Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެރަރިސްޓް އަމީންގެ ޝަރީއަތް

ޓެރަރިސްޓެއް ކަމަށް ބުނާ އަމީނުގެ ޝަރީއަތް – އިންޓެލިޖެންސް ރިޕޯޓާއި ގުޅިގެން ހެކިބަސް ނެގުން އަންނަ ބުރާސްފަތި ދުވަހު

އަމީން ވަނީ ޖަލުގައި އޭނާއާމެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 އޯގަސްޓު 2021 | ހުކުރު 15:29
އަމީން - އަންނަ މަހުގެ 2 ވަނަ ދުވަހު ހެކިބަސް ނެގުން އޮންނާނެ

އަމީން - އަންނަ މަހުގެ 2 ވަނަ ދުވަހު ހެކިބަސް ނެގުން އޮންނާނެ

ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މުހައްމަދު އަމީނާއި ދެކޮޅަށް ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓާއި ގުޅިގެން އަންނަ މަހުގެ 2 ވަނަ ދުވަހު ހެކިބަސް ނެގުމަށް ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބާއްވާފައިވަނީ ދައުލަތުން އަމީނާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން ދައުލަތުން ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓް ތައްޔާރު ކުރި ފަރާތުގެ ހެކިބަސް ނެގުމަށް ނިންމާފައިވީ ނަމަވެސް، ހެކިބަސް ނެގިފައި ނުވެއެވެ. އެއީ އަމީނުގެ ގާނޫނީ ވަކީލުންގެ ޓީމާއި އައު ވަކީލަކު ގުޅިވަޑައިގަތުމުންނެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އަމީނުގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ބާއްވާފައިވާއިރު، މި އަޑު އެހުމުގައި އަމީން ވަނީ ޖަލުގައި އޭނާއާމެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެފައެވެ.

އަމީން ބުނެފައިވަނީ އޭނާ ކަސްރަތު ކުރަން ޓެނިސް ބޫޓެއް ވެއްދުމަށް ކަރެކްޝަނުން ހުރަސް އަޅަމުންދާ ކަމަށާއި، ކަސްރަތު ކުރަން ޑޮކްޓަރު ލިޔުން ދީފައިވީނަމަވެސް އެ ފުރުސަތު ކަރެކްޝަނުން ނުދިން ކަމަށެވެ.

މީގެ އިތުރުން ޖަލުގައި އެހެން ގައިދީން ވެސް ޓެނިސް ބޫޓު ގެންގުޅޭ ކަމަށާއި، އެހެންކަމުން އޭނާއަށް އެ ހުއްދަ ނުދިނުމަކީ ތަފާތުކުރުން ގެންގުޅުން ކަމަށެވެ.

އަމީންގެ ވާހަކައަށް ރައްދުދެއްވަމުން ޕީޖީގެ ވަކީލު ވިދާޅުވީ ޓެނިސް ވެއްދުމަކީ މަނާކަމެއް ކަމަށާއި، ޖަލަށް ވެއްދުން ހުއްދަ ތަކެތީގެ ތެރޭފައި ޓެނިސް ބޫޓް ނުހިމެނޭކަމަށެވެ.

ދެފަރާތުގެ މި ވާހަކަތާއި ގުޅިގެން އަމީނުގެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ އެކަން އިތުރަށް ބައްލަވާނެކަމަށް ވިދާޅުވެފައެވެ.

ބުރާސްފަތި ދުވަހުގެ އަޑު އެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ އިތުރުން އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކުރި އޮފިސަރުގެ ހެކި ބަސް ނެގުމަށް ނިންމާފައިވީނަމަވެސް، އަމީނުގެ ވަކީލުންގެ ޓީމާއި ގުޅިވަޑައިގެންނެވި އައު ގާނޫނީ ވަކީލު އެ ރިޕޯޓް ކިޔާލުމަށްފަހު ހެކިބަސް ނެގުމަށް އެދިވަޑައިގަތެވެ.

ދިފާއާއި އަލަށް ގުޅިވަޑައިގެންފައިވަނީ ވަކީލު އިސްމާއިލް ވިޝާމެވެ. އޭނާ ވިދާޅުވީ އެ ރިޕޯޓުފައި ވަރަށް ބޮޑެތި ކަންތައްތަކެއް އެބަހުރި ކަން ޓީމުގެ އެހެން ވަކީލުންގެ ފާރާތުން އެނގިފައިވާ އިރު، އަމީނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއާއި ގުޅިގެން 50 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ހެކިބަސް ނެގުމުގެ ކުރިން ރިޕޯޓް ބަލާލަން ބޭނުންވާކަމަށް ވަކީލު ވިޝާމް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިންވެސް ސިއްރު ހެކިވެރިންގެ ހެކިބަސް އުނިކުރުމަށްފަހު ކޯޓުގައި އެ ރިޕޯޓް ކިޔުމުގެ ފުރުސަތު ދިފާއީ ވަކީލުންނަށް ދީފައިވާކަން ފާހަގަ ކުރައްވާ ދައުލަތުން ވަނީ ރިޕޯޓް އަލުން ބެލުމުގެ ފުރުސަތު ދިނުމަށް އުޒުރުވެރިވެފައެވެ.

ނަމަވެސް މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ވަނީ އެ ފުރުސަތު ދިފާއަށް ދިނުމަށް ނިންމަވާފައެވެ. އަދި އަންނަ މަހުގެ 2 ވަނަ ދުވަހު ހެކިބަސް ނަގާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގައި މީގެ ކުރިން ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ދިފާއުން ހުށައަޅާފައިވާ ހެކި ބަލައިނުގަތުމަށް ޝަރީއަތުން ނިންމެވި ނިންމެވުން މުރާޖައާ ކޮށްދިނުން އެދި އަމީނުގެ ވަކީލުގެ ފަރާތުން ހުށައެޅުއްވިއެވެ. ދިފާއުން ވަނީ އަމީނުގެ މައްސަލައިގައި ދައުލަތުން ތަފާތުކުރުން ގެންގުޅޭކަމަށް ތުހުމަތުކޮށްފައެވެ. ދިފާއުން ވަނީ ޝަފަވީ 5 ހެއްކެއް ހުށައަޅަން ބޭނުންވާކަން ފާހަގަކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ގާޒީ ޝަކީލު ވިދާޅުވީ، ދިފާއުން ހުށަހަޅާފައިވާ 5 ހެކިންނަކީ ވެސް އަމީން ދަންނަ މީހުން ކަމަށާއި، އޭނާގެ ދީނީ ފިކުރާއި އޭނާއާ ގުޅޭ ކަންކަން ދަންނަ މީހުންކަމަށްވާތީ ހުށަހަޅާ ހެކިންކަން ދިފާއުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ޝަރީއަތުން ބެލި ބެލުމުގައި މި ހާލަތުގައި ހެއްކެއް ހުށައެޅުމުގެ ފުރުސަތު އަރުވާނަަމަ އެ ހެއްކަކީ ކުރިން ދިޔަ މަރުޙަލާތަކުގެ ފަހުން ވުޖޫދުވި ހެއްކަކަށް ވާން ޖެހޭނެކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އެގޮތުން މި ހެކިންނަކީ ކުރިން ވެސް ތިބޭނެ ހެކިންކަމަށް ގާޒީ ޝަކީލު ވިދާޅުވިއެވެ. އަދި ކިތާބީ ހެކިތަކަކީ ވެސް ކުރިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ހެކިތަކެއްކަން ފާހަގަ ކުރައްވައި ގާޒީ ވިދާޅުވީ، އަލަށް ފާޅުވި އެއްވެސް ހެއްކެއް ނެތް ކަމަށެވެ. ވުމާއެކު އާންމު އުސޫލުން ބަލާއިރު މިއީ ކުރިން ހުށަހެޅެން އޮވެ، ހުށަހަޅާފައި ނުވާ ހެކިތަކަކަށްވާތީ މި ހެކިތައް ބަލައިގަތުމަށް އިއުތިރާޒް ކުރައްވާކަމަށް ގާޒީ ޝަކީލު ވިދާޅުވިއެވެ.

ދެން މި މައްސަލައިގައި އޮތީ ހެކިބަސް ނެގުން ކަމަށް ވާތީ އެކަމަށް ތިން އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ. އެއީ މި މަހުގެ 26 ވަނަ ދުވަހަށް އެއް އަޑުއެހުން އަދި އަންނަ މަހަށް ދެ އަޑުއެހުމެވެ. މައްސަލައިގެ ޚުލާސާ ބަޔާން އަންނަ މަހު 29 ގައި އިއްވައި، އޮކްޓޯބަރު މަހުގެ ފަހު ކޮޅު ނުވަތަ ނޮވެމްބަރު މަހުގެ ކުރީކޮޅު ހުކުމް އިއްވޭނެ ކަމަށް ވެސް އިސް ގާޒީ ވިދާޅުވިއެވެ.

އަމީނަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ. އަމީނަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައިވެއެވެ. 

އަމީންޓެރަރިސްޓްއައިސިސްކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު