Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭރިޕޯޓް

ރައީސް ސާލިހުގެ އަމާޒު ވަރަށް ސާފު!

ރައީސް ސާލިހަކީ އެމްޑީޕީގެ ފަޚުރުވެރި މެމްބަރެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2021 | ހޯމަ 11:18
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނޫސްވެރިނާ ބައްދަލު ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނޫސްވެރިނާ ބައްދަލު ކުރެއްވުން

ރާއްޖޭގައި ސިޔާސީ ޕާޓީ އުފެދި މުޅިން އައު މިސްރާބަކަށް ރާއްޖޭގެ އޮޑި ދަތުރުކުރަން ފެށި ހިސާބުން މޯލްޑިއަން ޑިމޮކްރެޓިކް ޕާޓީ އަކީ އެއޮޑީގެ މާލިމިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފާއިތުވި 16 އަހަރަކީ އެކި ގޮތްގޮތުން ގިނަ ގޮންޖެހުންތަކާ އެ ޕާޓީން ކުރިމަތިލި އަހަރުތަކެކެވެ. ދިމާވި ކޮންމެ ކަމެއްގައި ޕާޓީ އެކައްޗެއް ކިޔައި މުޅި ޕާޓީ ކޮޅަށް ނެގުމުގައި، ޕާޓީގެ ތެރޭގައި އޮތް ބަދަހި ގުޅުމަށް މީހުން މިސާލު ޖަހައެވެ. އެހެންނަމަވެސް ޕާޓީގެ 16ވަނަ އަހަރު އެ ޕާޓީން ފާހަގަކުރިއިރު، މި ދެންނެވި ބަދަހި ގުޅުމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ވަނީ އައިސްފައެވެ. ޕާޓީގެ އެެތެރެއިން އެއްބަޔަކު އަނެއް ބަޔަކަށް ބަހުން ޖަހައި، ޕާޓީ އޮތީ ބައިބައި ވެފައެވެ. އެމީހަކާ އެމީހެކެވެ. ގޮތް ދޫކުރާކަށް އެއްވެސް މީހަކު ބޭނުމެއް ނޫނެވެ. ޕާޓީގެ އަމާޒުވެސް އެކި މީހުންގެ ނަޒަރިއްޔާތުގައި ތަފާތެވެ.

އެމްޑީޕީން ކުރީގައި ނުކުމެ ހޯދި ވެރިކަން ދެބައިވި އިރު ޕާޓީވެސް މި އޮތީ ދެބައި ވެފައެވެ. އެތެރޭގައި ހިނގަމުން އައި ކަންކަން އާންމުނަށް ތިލަކޮށްދެއްވީ ރައީސް ނަޝީދެވެ. އެންމެ ފުރަތަމަ ބޮޑު ވަޒީރުކަމުގެ ޝައުގުގައި، އިންތިޚާބު ނުބޭއްވުމަށް ކުރެއްވި ޑިމާންޑުންނެވެ. އޭގެފަހުން ކަމަކަށްފަހު ކަމެއް ތިލަވަމުން ދާން ފެށިއެވެ. ރައިސް ސާލިހާއެކު ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށާއި، އިދިކޮޅާއެކު ސިޔާސީ މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ވާހަކައެވެ.

އަދާލަތު ޕާޓީން ރައީސް ސާލިހު ބަނދެލައިގެން އުޅޭ ވާހަކައާއި ކޯލިޝަން ރޫޅާލައި، އެމްޑީޕީން އެކަނި ވެރިކަން ކުރަން ޖެހޭ ވާހަކައެވެ. މި އަޑުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ރައީސް ސާލިހުގެ އިސްތިއުފާއަށް ގޮވިއެވެ. ޕާޓި ބައިބައި ކުރާ ކަމުގެ ތުހުމަތުވެސް ރައީސް ސާލިހުގެ އިސްތަށިފުޅުގައި އެޅުވިއެވެ.

މިހުރިހާ ކަމެއް މިހެން ހިނގަމުންދާއިރުވެސް ރައީސް ސާލިހުގެ ފަރާތުން ދެއްވަނީ ފަރަށް ސާދާ ފިނި ޖަވާބެކެވެ. އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ ކޯލިޝަނާއެކުކަމާއި، އެމަނިކުފާނުގެ އަމާޒު ވަރަށް ސާފު ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް މިމަހުގެ 11ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ، ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ބޭއްވެވި އެންމެ ފާހަގަކޮށްލެވޭ ނޫސްވެރިންގެ ބައްދަލުވުމެވެ. އެމނިކުފާނުގެ ވާހަކަފުޅު އަޑު އަހާލުމުން އެކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. މިހާތަނަށް އެމަނިކުފާނަށް އަމާޒުކޮށް އެކި ގޮތްގޮތުން ދެކެވިފައި ހުރި ސިޔާސީ ވާހަކަތަކަށް ވަރަށް ފުރިހަމަ ޖަވާބެއް ދެއްވިއެވެ. މީގެ ކުރިން އެފަދަ ވާހަކަތަކަށް ދެއްވަމުން ގެންދެވި ޖަވާބުތައްވެސް ވަރަށް ތަފްސީލު ކޮށްދެއްވިއެވެ. ދެ ރައީސުންގެ ދެމެދުގައި އޮތް ޚިޔާލު ތަފާތުވުންތަކަށް ވަރަށް "ޑިޕްލޮމެޓިކް" އަދި ސާދާ ޖަވާބުތަކެއް ދެއްވިއެވެ.

ވެރިކަމެއް ފުރިހަމަކަމާއި އަމާން ކަމާއެކު ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ މެޖޯރިޓީ އަކީ މުހިއްމު އެއްޗެކެވެ. ދެ ރައީސުންގެ ޚިޔާލު ތަފާތުވުމާއެކު އުފެދުނު އެންމެ ބޮޑު ސުވާލަކީވެސް އެއީއެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީއަށް ވާނީ ކިހިނެއް ހެއްޔެވެ. ރައީސް ސާލިހުގެ ފަޅިއަށް އަރާނީ ކޮން މެމްބަރުންނެއްތޯއެވެ. އަދި ރައީސް ނަޝީދުގެ ފަޅިއަށް އަރާނީ ކޮން މެމްބަރުންނެއްތޯއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތަކުން މި މަންޒަރު ސާފުކޮށް ފެނުނު ނަމަވެސް ރައިސް ސާލިހު މިކަމާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށް ސާފު ޖަވާބު ދެއްވިއެވެ. ވިދާޅުވީ، "ވެރިކަމުގައި ހުންނަވާއިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކީ ވަރަށް މުހިންމު އެއްޗެއް. މެޖޯރިޓީއާ ނުލައި ވެރިކަން ކުރެއްވުމަކީ ވަރަށް އުނދަގޫ ދަތިކަމެެއް. އެހެންވީމަ އަޅުގަނޑު ވެރިކަމުގައި ހުންނައިރުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން ބޭނުން. އެކަން އަޅުގަނޑު ކުރާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއެކު. އެހެންވީމަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑު ހިފަހައްޓާނަން"

ރައީސްގެ މި ބަސްފުޅުން ސާފުވާ އެއްކަމަކީ އެމަނިކުފާނަށް މަޖިލީހުގެ މެޖޯރިޓީ އެބައޮތް ކަމެވެ.

ދެން އޮތީ، ދެ ރައީސުންގެ ޚިޔާލު ތަފާތުވުމުގެ ވާހަކައެވެ. ޚިޔާލު ތަފާތުވުމުގެ ވާހަކަ ފުރަތަމަ އާންމުންނާ ހަމައަށް ތިލަވާންފެށީ، ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިންނެވެ. އެހާ ހިސާބުންވެސް ރައީސް ސާލިހުގެ ފަރާތުން އެއީ ހިނގާ ކަމެއްގެ ގޮތުގައި ސިފަކުރައްވައި ވާހަކަދައްކަވާ އަޑެއް ނީވެއެވެ. ދެބޭފުޅުންގެ ގުޅުންވެސް ރަނގަޅު ކަމަށް ވިދާޅުވެއެވެ. އެހެންނަމަވެސް ދެބޭފުޅުންގެ ޚިޔާލު ކަންކަމުގައި ހާސްބައި ތަފާތުކަން ރައީސް ނަޝީދު އެކި ފޯރަމްތަކުގައި ދައްކަވާ ވާހަކަތަކުން ހާމަވެއެވެ. މިކަމާ ގުޅިގެންވެސް ރައީސް ސާލިހުވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށް ފުރިހަަމަ ޖަވާބެއް ދެއްވާފައެވެ. "އަޅުގަނޑު ނިންމާ ބައެއް ނިންމުންތައް ރައީސް ނަޝީދާއި ޚިޔާލު ތަފާތުވޭ. އެހެން ނަމަވެސް ސަރުކާރު ހިންގަން ހުރި މީހެއްގެ ހައިސިއްޔަތުން އަދި ރާއްޖޭގެ ވެރިކަން ކުރާ މީހާގެ ހައިސިއްޔަތުން އަޅުގަނޑު ކަންތައްތައް ނިންމަން ޖެހޭނީ ވަށައިގެން ހުރި ހުރިހާ ކަމަކަށް ބަލާ އަޅުގަނޑަށް ލިބިފައި ހުންނަ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް. އެހެންވީމަ ބައެއް ފަހަރު އެ ޚިޔާލުތަފާތުވުން އާދޭ،" ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހަކީ އެމްޑީޕީގެ މެމްބަރެއް ކަމާމެދު ސުވާލު އުފައްދަވައި، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ޓީވީ ޗެނަލެއްގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައީސް ވަނީ އަފީފަށްވެސް ރައްދު ދެއްވާފައެވެ.

"އަޅުގަނޑަކީ މިވަގުތު އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ހުރި މީހާ. ޕާޓީތެރޭގައި ބައިބައިވުން އުފެދޭ ކަހަލަ ކަމެއް އައީމަ އަޅުގަނޑު ޖެހޭނެ އެ ކަމެއް ހައްލު ކުރެވޭތޯ ބަލަން. އަދި ޚާއްސަކޮށް ވިލުފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު ހަސަން އަފީފް ފަދަ ބޭފުޅަކު އެކަލަ ވާހަކައެއް ދެއްކެވީމަ އަޅުގަނޑު ޖެހޭނެ އެކަމުގެ ހަގީގަތް ހޯދަން. އަޅުގަނޑު ޕާޓީގެ ޗެއާޕާސަނަށް ގުޅިން. އަޅުގަނޑު ދެންނެވިން އަޅުގަނޑާ ބެހޭ ގޮތުން މިކަހަލަ ވާހަކަތަކެއް އެބަހުއްޓޭ ނޫސްތަކުގައި ލިޔެފައި. މީގެ ހަގީގަތް ބައްލަވައިދެއްވާށޭ. މިވާހަކަ އިއްޒަތްތެރި މެންބަރު ހަސަން އަފީފް ވިދާޅުވިތޯ ބައްލަވައިދެއްވާށޭ. މިފަދަ ކަންކަން ވިޔަ ދެއްވައިގެން ނުވާނޭ" ރައސް ސާލިހު ވިދާޅުވިއެވެ.

އެމަނިކުފާނަކީ އެމްޑީޕީގެ ޝަރަފުވެރި މެމްބަރެއްކަންވެސް ރައީސް ސާލިހު ސާފުކޮށްދެއްވިއެވެ. ރައީސް ސާލިހު ވިދާޅުވީ، އެމްޑީޕީގެ ކުރިން އެހެން ޕާޓީއެއް އުފަންދަން ކުރި މަސައްކަތުގައިވެސް އެމަނިކުފާނު އިސް ސަފުގައި ހުންނެވިކަމަށާއި، އެމްޑީޕީ އުފައްދަން ކުރި މަސައްކަތުގައިވެސް ޕާޓީ އުފައްދަން ދެވަނައަށް ސޮއި ކުރެއްވީ އެމަނިކުފާނުކަމުގައެވެ. ސިޔާސީ ޕާޓީ އުފައްދަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައިވެސް އެމަނިކުފާނު ވޯޓު ދެއްވިކަމާއި، އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅު ފެށިގެން އައީވެސް އެމްޑީޕީން ކަމަށް ވިދާޅުވިއެވެ. އަދި ދެމި ހުންނަވާނީވެސް އެމްޑީޕީގައި ކަމުގައި ވިދާޅުވިއެވެ.

މަލްޓި ޕާޓީ ނިޒާމު ތައާރަފްވިފަހުން މިހާތަނަށް އެއްވެސް ޕާޓީއަކަށް ގިނިކަންޏާ ވެރިކަމަށް ނާދެވެއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހުވެސް އެކަން ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، 2008، 2013 އަދި 2018 ގައިވެސް ރައްޔިތުންގެ ނިންމުމަކީ އެއީ ކަމުގައެވެ. އެހެންކަމުން އެމަނިކުފާނު އެކަން ހަނދާން ނައްތަވާ ނުލައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވެރިކަން ކުރައްވަމުން ގެންދަވާނީ ކޯލިޝަންގައި ހިމެނޭ ޕާޓީ ތަކާއެކުގައި ކަމަށް ވިދާޅުވިއެވެ. އެއީ އެ ޕާޓީ ތަކުން އެމަނިކުފާނުގެ މައްޗަށް ނުފޫޒު ފޯރުވުން ނޫން ކަމުގައި ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރައްވާނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ގޮތަށް ހުރިހާ ޕާޓީތަކާއެކުގައި ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު އިދިކޮޅާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ގުޅޭ ގޮތުން ރައީސް ސާލިހު ވިދާޅުވީ، ގިނަ ޕާޓީތަކެއް އޮތުމަށް އެމަނިކުފާނު އަބަދުވެސް ތާއީދު ކުރައްވާ ކަމަށެވެ. ރާއްޖޭގައި މިހާރު ބޮޑުކޮށް އޮތީ ދެ ފިކުރު ކަމަށެވެ. އެހެންކަމުން ދެ ފިކުރު އެއްވެގެން މަސައްކަތް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ. ދެ ފިކުރު އެއްވެއްޖެނަމަ މަލްޓިޕާޓީ ނިޒާމު ނިމުމަކަށް އައުމުގެ ބިރު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. ދެ ޕާޓީ މަސައްކަތް ކުރަން ވާނީ ދެ ފަރާތުގައި ތިބެގެން ކަމަށާއި، އެއީ ސިޔާސީ ނިޒާމަށްވެސް ރާއްޖޭގެ ކުރިއެރުމަށްވެސް ރާއްޖޭގެ މަސްލަހަތަށްވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވިއެވެ.

ކޮންމެއަކަސް ނޫސްވެރިންގެ މި ބައްދަލުވުމަކީ ތަފާތު ބައްދަލުވުމެކެވެ. މިހާތަނަށް އެންމެ ހާމަކަން ބޮޑު ގޮތެއްގައި ސިޔާސީ ސުވާލުތަކަށް ރައީސް ޖަވާބު ދެއްވި ބައްދަލުވުމެވެ. މިހުރިހާ ވާހަކަފުޅުތަކަކުންވެސް ސާފުވާ އެއްކަމެއް އެބައޮތެވެ. ރައީސްގެ އަމާޒު ސާފުކަމެވެ. އެމަނިކުފާނަށް އަމާޒުވަމުންދިޔަ އެތައް ވާހަކައަކަށް ވަރަށް ވަރުގަދަ ރައްދެއްވެސް ދެއްވިއެވެ. އެމަނިކުފާނުގެ ސްޓޭންޑްވެސް ވަރަށް ސާފެވެ. ދެވަނަ ފަހަރަކަށް އަޑު އަހާލުމަށްވެސް މި ނޫސްވެރިންގެ ބައްދަލުވުން ވަރަށް ފުރިހަމައެވެ.

ރައީސް ސޯލިހުއެމްޑީޕީރައީސް މުހައްމަދު ނަޝީދު / ޓްވިޓަރ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު