Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާބައިދޫ ބަނދަރުގެ މަސައްކަތް

މާބައިދޫގައި ކެނޑި އައު ނެރާއެކު ފަޅުތެރެ ގަދަވުމުގެ މައްސަލަ ހައްލުވި: ކައުންސިލްގެ ރައީސް

21 އޯގަސްޓު 2021 | ހޮނިހިރު 14:18

މީގެ ކުރިން މާބައިދޫގެ ފަޅުތެރެ ވަރަށް ގަދަވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 21 އޯގަސްޓު 2021 | ހޮނިހިރު 14:18
އެމްޓީސީސީން މާބައިދޫގެ ބަނދަރު ބަލައިލުމަށް ކުރި ދަތުރު

އެމްޓީސީސީން މާބައިދޫގެ ބަނދަރު ބަލައިލުމަށް ކުރި ދަތުރު

މަސްވެރިކަމަށް ޚާއްސަކޮށް މާބައިދޫގެ ބަނދަރު ތަރައްގީކުރުމާއެކު މަސްވެރިންނަށް ފަޅުގައި ދޯނިތައް އަޅާފައި ބޭއްވުމަށް ފަސޭހަތަކެއް ވެގެންގޮސްފައިވާކަމަށް މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ވިސާމް ވިދާޅުވެއްޖެއެވެ.

ލ. މާބައިދޫގައި އައު ނެރެއް ކެނޑުމުގެ މަސައްކަތް އެމްޓީސީސީން ފެށީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހެވެ. 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު އެމްޓީސީސީން ވަނީ މި މަސައްކަތް ނިންމާލާފައެވެ. މަސައްކަތް ނިމުމުން މާބައިދޫ ރައްޔިތުންނަށް ލިބުނު ލުއިތައް އޮޅުންފިލުވައިލުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވަނީ މާބައިދޫއަށް ޒިޔާރަތްކުރައްވައި ކައުންސިލުން މިކަންކަން އޮޅުންފިލުއްވާފައެވެ.

Advertisement - newsAdvertisement

މިކަންކަމުގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށްފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ވިސާމް ވިދާޅުވީ, މާބައިދޫއަކީ މަސްވެރިކަމަށް ޚާއްސަ ރަށަކަށް ވެފައި، މީގެ ކުރިން ބަނދަރުގެ ނެރު އޮތްތަނުގެ ސަބަބުން ކަނޑު ގަދަވާ މޫސުންތަކުގައި ފަޅުގައި އޮޑި އަޅާފައި ބޭއްވުމަށް މަސްވެރިންނަށް ވަރަށް ބޮޑަށް ދަތިވި ކަމަށެވެ.

މިހާރު އެމްޓީސީސީން ވަނީ އެރަށުގައި ކުރިން އޮތް ނެރު ބައްދައި، ހުޅަނގު ފަރާތުން ނެރު ކަނޑާފައެވެ. މިއާއެކު މިހާރު މާބައިދޫގެ ބަނދަރު އޮޑިތަކަށް ރައްކާތެރި ތަނަކަށް ވެފައިވާކަމަށް އެ ރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މި ފާއިތުވި ދެތިން މަހަކީ ކަނޑުގަދަ ދުވަސްތަކެއް ކަމަށާއި، އެ ދުވަސްކޮޅުގައިވެސް އެފަދަ އެއްވެސް ދައްޗެއް ނުވާކަން ކައުންސިލްގެ ރައީސް ވިސާމް ފާހަގަކުރެއްވިއެވެ.

ބަނދަރުގެ ނިމިފައިވާ މަސައްކަތްތައް ބައްލަވައިލެއްވުމަށްފަހު އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވީ މާބައިދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން އެމްޓީސީސީން ކޮށްފައިވަނީ, މާބައިދޫގައި ކުރިން ނެރު ކަނޑާފައި އޮތް ދިމާ ގަދަ ވާތީ އެހެން ތަނަކުން ނެރު ކެނޑުމާއި، ނެރު ފައިކަށި ދިގުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ބޭރުތޮށީގައި ރިވެޓްމެންޓް ޖެހުމާއި، ބަނދަރު މަތިން ރަށުގެ ބޭރު ތޮއްޓަށް އެރޭގޮތަށް ބްރިޖެއް އަޅާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. މި މަސައްކަތް ނިމުމާއެކު މީގެ ކުރިން ދިމާވި ދަތިތަކަށް ވަރަށް ބޮޑު ހައްލެއް ލިބިފައިވާކަން ކައުންސިލުން ފާހަގަކުރެއްވި ކަމަށް ޢާޒިމް ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ 16.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މާބައިދޫ ބަނދަރުގެ ބޮޑުމިނުގައި 700 ފޫޓު ހުރެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

30 މާރިޗު 2017

އެއް ކެނޑިޑޭޓަކު ނެރުމަކީވެސް ނުވާނެ ކަމެއް ނޫން:ގާސިމް

30 މާރިޗު 2017
އެއް ކެނޑިޑޭޓަކު ނެރުމަކީވެސް ނުވާނެ ކަމެއް ނޫން:ގާސިމް
30 މާރިޗު 2017

މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

30 މާރިޗު 2017
މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ
30 މާރިޗު 2017

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

30 މާރިޗު 2017
ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި
18 މާރިޗު 2017

ކައުންސިލް އިންތިޚާބަށް ޕީޕީއެމްއިން ކެނޑިޑޭޓުން ހޮވީ މަސްޓޭންކަކުން: ޙަސަން ލަތީފް

18 މާރިޗު 2017
ކައުންސިލް އިންތިޚާބަށް ޕީޕީއެމްއިން ކެނޑިޑޭޓުން ހޮވީ މަސްޓޭންކަކުން: ޙަސަން ލަތީފް
07 މާރިޗު 2017

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!
06 މާރިޗު 2017

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް