Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިއްލެ ގައުމީ ޓީމާ ހަވާލުވުން

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗަކަށް އިއްލެ

22 އޯގަސްޓު 2021 | އާދީއްތަ 14:59

އެސިސްޓަންޓް ކޯޗުންނަކީ ޒިލާ، ފަޒްލީ އަދި ނަސީރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 އޯގަސްޓު 2021 | އާދީއްތަ 14:59
ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗަކަށް ހަމަޖެއްސި އިލްޔާސް އިބްރާހިމް (އިއްލެ)

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗަކަށް ހަމަޖެއްސި އިލްޔާސް އިބްރާހިމް (އިއްލެ)

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ) ހަމަޖައްސައިފިއެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް އަޙްމަދު އާދަމް ވިދާޅުވީ އަންނަ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާބާ މެންސް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެގޮތުން ގައުމީ ޓީމުގެ އައު ކޯޗަކަށް އިއްލެ ހަމަޖައްސާފައިވާ ކަމަށެވެ.

އިއްލެ އާއެކު އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން މުޙައްމަދު ޒިލާލް (ޒިލާ) އާއި، ކުރީގެ ބާސްކެޓްބޯޅަ ތަރި އަލީ ފަޒްލީ އަދި މުޙައްމަދު ނަސީރެވެ. އާދަމް ވިދާޅުވީ ގައުމީ ބާސްކެޓްބޯޅަ ޓީމަށް ޒުވާން ކޯޗުންތަކެއް ހަމަޖެއްސީ، އެ ކޯޗުންނަކީ ރާއްޖޭގެ ބާސްކެޓުގެ ކުރިމަގު ކަމަށްވާތީ ކަމަށާއި، އަދި އަލަށް ހަމަޖެއްސި ކޯޗުންނާއެކު ރާއްޖޭގެ ބާސްކެޓް ކުރިއެރުވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން ކަމަށެވެ.

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗަކަށް އިއްލެ ހަމަޖެއްސިއިރު، ކޯޗެއްގެ ގޮތުގައި އޭނާ ވިދާލީ ޓީރެކްސް ބާސްކެޓްބޯޅަ ކުލަބުންނެވެ. ބާސްކެޓުގެ އިތުރުން ފުޓްބޯޅައިގައިވެސް ވިދާލި އިއްލެ އަކީ މީގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމަށްވެސް ކުޅުނު ކުޅުންތެރިއެކެވެ. އެގޮތުން ގައުމީ ފުޓްބޯޅަ ޓީމުން 2004 ވަނަ އަހަރު ގަދަފަދަ ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި އެއްވަރުކުރި މެޗުގައި އިއްލެ އަކީ ޓީމުގެ އެއް ނަމްބަރު ފޯވާޑެވެ. އަދި ޖެހިގެން އައި އަހަރު ރާއްޖޭގެ ކުލަބު ފުޓްބޯޅައިގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބު ކަމުގައިވާ، އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ދަތުރުކުރިއިރު އެ ޓީމުގައިވެސް އިއްލެ ހިއްސާވިއެވެ.

އެއަށްފަހު ބާސްކެޓްބޯޅައަށް އިއްލެ މުޅިން ހުސްވީ 2007 ވަނަ އަހަރެވެ. ބާސްކެޓުގައި ވިކްޓަރީ ސްޕޯޓްސް ކުލަބުން ހޯދި ކާމިޔާބުތަކުގައި އިއްލެގެ ދައުރު ބޮޑުއިރު، ކޯޗެއްގެ ގޮތުގައި އިއްލެ ވަނީ ޓީރެކްސްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ޓީރެކްސްގެ ކާމިޔާބީތަކަށްފަހު ދާދި ފަހުން އޭނާ ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުން ވަކިވެފައެވެ.

"ރާއްޖެ.އެމްވީ" އާ ވާހަކަދައްކަމުން އިއްލެ ބުނީ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަކީ ރާއްޖޭގައި ލިބެން އޮތް އެންމެ މަތީ މަގާމު ކަމަށާއި، އެހެންކަމުން މިއީ އޭނާއަށް ލިބުނު ބޮޑު ފަޚުރެއް ކަމަށެވެ. އަދި އެއާއެކު އޭނާގެ ޒިންމާތައްވެސް މިހާރު ބޮޑުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

އިއްލެ ބުނީ ގައުމީ ބާސްކެޓްބޯޅަ ޓީމާ ހަވާލުވިއިރު، ބޯމަތީގައި އޮތީ އޭޝިއާގެ އެންމެ ބޮޑު މުބާރާތް ކަމަށެވެ. އެހެންކަމުން ލިބިފައިވާ ކުރު މުއްދަތުގެ ތެރޭގައި އެ މުބާރާތަށް ތައްޔާރުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، އަމާޒަކީ އެ މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށްވެސް ބުންޏެވެ.

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗަކަށް އިއްލެ ހަމަޖެއްސިއިރު، އެ ޓީމުގެ ކޯޗުގެ މަގާމުގައި އެންމެ ފަހުން ހުރީ އެމެރިކާގެ ކޯޗު ކޯރޭ އެލެކްސެންޑާއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް