Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ މޫސުން

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

13 އޯގަސްޓު 2021 | ހުކުރު 07:47

އެލާޓް ނެރެފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 11:30ން މެންދުރުފަހު 17:30ށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 13 އޯގަސްޓު 2021 | ހުކުރު 07:47
ގަޑިއަކު ގާތްގަނޑަކަށް 19 މޭލާއި 24 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި

ގަޑިއަކު ގާތްގަނޑަކަށް 19 މޭލާއި 24 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި

މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް ހއ. އަތޮޅުން ތ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 11:30ން މެންދުރުފަހު 17:30ށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ގަޑިއަކު ގާތްގަނޑަކަށް 19 މޭލާއި 24 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެ އިދާރާއިން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް 3 ދުވަހު (އޮގަސްޓް މަހުގެ 14,13 އަދި 15ގައި) ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިދުވަސް ތަކުގައި ބައެއް ސަރަހައްދުގެ ރަށްތަކަށް އުދައިގެ އަސަރުކުރުން ވެސް އެކަށީގެންވާ ކަމަށާއި، އާންމުކޮށް ހުރިހާ ފަރާތްތަކުންނާއި، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން އެމްއެންޑީއެފް އިން ވެސް ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި, އަދި އުޅަނދުގައި ލައިފްޖެކެޓާއި މުއާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރަންވާނެ ކަމަށާއި, ޚާއްސަކޮށް ކުދި, އަދި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު އަދި ވިއްސާރަ އިރު ދަތުރު ނުކުރުމަށް އެމްއެންޑީއެފުން އެދިފައިވެއެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މުދާ އުފުލާ އުޅަނދުފަހަރުން ވެސް މުދާ ބަރުކުރުމުގައި ގަވައިދުތަކަށް އަމަލު ކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބަހައްޓަން ޖެހޭ ކަމަށެވެ. އަދި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް އެދިފައިވެއެވެ.

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅުމަށް އެދިފައިވެއެވެ. މިދުވަސްވަރު މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގެ ބައެއް ހާދިސާތައް ދަނީ ހިނގަމުންނެވެ. އެގޮތުން ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކ. އަތޮޅު ތިލަފުށިން ދަގަނޑާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ދޯންޏެއް ވެސް ބަންޑުން ޖަހާލާފައިވެއެވެ.

މޫސުން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

16 އޮކްޓޯބަރު 2025
މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި
14 އޮކްޓޯބަރު 2025

އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!

14 އޮކްޓޯބަރު 2025
އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!
20 އޯގަސްޓު 2025

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

20 އޯގަސްޓު 2025
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
05 އޯގަސްޓު 2025

ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

05 އޯގަސްޓު 2025
ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
18 ޖުލައި 2025

ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު

18 ޖުލައި 2025
ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު
10 ޖުލައި 2025

ގެއްލިގެން ހޯދަމުން ދިޔަ 35 އަހަރުގެ މީހާ ފެނިއްޖެ

10 ޖުލައި 2025
ގެއްލިގެން ހޯދަމުން ދިޔަ 35 އަހަރުގެ މީހާ ފެނިއްޖެ
05 ޖޫން 2025

އަޟްހާ އީދު ބަންދަށް މޫސުން ރަނގަޅު، ބަންދު ނިމޭއިރު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ

05 ޖޫން 2025
އަޟްހާ އީދު ބަންދަށް މޫސުން ރަނގަޅު، ބަންދު ނިމޭއިރު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ
21 ޑިސެމްބަރު 2024

މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެ

21 ޑިސެމްބަރު 2024
މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެ
17 ޑިސެމްބަރު 2024

ކުރިއަށް އޮތް 4 ދުވަހު މެދުރާއްޖެތެރޭ އާއި ދެކުނަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މެޓް

17 ޑިސެމްބަރު 2024
ކުރިއަށް އޮތް 4 ދުވަހު މެދުރާއްޖެތެރޭ އާއި ދެކުނަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މެޓް
17 ޑިސެމްބަރު 2024

މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެ

17 ޑިސެމްބަރު 2024
މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް