Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކައިލީ ޖެނަރ

ކައިލީ ދެވަނަ ދަރިއަކަށް ބަނޑުބޮޑުތަ؟

21 އޯގަސްޓު 2021 | ހޮނިހިރު 13:25

ކައިލީ އިތުރު ކުދިން ބޭނުންވާކަމަށް ވަރަށް ގިނަ ޕްރެސް ތަކުގައާއި އަދި މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ބުނެފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 21 އޯގަސްޓު 2021 | ހޮނިހިރު 13:25
ކައިލީ ޖެނަރ

ކައިލީ ޖެނަރ

ކައިލީ ޖެނަރ ދެވަނަ ދަރިއަކަށް ބަލިވެއިންކަމުގެ ރިޕޯޓްތައް ފެތުރެން ފަށައިފިއެވެ.

އުމުރުން 20 އަހަރުގައި ފުރަތަމަ ދަރިފުޅު، ސްޓޯރމީއަށް މަރުހަބާ ކިޔާފައިވާ ކައިލީ, އިތުރު ކުދިން ބޭނުންވާކަމަށް ވަރަށް ގިނަ ޕްރެސް ތަކުގާއި އަދި މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ބުނެފައިވެއެވެ.

ނަމަވެސް، ކައިލީއާއި ސްޓޯރމީގެ ބައްޕަ، މަޝްހޫރު ރެޕް އާޓިސްޓް ޓްރެވިސް ސްކޮޓްއާ 2019 ވަނަ އަހަރު ދުރުވުމާއެކު މިފަދަ ވާހަކަތައް މަދުވިއެވެ. ކައިލީ ބުނި ގޮތުގައި އޭނާގެ މަންމަ ކްރިސް ޖެނަރ ފަދައިން އޭނާ ވެސް ބޮޑު އާއިލާއެއް ބޭނުންވެއެވެ.

އިތުބާރު ހުރި ފަރާތަކާ ހަވާލާދީ, ކައިލީ ދެވަނަ ކުއްޖަކަށް ބަލިވެއިންކަން އެމެރިކާގެ ގިނަ ނޫސްތަކުން ރިޕޯޓް ކުރަމުންދާއިރު، ކައިލީ އަދި ޓްރެވިސް މިކަމާ ގުޅޭ ގޮތުން ބަހެއް ބުނެފައެއް ނުވެއެވެ.

މި ޚަބަރު ކައިލީގެ އާއިލާއަށް އެނގުނުއިރު މުޅި އާއިލާއަށް ސިހުމެއް ލިބުނު ކަމަށްވެސް އިތުބާރު ހުރި ފަރާތްތަކުން މީޑިއާއަށް މައުލޫމާތު ދީފައިވެއެވެ.

ކައިލީއާ ޓްރެވިސްގެ ގުޅުން އެހާ ރަގަނޅު ނޫންކަމަށް އެއްފަހަރެއްގައި މީޑިއާގައި ފެތުރެމުންދިޔައެވެ. އަދި ކައިލީއާ ޓްރެވިސް ދުރުވުމަށްފަހު އަލުން ގުޅުނީ މިއަހަރު ފުރަތަމަ ކޮޅުގައި ކަމަށްވެސް މީޑިއާތަކުގައި ވާހަކަ ދެކެވެމުންދެއެވެ. ކައިލީއާ ޓްރެވިސް ފުރަތަމަ ރައްޓެހިވެގެން އުޅޭކަން ހާމަކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ. އަދި އެ މީހުންގެ ފުރަތަމަ ދަރިފުޅު ސްޓޯރމީ ވެބްސްޓަރ ލިބިފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ކައިލީ ފުރަތަމަ ދަރިފުޅަށް ބަލިވެއިން ކަމުގެ ރިޕޯޓްތައް އޭރު ފެތުރުނު އިރުވެސް، ވިހެއުމާ ހަމައަށް އޭނާ އެކަން ސިއްރުކޮށްފައިވެއެވެ. ކައިލީ ބުނީ އެ ސިއްރު ހިފެހެއްޓުމަށްޓަކައި ފަހުންފަހުން އޭނާ ގެއިން ވެސް ނުނިކުންނަ ކަމަށެވެ.

ކައިލީއަށް 24 އަހަރު ފުރުނީ މި ހިގަމުންދާ އޮގަސްޓް މަހުގެ 10ވަނަ ދުވަހުގައެވެ. ޓްރެވިސްގެ އުމުރަކީ 30 އަހަރެވެ. އެ މީހުންގެ ދަރުފުޅު ސްޓޯރމީއަށް 3 އަހަރެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

25 މެއި 2017

ޓޮމް ކުރޫޒް: "ޓޮޕް ގަން"ގެ ދެވަނަ ފިލްމެއް ކުޅެނީ

25 މެއި 2017
ޓޮމް ކުރޫޒް: "ޓޮޕް ގަން"ގެ ދެވަނަ ފިލްމެއް ކުޅެނީ
22 މެއި 2017

"މާމާ މިއާ" ގެ ދެވަނަ ބައި ނެރެނީ

22 މެއި 2017
"މާމާ މިއާ" ގެ ދެވަނަ ބައި ނެރެނީ
13 މެއި 2017

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

13 މެއި 2017
ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން
10 މެއި 2017

"ތާރޓީން ރީޒަންސް ވައި" ގެ ދެވަނަ ސީޒަންއެއް ނެރެނީ

10 މެއި 2017
"ތާރޓީން ރީޒަންސް ވައި" ގެ ދެވަނަ ސީޒަންއެއް ނެރެނީ
29 އެޕްރީލު 2017

"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ

29 އެޕްރީލު 2017
"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ
25 އެޕްރީލު 2017

"ޑެޑް ޕޫލް"ގެ ދެވަނަ ބައި ނެރެނީ

25 އެޕްރީލު 2017
"ޑެޑް ޕޫލް"ގެ ދެވަނަ ބައި ނެރެނީ
22 އެޕްރީލު 2017

ސޮހާ ފުރަތަމަ ދަރިއަކަށް ބަނޑުބޮޑު

22 އެޕްރީލު 2017
ސޮހާ ފުރަތަމަ ދަރިއަކަށް ބަނޑުބޮޑު
12 މާރިޗު 2017

ވޮންޑަރ ވުމަންގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

12 މާރިޗު 2017
ވޮންޑަރ ވުމަންގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
10 ޖެނުއަރީ 2017

ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

10 ޖެނުއަރީ 2017
ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
08 ޖެނުއަރީ 2017

ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"

08 ޖެނުއަރީ 2017
ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް