Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް އޮމަދޫއަށް ވަޑައިގަތުން

ކޮވިޑާ ގުޅިގެން ހަދާފައިވާ އުސޫލުތަކަށް އަމަލުކުރުމަށް ޓުއަރ އޮޕަރޭޓަރުންނަށް ރައީސް ގޮވާލައްވައިފި

18 އޯގަސްޓު 2021 | ބުދަ 12:12

އުސޫލުތަކާ ޚިލާފަށް ގޭގޭގައި ބައިތިއްބައިގެން ފަތުރުވެރިންނަށް ޚިދުމަތްދެމުންދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 އޯގަސްޓު 2021 | ބުދަ 12:12
ރައީސް ޞާލިޙު- އޮމަދޫ ބަނދަރު ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ

ރައީސް ޞާލިޙު- އޮމަދޫ ބަނދަރު ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ

ގިނަ ފަތުރުވެރިން ރާއްޖެ އައުމަކީ އިޤްތިޞާދު ރަނގަޅުވާނެ ކަމެއް ކަމަށާއި، ނަމަވެސް ފަތުރުވެރިން ގެނައުމުގައި ވެސް ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޓުއަރ އޮޕަރޭޓަރުންނަށް ގޮވާލައްވައިފިއެވެ.

އޮމަދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް ވަނީ, ދާދި ފަހުން އިންޑިއާއިން ގިނަ އަދަދެއްގެ ފަތުރުވެރިން މަގުމަތިވި މައްސަަލައަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަލާފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ އިޤްތިޞާދު އަލުން އާރާސްތުވަމުން އަންނަ އިރު، ގިނަ ފަތުރުވެރިން އައުމަކީ ފައިދާ ބޮޑު ކަމެއްކަމަށެވެ. ނަމަވެސް އޮންނަ އުސޫލާ ޚިލާފަށް ފަތުރުވެރިން ގެންނަކަން ރައީސް ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އަވަށްޓެރި ގައުމުތަކުގެ ރައްޔިތުން އެހެން ގައުމުތަކަށް ދިއުމުގެ ކުރިން ޓްރާންސިޓް ކުރާ ގައުމެއްގެ ގޮތުގައި އެހެން ގައުމުތަކުގެ މީހުން ރާއްޖެ ބޭނުންކުރަމުންދާ ކަަމަށެވެ. އެކަން އެހެން ކުރަނީ ގެސްޓް ހައުސްތަކުގައި އެމީހުން ކަރަންޓީނު ވުމަށްފަހު އެހެން ގައުމުތަކަށް ދާން ފަސޭހަވުމުން ކަމަށާއި، ގެސްޓް ހައުސްތަކަށް އެކަން ކޮށްގެން ބޮޑު އާމްދަނީއެއް ލިބޭކަމަށެވެ. ނަމަވެސް އާމްދަނީ ހޯދަން ވާނީ އެކުލަވާލައިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި, ފޭކް ބުކިންގ ހަދައިގެން ޓޫރިސްޓުން ގެނެސް އަމިއްލަ ގޭގޭގައި ބައިތިއްބައިގެން ޚިދުމަތް ނުދެވޭނެ ކަމެވެ.

ރައީސް ވިދާޅުވީ ގެސްޓްހައުސް ހިންގާ މީހުންނާއި ޓުއަރ އޮޕަރޭޓަރުން ރާއްޖެއަށް ޓޫރިސްޓުން ގެންނަނީ އެކަން ކުރަން އޮންނަ އުސޫލުގެ ތެރެއިންތޯ ބެލުމަށް އެތަންތަން މިހާރު އިންސްޕެކްޓް ކުރަން ފަށާފައިވާ ކަމަށެވެ. ޓޫރިސްޓުން ގެންނަނީ ރަނގަޅަށް ބުކިން ހައްދައިގެންތޯއާއި ކަމާގުޅުންހުރި ފަރާތްތަކުން ހަދާފައިވާ އެންމެހާ އުސޫލުތަކަށް އަމަލުކުރޭތޯ ބަލާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ އެމަނިކުފާނުގެ ސަރުކާރަށް ވެރިކަން ލިބިވަޑައިގަތުމާއެކު ނިންމެވި ނިންމެވުމަކީ ކިތަންމެ ކުޑަ އާބާދީއެއް ދިރިއުޅެމުން އަންނަ ރަށެއްކަމުގައި ވީނަމަވެސް އެންމެ އަސާސީ ކަންކަން ފުރިހަމަކޮށްދެއްވުން ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާ، ލަފާ ފުރުން، ކަރަންޓު, ތަޢުލީމު އަދި ސިއްހީ ނިޒާމް ރަނގަޅުކުރެއްވުން ހިމެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ޕްލޭނާ އެއްގޮތަށް ކުރިއަށް ވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް މަޑުޖައްސާލަން ޖެހުނުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, ފަށާފައި ހުރި ގިނަ ޕްރޮޖެކްޓްތަކާއި ބައެއް ޕްރޮޖެކްޓްތައް ހުއްޓަވާލައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ. އަދި ކޮންމެހެން ކުރަންޖެހޭ ކަންކަން ފިޔަވައި އެހެން ކަންކަން މަޑު ޖައްސާލަން ޖެހިވަޑައިގެންނެވި ކަމަށެވެ. މީގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އޮމަދޫ ބަނދަރު ތަރައްޤީ ކުރެވިގެން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ތ. އަތޮޅުގެ އެހެން ރަށްރަށުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވެ އެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ތ. ބުރުނީގެ ފެނާއި ނަރުދަމާއާއި, 6 ކްލާސްރޫމް ގެ މަސައްކަތް މިމަހު ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ބުރުނީ ޒުވާނުންނަށް ފުޓްސަލްދަނޑެއް ތަރައްގީ ކުރުމުގެ މަސައްކަތާއި، މަޑިފުށީގެ ބަނދަރުގެ ބޭރުތޮށި ލުމާއި، ސޯލާ ޕީވީސީ ހަރުކުރުމާއި، ކުނި މެނޭޖް ކުރުމާއި. ފުޓްބޯޅަ ދަނޑު ތަރައްގީ ކުރެވިގެންދާނެ ކަމށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ވިލުފުށީގައި އެޅުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓްގެ އެގްރީމެންޓުގައި ސޮއިކުރެވިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ތ. ހިރިލަންދޫއާއި ކިނބިދޫގެ ބިން ހިއްކުމަށް ނިންމާފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި އެ ދެރަށް ހިއްކަން ފެށިގެންދާނެކަމަށެވެ. އެގޮތުން ދިއްގަރު ބިން ހިއްކުމުގެ މަސައްކަތަށްފަހު ދެން ފެށިގެން ދާނީ ތ. އަތޮޅުގެ ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.

ތ. އޮމަދޫރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުމިނިސްޓްރީ އޮފް ޓުއަރިޒަމްޓުއަރިޒަމް އެމްވީގެސްޓްހައުސް އެސޯސިއޭޝަން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
24 ޑިސެމްބަރު 2024

މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި

24 ޑިސެމްބަރު 2024
މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި
24 ޑިސެމްބަރު 2024

"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"

24 ޑިސެމްބަރު 2024
"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް