Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރަޕުގެ މޮޅު ކުޅުންތެރިޔާ

ޔުއެފާ އެވޯޑަށް ޕްރިމިއާ ލީގުގެ ތިން ކުޅުންތެރިން

20 އޯގަސްޓު 2021 | ހުކުރު 11:59

ކޯޗުގެ މަގާމަށް ވާދަކުރަނީ ޓުޗެލް، ގާޑިއޯލާ އަދި މަންޗިނީ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 އޯގަސްޓު 2021 | ހުކުރު 11:59
ޔުއެފާ އެވޯޑަށް ވާދަކުރާ ކާންޓޭ، ޖޯޖީނިއޯ އަދި ޑި ބްރޭނާ

ޔުއެފާ އެވޯޑަށް ވާދަކުރާ ކާންޓޭ، ޖޯޖީނިއޯ އަދި ޑި ބްރޭނާ

ޔޫރަޕުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ލިސްޓުގެ ގަދަ ތިނެއްގައި އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ކުޅުންތެރިން ހިމެނިއްޖެއެވެ.

މި ފަހަރުގެ ލިސްޓުގައި ހިމެނޭ ތިން ކުޅުންތެރިންނަކީ ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އާއި، އެ ޓީމުގެ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ އަދި މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބްލެޖިއަމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާއެވެ.

މީގެ ތެރެއިން ކާންޓޭ އާއި ޖޯޖީނިއޯ ވަނީ ޗެލްސީއާއެކު މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އެ މުބާރާތުގައި އެންމެ ބޮޑަށް ވިދާލި ކުޅުންތެރިއަކީ ކާންޓޭއެވެ. އެގޮތުން އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ލެގާއި، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އެކަމަކު މި އަހަރުގެ ހޫނު މޫސުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކާންޓޭއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، ޖޯޖީނިއޯ ވަނީ އިޓަލީއާއެކު ޔޫރޯ ކާމިޔާބުކޮށްފައެވެ. އެހެންކަމުން މި ފަހަރުގެ އެވޯޑް ލިބުން އެންމެ ގާތް ކުޅުންތެރިއަކީ ޖޯޖީނިއޯ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދެން މި ލިސްޓުގައި ހިމެނޭ ޑި ބްރޭނާ ވަނީ ސިޓީއާއެކު މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އަދި މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ސިޓީ ގެންގޮސްދިނުމުގައިވެސް ޑި ބްރޭނާގެ ދައުރު ބޮޑެވެ.

މި ފަހަރުގެ ޔުއެފާ އެވޯޑުގެ ގަދަ ތިނެއްގައި ޕްރިމިއާ ލީގުގެ ތިން ކުޅުންތެރިން ހިމެނުނުއިރު، ހަތަރުވަނައިގައި ހިމެނުނީ ލިއޮނަލް މެސީއެވެ. އަދި ފަސްވަނައިގައި ރޮބަޓް ލެވަންޑޯސްކީ އޮތްއިރު، ހަވަނައިގައި އޮތީ ޔޫރޯގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާއެވެ. ހަތްވަނައިގައި ކީލިއަން އެމްބާޕޭ އޮތްއިރު، އަށްވަނައިގައި އޮތީ ރަހީމް ސްޓާލިންއެވެ. އަދި ނުވަވަނައިގައި ކްރިސްޓިއާނޯ ރޮނާލްޑޯ އޮތްއިރު، ދިހަވަނައިގައި އޮތީ އާލިން ބްރައުޓް ހާލަންޑެވެ.

މި ފަހަރުގެ ޔޫރަޕުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް އާއި، ސިޓީގެ ޕެޕް ގާޑިއޯލާ އަދި އިޓަލީ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް