Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް އޮމަދޫއަށް ވަޑައިގަތުން

ރައީސްގެ ތ. އަތޮޅު ދަތުރުފުޅު: އޮމަދޫގައި މަތީ ސާނަވީ ތަޢުލީމު ހާސިލްކުރެވޭނެ މަގެއް ފަހިކޮށްދެއްވުމަށް އެރަށުގެ ޑަބްލިއުޑީސީން ރައީސަށް ދަންނަވައިފި

18 އޯގަސްޓު 2021 | ބުދަ 13:27

ރަށުގެ ތަރައްގީއަށާއި އަންހެނުން ބާރުވެރިކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭ މައުލޫމާތު ރައީސްއަށް ދެންނެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 އޯގަސްޓު 2021 | ބުދަ 13:27
ރައީސް އޮމަދޫ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން

ރައީސް އޮމަދޫ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން

ތ. އޮމަދޫގައި މަތީ ސާނަވީ ތައުލީމު ހާސިލުކުރެވޭނެ މަގެއް ފަހިކޮށްދިނުމަށް އޮމަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާގެ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައި ދަންނަވައިފިއެވެ.

އޮމަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލް މެންބަރުންނާއެކު ބޭއްވި ބައްދަލުުވުމުގައި އެ ކޮމިޓީގެ މެންބަރުން ވަނީ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްތަކާއި ރަށުގެ ތަރައްގީއަށާއި އަންހެނުން ބާރުވެރިކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ދާއިމީ ގޮތެއްގައި އަންހެނުންނަށް އާމްދަނީ ލިބޭނެ ގޮތަށް އަންހެނުން ބާރުވެރިކުރުމަށް އިތުރު ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ. އަދި، އޮމަދޫގައި މަތީ ސާނަވީ ތަޢުލީމު ހާސިލުކުރެވޭނެ މަގެއް ފަހިކޮށްދިނުމަށް ވެސް އެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި، އޮމަދޫގައި ހުޅުވިގެންދިޔަ ބަދަރާއެކު ތަރައްގީގެ ކަންކަން ފުޅާކުރުމަށް ފުރުސަތު ފަހިވެއްޖެކަމަށާއި ރައްޔިތުންގެ އުންމީދުތައް އާވެއްޖެކަމުގައި އެ ރަށު ކައުންސިލުން ބުނެފައިވެއެވެ.

‎އޮމަދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކުރައްވާފައެވެ. ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ސްކޫލް އާބާތުރަ ފިލުވުމާއި، ބޭނުންވާ ބައެއް ވަސީލަތްތައް މަދުކަން ވަނީ ފާހަގަކުރައްވާފައެެވެ. މީގެ އިތުރުން ވެސް ކައުންސިލުން ވަނީ މަސްވެރިކަމާގުޅޭ މަސައްކަތްކުރުމަށާއި، ދަނޑުވެރިކަމަށް ދޫކުރާ ބިން ދޫކުރުމުގައި ހުރި ކަންބޮޑުވުންތަކާއި، ކުޅިވަރު އިންފްރާސްޓްރަކްޗަރ އަދި އިޖްތިމާޢީ ހަރަކާތްތައް ހިންގުމަށް ޒުވާނުންގެ މަރުކަޒެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ރަށަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންތައްތަކުގެ ތެރޭގައި، އެ ރަށު ޞިއްޙީ މަރުކަޒަށް ބޭނުންވާ ވަސީލަތްތަކާއި، ކަންކަން ކުރުމުގައި ދިމާވާ މާލީ ގޮންޖެހުންތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކުރައްވައިގެން މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

‎މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްްޔާ ވަނީ އޮމަދޫ ބަނދަރު ރަސްމީގޮތުން ހުޅުއްވައިދެއްވާފައެވެ. މި ބަނދަރަކީ 32،217،980.99 ރުފިޔާގެ އަގުހުރި މަޝްރޫޢެކެވެ.

‎ރައީސުލްޖުމްހޫރިއްޔާ އޮމަދޫޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުތ. އޮމަދޫ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
16 ޖުލައި 2023

ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް

16 ޖުލައި 2023
ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް