިތަދޫ

އައްޑޫ ސިޓީ ހިތަދޫ

އައްޑޫގެ ގުޅިފައި އޮތް 4 އަވަށް މޮނިޓަރިންގއަށް ލުމާއެކު އައްޑޫ ސިޓީ ކައުންސިލުން އެސިޓީގައި ޚާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

އައްޑޫގެ ހަތަރު އަވަށް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ މޮނިޓަރިންގއަށް ލާފައި ވަނީ އޮގަސްޓު 28ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

އެގޮތުން މި ހަތަރު އަވަށުގައި, އާއްމުކޮށް ބާއްވާ އެއްވުންތަކާއި ޕާޓީތައް ބޭއްވުން ދެ ހަފްތާއަށް ވަނީ މެދުކަޑާލާފައެވެ. މި އަވަށްތަކުގެ ސްކޫލްތައް ދެ ހަފުތާއަށް ބަންދުކޮށްފައިވާއިރު، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންގާ ގޮތެއްގެމަތިން ގްރޭޑް 9 އަކުން މަތީގެ ގްރޭޑްތަކުގެ ކިޔެވުން, ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން އޮގަސްޓް 29ވަނަ ދުވަހުގެ ރޭގަނޑު 9:00ން ފެށިގެން ފަތިހު 4:00ގެ ނިޔަލަށް، ކާފިއު ވަގުތު ކަމުގައިހަމަޖައްސައި، މިވަގުތު ތަކުގައި ބޭރަށް ނިކުތުން ވަނީ މަނާކޮށްފައެވެ. އަދި ކޮންމެހެން ބޭރަށް ދާންޖެހޭނަމަ އައްޑޫ އީ.އޯ.ސީގެ ހުއްދައާއެކު ބޭރަށް ދެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

މޮނިޓަރިންގއަށް ލެވުނު ހަތަރު އަވަށުގެ ގާޑިޔާ، ހޮޓާ/ކެފޭ/ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ރޭގަނޑު 9:00ގެ ނިޔަލަށް ހުޅުވައިގެން ޚިދުމަތްދިނުމާއި، އަދި 10:00އާ ހަމައަށް, މިދެންނެވުނު ތަންތަނުން ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ. ކައުންސިލުން ބުނީ ފިހާރަތަކުން ހުޅުވައިގެން ޚިދުމަތްދެވޭނީ ރޭގަނޑު 9:00ގެ ނިޔަލަށް ކަމަށެވެ. އަދި 10:00ގެ ނިޔަލަށް ޑެލިވަރީގެ ޚިދުމަތްދެވޭނެ ކަމަށެވެ.

ކައުންސިލުން ވަނީ އޮގަސްޓް 30ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީން ފުރާ އެންމެންގެ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއަކާއެކު ފުރުމުގެ ހުއްދަ ދިނުމާއި, ޒަރޫރީ ބޭނުމަށް ދަތުރުކުރާ އެންމެހައި ފަރާތްތައް އެޅިފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ އެންގުން ތަކުރާރުކޮށްފައެވެ. މޮނިޓަރިންގ ހާލަތުގައި އައްޑޫއިން ދަތުރުކުރެވޭނީ އައްޑޫ އީ،އީ.އޯ.ސީގެ ހުއްދަ ލިބިގެން ކަމަށާއި މިއެންގުންތަކަކީ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އައްޑޫގެ ހަތަރު އަވަށް ނުވަތަ ރަށާއެކު ޖުމުލަ 9 ރަށެއް އޮގަސްޓު 28 ވަނަ ދުވަހު ވަނީ މޮނިޓަރިންގއަށް ލައިފައެވެ.

އައްޑޫއެޗްޕީއޭކޮވިޑް-19

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
05 ނޮވެމްބަރު 2025

އައްޑޫ ބްރިޖް މަޝްރޫއުގެ ޑިޒައިން ހެދުމާއި ފަންނީ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލު ކުރީ އެއް މިލިއަން ޑޮލަރަށް

05 ނޮވެމްބަރު 2025
އައްޑޫ ބްރިޖް މަޝްރޫއުގެ ޑިޒައިން ހެދުމާއި ފަންނީ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލު ކުރީ އެއް މިލިއަން ޑޮލަރަށް
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
18 ސެޕްޓެމްބަރު 2025

ސަރުކާރު ދެމެހެއްޓުމާމެދު ރައްޔިތުންގެ ވޯޓެއް ނަގަން ފައްޔާޒް ގޮވާލައްވައިފި

18 ސެޕްޓެމްބަރު 2025
ސަރުކާރު ދެމެހެއްޓުމާމެދު ރައްޔިތުންގެ ވޯޓެއް ނަގަން ފައްޔާޒް ގޮވާލައްވައިފި
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް