Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަފްޣާން ހަނގުރާމަ

ވެރިރަށް ކާބުލް ހިފުމަށް ތާލިބާނުން ތިބީ ތައްޔާރުވެގެން!

މިއީ 20 އަހަރު ފަހުން ކާބުލް ހިފަން ތާލިބާނުން ކުރާ މަސައްކަތް ކާމިޔާބުވާ ފަހަރު ކަމަށް ވެދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 އޯގަސްޓު 2021 | އާދީއްތަ 14:25
ތާލިބާންގެ ހަނގުރާމަވެރިން ކާބުލްގެ ބޭރުގައި މަޑުކޮށްލައިގެން

ތާލިބާންގެ ހަނގުރާމަވެރިން ކާބުލްގެ ބޭރުގައި މަޑުކޮށްލައިގެން

ވެރިކަމުން ފައްސައިލެވުނުތާ 20 އަހަރު ފަހުން ތާލިބާނުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ހިފަން ތައްޔާރުވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުން، ވެރިރަށް ކާބުލް ހިފުމަށް ތާލިބާނުން ތައްޔާރުވަމުން އަންނަ އިރު، އެ ރަށުގައި ދިރިއުޅެމުން އަންނަ އާންމުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެމެރިކާގެ ސިފައިން އެގައުމުން ފައިބަން ނިންމުމާއެކު އަފްޣާނިސްތާނުގެ ބާރު ތާލިބާނުންގެ އަތްދަށަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރަމުންދާ ކަމެކެވެ.

ތާލިބާނުން ވަނީ ބޮޑެތި ޕްރޮވިންސްތަކުގެ ވެރިކަން ކުރާ ރަށްރަށް ވެސް ހިފާފައެވެ.

ތާލިބާނުންގެ ތަރުޖަމާނު ސުހައިލް ޝާހީން ބުނެފައިވަނީ ދެފަރާތުގެ މެދުގައި ދެކެވެމުންދާ ވާހަކަތަކާއެކު ކާބުލް ހިފުމަށް ތާލިބާންގެ ހަނގުރާމަވެރިން ތިބީ ރަށް ބޭރުގައި ތައްޔާރުވެގެންނެވެ. ނަމަވެސް ކާބުލްގެ ތެރެއަށް ތާލިބާންގެ ހަނގުރާމަވެރިން އަދި ނުވަންނަ ކަމަށް ތަރުޖަމާނު ވަނީ ބުނެފައެވެ. އަދި މަޑުކޮށްގެން ތިބީ ސުލްހަވެރިކަމާއެކު ސަރުކާރުން އަމާންދީ ބާރުތައް ހަވާލުކުރަންދެން ކަމަށް ވެސް ބައިނަލްއަގުވާމީ މީޑިއާތަކަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވެއެވެ.

ކާބުލްގައި ދިރިއުޅެމުން އަންނަ އެތައްހާސް ރައްޔިތުންނެއް ބިރުވެރިކަމެއްގެ ތެރޭގައި ތިބި އިރު، އާދީއްތަ ދުވަހުގެ އެކި ވަގުތުތަކުގައި ރަށު ތެރެއިން ބަޑީގެ އަޑުތަކާއި ސައިރަންގެ އަޑުތައް ވަނީ ގަދަވެފައެވެ. މީގެ އިތުރުން ހެލިކޮޕްޓަރު ބޭނުންކޮށްގެން ތަންތަނަށް އަމާޒުކޮށްދޭ މިސައިލްތައް ފެއިލްކޮށްލުމަށްޓަކައި ފްލެއަރތައް ދަނީ ބޭނުން ކުރަމުންނެވެ.

ނަމަވެސް ތާލިބާނުން ބުނެފައިވަނީ ގަދަކަމުން ބާރު އަތުލަން ބޭނުން ނުވާ ކަމަށާއި، ދެފަރާތުން މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ. އަދި ބާރުތައް ބަދަލުކުރުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްދާކަން ކަށަވަރު ކުރާނެ ކަމަށާއި، އެއްވެސް ރައްޔިތަކަށް އަނިޔާވިޔަ ނުދޭނެކަމަށާއި، އިމާރާތްތަކަށް ގެއްލުން ނުދޭނެ ކަމަށް ބުނެފައިވެއެވެ.

ބާރުތައް ބަދަލުކުރުމުގެ މަޝްވަރާތައް ކުރިއަށް ދިޔަނަމަވެސް ތާލިބާނުން ވަނީ ރަށަށް ވަނުމަށް ތައްޔާރުވެ ތިބުމަށް ހަނގުރާމަވެރިންނަށް އަންގާފައެވެ. ނަމަވެސް ބައެއް އާންމުންނާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާގައި ބުނެފައިވަނީ ތާލިބާނުންގެ ހަނގުރާމަވެރިން ރަށު ތެރެއަށް ވަދެފައިވާކަމަށެވެ.

ކާބުލް ހިފުމަށް ތާލިބާނުން ތައްޔާރުވެފައިވާ ކަމުގެ ޚަބަރުތަކާއެކު ސަރުކާރުގެ އިދާރާތަކުގައި މަސައްކަތް ކުރަމުން އަންނަ މަސައްކަތްތެރިން ވަނީ އިމާރާތްތައް ދޫކޮށް ގޮސްފައެވެ. ކާބުލްގެ އާންމުން ބިރުވެރިކަމެއްގެ ތެރޭގައި ތިބި އިރު، އާންމުން ގެދޮރު ދޫކޮށް މަގުތަކާއި ޕާކްތަކަށް ނުކުމެ ތިބި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އަފްޣާނިސްތާންގެ ރައީސް އަޝްރަފް ޣަނީގެ ޗީފް އޮފް ސްޓާފް ޓްވިޓާ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން ބިރު ނުގަތުމަށާއި، އެއްވެސް މައްސަލައެއް މިހާތަނަށް ދިމާ ނުވާއިރު، ހުރިހާކަމެއްވެސް އޮތީ ކޮންޓްރޯލްގެ ތެރޭގައި ކަމަށެވެ.

އަފްޣާނިސްތާނުގެ އިންޓީރިއަރ މިނިސްޓަރ އަބްދުލް ސައްތާރު މިރްޒަޚްވާލް ވިދާޅުވީ ކާބުލްގެ ތެރެއަށް ތާލިބާންގެ ހަނގުރާމަވެރިން ނުވަންނަން ނިންމާފައިވާތީ ބާރުތައް ބަދަލުކުރުމުގެ ކަންކަން ދާނި އަމާންކޮށް ކަމަށެވެ. އަދި ރައްޔިތުން ހާސްނުވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ރަށަށް ހަމަލާއެއް ނާންނާނެ ކަމަށާއި، ސަރުކާރު ބަދަލުކުރުމުގެ ކަންކަން ސުލްހަވެރިކަމާއެކު ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

ކާބުލްގެ ކަންކަން ނާޒުކު ފައްތަރެއްގައި އޮތް އިރު، ރައީސް ޣަނީގެ ފަރާތުން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ. ކާބުލްގެ ގަނޑުވަރުގެ އޮފިޝަލަކާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުގައި ބުނެފައިވަނީ ރައީސް ގެންދަވަނީ އެމެރިކާގެ ސުލްހައިގެ އެންވޯއީ ޒަލްމޭ ޚަލީލްޒާދު އާއި އެމަރޖެންސީ ބައްދަލުވުންތަކެއް ބާއްވަވަމުން ކަމަށެވެ.

ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ ރޮއިޓަރސްގައި ބުނެފައިވަނީ ތާލިބާނުން ރަށު ތެރެއަށް ވަދެގެންފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން މިކަމުގެ އެއްވެސް ތަފްސީލެއް ދީފައި ނުވެއެވެ.

އަފްޣާނިސްތާނުގެ ތިން އޮފިޝަލަކާއި ހަވާލާދީ ދި އެސޯސިއޭޓެޑް ޕްރެސްގައި ބުނެފައިވަނީ ހަނގުރާމަވެރިން ކަލަކަން، ގަރާބާގް އަދި ފަޣުމަން ހިމެނޭ ސަރަހައްދުގެ ވެރިރަށުގެ ތެރެއަށް ވަދެގެންފައިވާ ކަމަށެވެ. ހަނގުރާމަވެރިން މީގެ ކުރިން ވަނީ ޕާކިސްތާނާއި ބޯޑަރު ހިއްސާކުރާ ޖަލާލްއާބާދު ވެސް ހިފާފައެވެ. މިއީ ކާބުލް ފިޔަވައި ދެން އެންމެ ބޮޑު ރަށެވެ.

އޮފިޝަލުން ބުނެފައިވަނީ އެއަރޕޯޓް ސަރަހައްދުން ބަޑީގެ އަޑު އިވުނު ކަމަށާއި، ތާލިބާނުންނާއި ވާހަކަ ދެއްކި އިރު، އެމީހުން ތިބީ ކާބުލްގެ ތެރޭގައި ކަމަށެވެ. އަދި އެންމެން ހަމަޖެހިގެން ތިބުމަށާއި، ރަށަށް އަންނަނީ ހަމަޖެހުން ހިފައިގެން ކަމަށް ބުނެފައިވެއެވެ. އަދި އެއްވެސް މީހަކު ރަށް ދޫކޮށް ދާން ބޭނުންވާނަމަ އެމީހަކަށް ދިއުމުގެ ފުރުސަތު ދިނުމަށާއި ތާލިބާނުންގެ އިސްވެރިންގެ މެދުގައި ބައްދަލުވުންތަކެއް ކުރިއަށް ދިޔަ ކަމަށްވެސް ބުނެއެވެ.

ތާލިބާނުން ކާބުލް ހިފަން އުޅޭކަމުގެ ޚަބަރުތަކާއެކު ކާބުލްގެ މަގުތައް ވަނީ އުޅަނދުތަކުން ތޮއްޖެހިފައެވެ. ބައެއް މީހުން ދަތުރުކުރަމުންދިޔައީ އަމިއްލަ ގެއަށެވެ. އަދި އަނެއްބައި މީހުން ދިޔައީ އެއަރޕޯޓަށް ކަމަށް އާންމުން ވަނީ ބުނެފައެވެ. ބައެއް މީހުން ކާރުގައި ތަޅުދަނޑި ޖަހާފައި ދޫކޮށް ހިނގާފައި އެއަރޕޯޓަށް ދިޔަކަމަށް ވަނީ ބުނެފައެވެ. އަދި ހަނގުރާމަ ފަށާފާނެތީ ބައެއް މީހުން އުޅަނދުތައް ދޫކޮށް ގެތަކަށް ފައިމަގުގައި ގޮސްފައިވާ ކަމަށް ވެސް އާންމުން ވަނީ ބުނެފައެވެ.

އެމެރިކާގެ އޮފިޝަލުން ބުނެފައިވަނީ ޑިޕްލޮމެޓުން އެމްބަސީން އެއަރޕޯޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިކަމުގައި އެހީތެރިވުމަށް އެމެރިކާގެ ސިފައިން ވަޒީރު އަކްބަރު ޚާން ސަރަހައްދަށް ފޮނުވާފައިވާ ކަމަށެވެ. ނަން ހާމަކުރަން ބޭނުން ނުވާ ޕައިލެޓަކާއި ހަވާލާދީ ރޮއިޓަރސްގައި ބުނެފައިވަނީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން އެއަރޕޯޓުގެ ކަންކަން ބޭރުގެ ސިފައިންނާއި ހަވާލުކުރުމަށްފަހު އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށެވެ.

ތާލިބާނުން ބޮޑެތި ސިޓީތައް ފަތަހަކޮށް ތަންތަން ހިފަމުން އަންނަ ބާރުމިނާއި ގުޅިގެން އާންމުން ވަނީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ބަލި ގަބޫލުކުރަމުންދަނީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ. އަދި އެތަކެއް އަހަރު ވަންދެން އެމެރިކާގެ ސިފައިން ދިން ޓްރެއިނިންގެ ބޭނުން ކޮބައިތޯއާއި، އެކަމަށް ހޭދަކުރި ބިލިއަން ޑޮލަރުގެ ބޭނުން ކޮބައިތޯ ސުވާލު އުފައްދާފައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ހެދި އަންދާޒާއެއް ދައްކާ ގޮތުން މިހާރު ދާ ސްޕީޑުގައި ތާލިބާނުން ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އަފްޣާނިސްތާން އެއްކޮށް ހިފާނެއެވެ.

އަފްޣާނިސްތާންތާލިބާންއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު