Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްފަރި ހުޅަނގުފަރާތު ފަރަށް އެރި ބޯޓު

ފަރަށް އެރި ބޯޓު ފުންކުރުމަށް ލަންކާއިން އެހީވަނީ

21 އޯގަސްޓު 2021 | ހޮނިހިރު 16:41

މި ބޯޓު ފަރަށް އަރާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 21 އޯގަސްޓު 2021 | ހޮނިހިރު 16:41
ފަރަށް އަރާފައިވާ ޕެނަމާގެ ބޯޓު

ފަރަށް އަރާފައިވާ ޕެނަމާގެ ބޯޓު

ކ. ރަސްފަރި ހުޅަނގު ފަރާތު ފަރަށް އެރި ކާގޯ ބޯޓު ފުންކުރުމަށް އަންނަ ހޯމަ ދުވަހު ސްރީ ލަންކާގެ ޓަގު ބޯޓެއް އަންނާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.

ޕެނަމާއަށް ނިސްބަތްވާ, 190 މީޓަރުގެ ކާގޯ ބޯޓު ރަސްފަރި ހުޅަނގު ފަރާތު ފަރަށް އެރީ މިމަހުގެ 19 ވީ ބުރާސްފަތި ދުވަހު މެންދުރު 12:48 އެހާއިރުއެވެ. ބޯޓު ފުން ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު، މި މަސައްކަތަށް ލަންކާގެ ޓަގު ބޯޓެއް އަންނާނެ ކަމަށާއި, މި މަސައްކަތް ކުރިއަށްދާނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހުގައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެ ބޯޓު ނިސްބަތްވާ ގްރީިކުގެ ކުންފުނިން މިހާރު ވަނީ އެމީހުންގެ އެޖެންޓެއްގެ ގޮތުގައި އެންޓްރަކް މޯލްޑިވްސް ހަމަޖައްސާފައިކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މީގެ އިތުރުން ބޯޓު ފުންކޮށް ނިމުމުން ކ. ރަސްފަރި ހުޅަނގު ފަރާތު ފަރަށް ލިބުނު ގެއްލުން ބަލާނެ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވަނީ ވިދާޅުވެފައެވެ. ފަރަށް ލިބިފައިވަނީ ކިހައި ބޮޑު ގެއްލުމެއްކަން ބޯޓު ފުން ނުކުރެވެނީސް ނޭނގޭނެ ކަމަށާއި، ފުން ކުރެވުނުހާ އަވަހަކަށް ފަރަށް ލިބިފައިވާ ގެއްލުންތައް ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމާ ގުޅިގެން ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރާނެ ކަމަށްވެސް ނައީމް ވިދާޅުވިއެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބޯޓު އޮތީ އެއްކޮށް ފަރަށް ލައްވެފައެވެ. އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ކޯސްޓްގާޑުގެ އިތުރުން ކަމާގުޅުންހުރި ފަރާތްތަކުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ. މި ހާދިސާގައި ލިބިފައިވާ ގެއްލުމުގެ މައުލޫމާތު އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިފަދަ ހާދިސާތައް ދޭތެރެ ދޭތެރެއިން ކުރިމަތިވަމުން ދާއިރު، މިފަދަ ހާދިސާތަކުގައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

12 މާރިޗު 2017

ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ

12 މާރިޗު 2017
ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ
15 ފެބުރުއަރީ 2017

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

15 ފެބުރުއަރީ 2017
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި
13 ފެބުރުއަރީ 2017

ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި

13 ފެބުރުއަރީ 2017
ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި
06 ފެބުރުއަރީ 2017

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު
02 ފެބުރުއަރީ 2017

ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި

02 ފެބުރުއަރީ 2017
ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް