Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސޯލިހަކީ ރައްޔިތުންގެ ރައީސްކަމަށް ނާޝިޒް ވިދާޅުވު

އިބްރާހިމް މުހައްމަދު ޞާލިޙަކީ ރައްޔިތުންގެ ރައީސް - ނާޝިޒް

18 އޯގަސްޓު 2021 | ބުދަ 15:16

ރައީސް ޞާލިހްގެ ނަން ތާރީހުގައި ލިޔެވިގެންދާނީ ކޮޅުމަޑުލުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވި ރައީސްގެ ގޮތުގައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 18 އޯގަސްޓު 2021 | ބުދަ 15:16
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އޮމަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އޮމަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަކީ ރައްޔިތުންގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޮމަދޫއަށް ވަޑައިގެން ބޭއްވި ޚާއްސަ ހަފުލާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ނާޝިޒް ވަނީ ރައީސް ޞާލިހްގެ ނަން ތާރީޚްގައި ލިޔެވިގެންދާނީ ކޮޅުމަޑުލުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވި ރައީސްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ. ރައީސް ޞާހަކީ އޮމަދޫ ރައްޔިތުންގެ ރައީސް ކަމާއި އޮމަދޫގެ ރައްޔިތުން ބޭނުންވި ބަދަލު އެ ރައްޔިތުންނަށް ހޯއްދަވައިދެއްވީ ރައީސް ކަމަށް ނާޝިޒް ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޞާލިޙް ރާއްޖޭގެ ބޮޑެތި ރަށްތަކާއި ކުދި ރަށްތަކުގެ މެދުގައި ތަފާތުކުރުންތައް ނުގެންގުޅުއްވާ ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ހުރިހާ ރަށެއްގައި ހަމަހަމައަށް ކުރިއަށް ގެންދަވާ ކަމަށް ވެސް ނާޝިޒް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނާޝިޒް ވަނީ ވެރިއެއް އިންތިޚާބުކުރުމުގެ ބޭނުމަކީ މިއީ ކަމަށާއި ރައްޔިތުންނަށް އޯގާތެރި ރައީސް އަކީ މިއީ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޞާލިޙަކީ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހައްދަވައިދެއްވާނެ ރައީސް ކަމަށްވެސް ނާޝިޒް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން އެންމެ ފުރަތަމަ ފަށާ ޕްރޮޖެކްޓުތަކުގެ ތެރޭގައި އޮމަދޫގެ ބަނދަރުގެ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށް ވިދާޅުވެ އެ ވައުދު ރައީސް ޞާލިޙް މިވަނީ ވަރަށް ރަނގަޅަށް ފުރިހަމަކޮށްދެއްވާފައި ކަމަށް ނާޝިޒް ވަނީ ވިދާޅުވެފައެވެ. އަދި އޮމަދޫގެ ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ރައީސް ޞާލިޙްގެ ސަރުކާރުން ކުރިއަށްގެންދާ ތަފާތު ޕްރޮޖެކްޓުތަކަށް 100 މިލިއަނެއްހާ ރުފިޔާ ޚަރަދުކުރަމުންދާ ކަމަށް ނާޝިޒް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިޕްރޮޖެކްޓުތަކާއެކު ރައްޔިތުންގެ ދިރިއުޅުން ވަރަށް ބޮޑަށް ކުރިއަރަން ފަށާފައިވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އޮމަދޫއަށް ވަޑައިގެން ސަރުކާރުން އޮމަދޫގައި ތަރައްގީކޮށްފައިވާ ބަނދަރުގެ ނިމުން ވަނީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ. ރައީސް އޮމަދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަނީ ރަށުގެ ރައްޔިތުންގެ ފަރާތުން ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސް ސޯލިހުމެމްބަރު ނާޝިޒް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2023

ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ނާޝިޒް، ނާއިބަކަށް މުހައްމަދު ރަޝީދު

14 ނޮވެމްބަރު 2023
ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ނާޝިޒް، ނާއިބަކަށް މުހައްމަދު ރަޝީދު
02 މާރިޗު 2023

އަޅުގަނޑުމެން ތަރައްގީ ގެންނަނީ ކޮންމެ 5 އަހަރަކުން އޮންނަ އިންތިހާބަކަށް ނޫން - ރައީސް

02 މާރިޗު 2023
އަޅުގަނޑުމެން ތަރައްގީ ގެންނަނީ ކޮންމެ 5 އަހަރަކުން އޮންނަ އިންތިހާބަކަށް ނޫން - ރައީސް
28 އޮކްޓޯބަރު 2022

ރައީސް ޞާލިހަކީ ކެރޭ ބޭފުޅެއް، އިގްތިޞާދީ ގޮތުން ގައުމު ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ: ނާޝިޒު

28 އޮކްޓޯބަރު 2022
ރައީސް ޞާލިހަކީ ކެރޭ ބޭފުޅެއް، އިގްތިޞާދީ ގޮތުން ގައުމު ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ: ނާޝިޒު
25 މާރިޗު 2022

އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

25 މާރިޗު 2022
އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
24 މާރިޗު 2022

ރައީސުލްޖުމްހޫރިއްޔާ، 'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްދެއްވައިފި

24 މާރިޗު 2022
ރައީސުލްޖުމްހޫރިއްޔާ، 'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްދެއްވައިފި
24 މާރިޗު 2022

ރައީސް އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ

24 މާރިޗު 2022
ރައީސް އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ
13 މާރިޗު 2022

ކޮވިޑްގެ ހާލަތުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އިންޑިއާއިން - ރައީސް ޞާލިޙް

13 މާރިޗު 2022
ކޮވިޑްގެ ހާލަތުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އިންޑިއާއިން - ރައީސް ޞާލިޙް
13 މާރިޗު 2022

ރަޝިޔާ - ޔޫކްރެއިން ހަނގުރާމައާގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މިއަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން - ރައީސް

13 މާރިޗު 2022
ރަޝިޔާ - ޔޫކްރެއިން ހަނގުރާމައާގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މިއަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން - ރައީސް
13 މާރިޗު 2022

މިދިޔަ 2 އަހަރު ތެރޭގައި ރާއްޖޭގެ އިގުތިސާދަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން

13 މާރިޗު 2022
މިދިޔަ 2 އަހަރު ތެރޭގައި ރާއްޖޭގެ އިގުތިސާދަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން
08 މާރިޗު 2022

ޓެރަރިޒަމާ ގުޅޭ އިންޓެލް މައުލޫމާތު ރައީސަށްވެސް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

08 މާރިޗު 2022
ޓެރަރިޒަމާ ގުޅޭ އިންޓެލް މައުލޫމާތު ރައީސަށްވެސް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް