Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުން ފަށާފައިވާ އިންސްޕެކްޝަން

އިންސްޕެކްޝަން ކުރިއަށް، ދުވަހު ކުއްޔަށް ދޭ ބައެއް ތަންތަން އޮޕަރޭޓް ކުރަމުންދަނީ ގަވާއިދާ ޚިލާފަށް!

24 އޯގަސްޓު 2021 | އަންގާރަ 07:25

އިންސްޕެކްޝަން ފަށާފައިވަނީ މި މަހުގެ 18 ވަނަ ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 އޯގަސްޓު 2021 | އަންގާރަ 07:25
ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓު

ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓު

އުސޫލުތަކާ ޚިލާފަށް ފަތުރުވެރިން ބައިތިއްބާ ތަންތަން ހޯދުމުގެ އިންސްޕެކްޝަނެއް ސަރުކާރުން ފަށާފައިވާއިރު މިހާތަނަށް 26 ތަނެއް ބަލާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އިބްރާހިމް ފަރްހާދު ވިދާޅުވީ މި 26 ތަނުގެ ތެރޭގައި ހިމެނެނީ 16 ގެސްޓް ހައުސް އާއި ތިން ހޮޓަލުގެ އިތުރުން ދުވަހު ކުއްޔަށް ދޭ ހަތް ތަން ކަމަށެވެ. އެގޮތުން 19 ތަނެއް ހިންގަނީ ގަވާއިދާ އެއްގޮތަށް ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށްވާއިރު ދުވަހު ކުއްޔަށް ދޭ ހަތް ތަނެއް ހިންގަމުން އަންނަނީ ޤަވާއިދާ ޚިލާފަށް ކަމަށެވެ.

Advertisement - newsAdvertisement

ފަރުހާދު ވިދާޅުވީ އިންސްޕެކްޝަންގެ ތެރެއިން ފާހަގަކުރެވުނު ކަންތައްތައް ރަނގަޅު ކުރުމަށް އަންގާފައިވާ ކަމަށެވެ. އެގޮތުން މާސްކް އަޅައިގެން އުޅުމާއި ސެނެޓައިޒް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ފަދަ ކަންތައްތައް ވަގުތުން ރަނގަޅުކުރުމަށް ގެސްޓް ހައުސްތަކަށާއި ހޮޓެލްތަކަށް އަންގާފައިވާއިރު ބޯޑު ފަދަ ތަކެތި ހަރުކުރަން ޖެހޭނެ ނަމަ، ތިން ދުވަހާއި ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެކަންތައްތައް ރަނގަޅުކޮށް މިނިސްޓްރީއަށް މެއިލް މެދުވެރިކޮށް އެންގުމަށް އެދިފައިވާނެ ކަމަށެވެ.

ފަރުހާދު އިތުރަށް ވިދާޅުވީ ބައެއް ގެތަކުގައި ވެސް ގެސްޓް ހައުސްތައް ހަދާފައި ހުންނަ ކަމަށާއި މިނިސްޓްރީއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުން އިންސްޕެކްޓް ކުރުމަށްފަހު، 4 ދުވަހުން އޮޕަރޭޓް ކުރުމުގެ ހުއްދަ ދޫކުރަމުންދާ ކަމަށެވެ. ހުރިހާ އެންމެން އެކުގައި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަައް އަޅައި، ޤަވާއިދުގެ ތެރެއިން މި ސިނާއަތުގައި މަސައްކަތް ކުރުމަށް ފަރުހާދު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މި އިންސްޕެކްޝަން މި މަހުގެ 18 ވަނަ ދުވަހު ފެށީ, އިމިގްރޭޝަނާއި ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ގުޅިގެންނެވެ. އިންސްޕެކްޝަނާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ރާއްޖެއަށް އަންނަ ފަތުރުވެރިން ޖުލައި 26ން ފެށިގެން, މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް ތިބެވޭނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ, ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަ ދީފައިވާ ކޮވިޑް-19 ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް، ރާއްޖެއަށް ދަތުރުކުރާ ތާރީޚަށް 14 ދުވަސް ވެފައިވާ ފަރާތްތަކަށާއި ވެކްސިންގެ ޑޯޒްތައް ހަމަނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގެ ހޮޓާތަކާއި ގެސްޓް ހައުސްތަކުގައި ތިބެވޭނީ އެ ރަށެއްގެ ވެކްސިން ޖެހި މުޅި އާބާދީ 60 އިންސައްތަ މަތިވެފައިވާނަމަ ކަމަށް އެ އެޖެންސީން އިއުލާން ކޮށްފައިވާ ކަަމަށެވެ.

އެހެންނަމަވެސް އެ އުސޫލުތަކާ ޚިލާފަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާތީ, އުސޫލުތައް ޤާއިމުކޮށްފައިވާ މަޤުޞަދު ހާސިލުކުރުމަށްޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، އުސޫލާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް