Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ ތައުލީމީ ނިޒާމަށް ރައީސްގެ ވިސްނުން

ޗައިނާގެ ރައީސް ޝީ ޖިން ޕިންގގެ ސިޔާސީ ވިސްނުން ސްކޫލްތަކުގެ ކަރިކިޔުލަމަށް

ޗައިނާގެ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ޕްރައިމަރީ ސްކޫލުން ފެށިގެން ޔުނިވަރސިޓީއާ ހަމައަށް މިވިސްނުން ކިޔައިދޭނެކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 އޯގަސްޓު 2021 | ބުދަ 18:59
ޗައިނާގެ ސްކޫލެއްގައި ކުދިންތަކަކަށް ކިޔަވައިދެނީ

ޗައިނާގެ ސްކޫލެއްގައި ކުދިންތަކަކަށް ކިޔަވައިދެނީ

ޗައިނާގެ ތައުލީމުގެ ނިޒާމުގެ ތެރޭގައި ސިޔާސީ ގޮތުން ކިޔަވައިދެވޭނެ ވިސްނުމަކީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގގެ ސިޔާސީ ވިސްނުންކަމުގައި އައު ގައިޑްލައިންގައި އެކުލަވާލާފައިވާ, ޗައިނާގެ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އައު ގައިޑްލައިންގެ ދަށުން " ޝީ ޖިންޕިން ތޯޓު" ކަރިކިޔުލަމްގެ ތެރޭގައި ހިމެނިގެން ދިޔުމުން ފުރާވަރުގެ ކުދިންނަށް މާރޒިސްޓް ތިއޮރީ އުނގެނުމަށް ފަސޭހަވެގެންދާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މާޒިސްމްއަކީ ކާރލް މާކްސްއަށް ނިސްބަތްވާ ގޮތަށް އުފެދިފައިވާ ވިސްނުމެކެވެ. އެއީ ބޮޑަށް ޗައިނާގައި އޮންނަ ކޮމިޔުނިޒަމްގެ ނިޒާމު ކިޔައިދޭ ވިސްނުމެކެވެ.

ޗައިނާގެ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ޕްރައިމަރީ ސްކޫލުން ފެށިގެން ޔުނިވަރސިޓީއާ ހަމައަށް މިވިސްނުން ކިޔައިދެވޭނެކަމަށެވެ.

މިއީ ޗައިނާގެ ރައީސް ނިސްބަތްވެ ވަޑައިގަންނަވާ ކޮމިޔުނިސްޓް ޕާޓީގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެންމެ ފަހުން ކުރަން ފެށި ކަންތަކެވެ. މިކަމާގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހުރިހާ ގޮތަކުންވެސް ކާމިޔާބު ޖީލެއް އުފެއްދުމަށް މިއީ މުހިންމު, ބޭނުންތެރި ކަމެއްކަމަށެވެ.

އައު ގައިޑްލައިންގައި ލޭބަރ އެޑިޔުކޭޝަންގެ ބައިވެސް ވަނީ ހިމަނާފައެވެ. އެއީ މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް މަގުފަހި ކުރުމަށެވެ.

2018 ވަނަ އަހަރު ޗައިނާގެ ގާނޫނު އަސާސީ ގައިވެސް ވަނީ "ޝީ ޖިންޕިން ތޯޓު" ހިމަނާފައެވެ. އޭގެފަހުން ބައެއް ޔުނިވަރސިޓީތަކާއި ސިޔާސީ ހަރަކާތްތައް ހިންގާ ޒުވާނުންގެ މެދުގައިވެސް އަންނަނީ އެވިސްނުން ކުރިއަރުވަމުންނެވެ.

ޝީ ޖިން ޕިންގ ތޯޓުގައި މައިގަނޑު 14 ކަމެއް ހިމެނެއެެވެ. މީގެތެރޭގައި ކޮމިޔުނިސްޓްގެ އުސޫލުތަކަށް ބާރު އަޅާ ކަންކަން ހިމަނާފައިވެއެވެ.

ޗައިނާ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު