Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑޯގެ ނުރުހުން ފާޅުކުރުން

ޓްރާންސްފާގެ ވާހަކަތަކާ ގުޅިގެން ރޮނާލްޑޯގެ ނުރުހުން މީޑިއާއަށް

ރެއާލުގެ ހަނދާންތައް އަބަދުވެސް ރައްކާކުރާނެ ކަމަށް ބުނި

އަތޫފް އާތިފް
އަތޫފް އާތިފް | 18 އޯގަސްޓު 2021 | ބުދަ 07:19
ރެއާލް މެޑްރިޑުގެ ކުރީގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ

ރެއާލް މެޑްރިޑުގެ ކުރީގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ

އަނބުރާ ކުރީގެ ކުލަބު ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭކަމުގެ ވާހަކަތައް މީޑިއާގައި ގަދަވުމާއެކު ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެކަމާ ނުރުހުން ފާޅުކޮށްފިއެވެ.

ރެއާލަށް ނުވަ އަހަރު ކުޅެދިނުމަށްފަހު އުމުރުން 36 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 100 މިލިޔަން ޔޫރޯއަށެވެ. އެފަހަރު ރޮނާލްޑޯ ވަނީ ޔުވެންޓަސްއާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން ރޮނާލްޑޯގެ އެއްބަސްވުން ހަމަވާނީ އަންނަ އަހަރެވެ. އެކަމަކު މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ރޮނާލްޑޯ ޔުވެންޓަސް ދޫކޮށް ރެއާލަށް އަލުން ބަދަލުވާން އުޅޭ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މީޑިއާ ރިޕޯޓުތަކާއެކު އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ރޮނާލްޑޯ ބުނީ އޭނާ އަކީ އަބަދުވެސް ކެރިއަރަށް ފޯކަސްކޮށްގެން މަސައްކަތްކުރާ މީހެއް ކަމަށާއި، ކެރިއަރުގައި އަބަދުވެސް އިޚުތިޔާރުކުރަނީ ބަސްމަދުކޮށް އަމަލު ގިނަކުރަން ކަމަށެވެ. އެކަމަކު އޭނާގެ އެ ވިސްނުމަށް މީޑިއާއިން އިޚުތިރާމް ނުކުރާ ކަމަށް ރޮނާލްޑޯ ބުންޏެވެ. އަދި އޭނާގެ މުސްތަގުބަލާ މެދު ހިތުހުރި ގޮތަކަށް ލިޔާ ކަމަށާއި، އޭގެ ސަބަބުން އެ ލިޔުންތައް އަމާޒުވާ ކުލަބުތަކާއި އޭނާއަށްވެސް އޭގެ އަސަރުކުރާ ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.

ރެއާލާ ގުޅުވައިގެން މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ވާހަކަތަކަށް ރައްދުދެމުން ރޮނާލްޑޯ ބުނީ ރެއާލުގައި އޭނާ ކުރި މަސައްކަތްތައް ނަންބަރުތަކުންނާއި، ލަފުޒުތަކުންނާއި އަދި ތަށިތަކުން ފެންނަން ހުންނާނެ ކަމަށެވެ. އަދި ރެއާލާއެކު ހޭދަކުރި ނުވަ އަހަރުގެ ހަނދާންތައް އަބަދުވެސް ރައްކާކުރާނެ ކަމަށް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ އާއި ރެއާލާ ގުޅުވައިގެން ދައްކަމުން އަންނަ ވާހަކަތަކާ ގުޅިގެން ރެއާލުގެ ކޯޗު ކާލޯ އަންޗެލޮޓީވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އަންޗެލޮޓީ ބުނީ ރޮނާލްޑޯއަށް އަބަދުވެސް އިޚުތިރާމުކުރާ ކަމަށާއި، އެކަމަކު ރެއާލުން ރޮނާލްޑޯ ގެންނަން މި ވަގުތު މަސައްކަތް ނުކުރާ ކަމަށެވެ.

ރޮނާލްޑޯ އަކީ ރެއާލުގެ ތާރީޚުގައި އެ ޓީމަށް ކުޅުނު އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ. އެގޮތުން ރޮނާލްޑޯ ވަނީ ރެއާލަށް ކުޅެދިން 438 މެޗުން 451 ލަނޑު ޖަހައި، ރެއާލުގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރިކޯޑު ހޯދާފައެވެ. އަދި ރޮނާލްޑޯ ވަނީ ރެއާލާއެކު ސްޕެނިޝް ލީގު ދެ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު