Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅު

"ޖިސްމާނީ އަނިޔާތަކުގެ ތެރެއިން ފަސޭހަ ނުވަނީ ފަޔަށް ލިބުނު ދެ އަނިޔާއެއް އެކަނި"

ވާތު ކަންފަތުގެ ތޫލިއަށް ލިބިފައި ހުރި ގެއްލުމާ ގުޅިގެން އިތުރު އޮޕަރޭޝަނެއް އަދި ކުރަންޖެހޭ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 13 އޯގަސްޓު 2021 | ހުކުރު 03:24
ކުރީގެ ރައީސް ނަޝީދު ސީ.އެން.އެން.އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން

ކުރީގެ ރައީސް ނަޝީދު ސީ.އެން.އެން.އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ލިބިވަޑައިގެންނެވި ޖިސްމާނީ އަނިޔާތަކުގެ ތެރެއިން ފަސޭހަފުޅުނުވަނީ ފައިންޕުޅަށް ލިބިވަޑައިގެންނެވި ދެ އަނިޔާއެއް އެކަނި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ މަޝްހޫރު ޓީވީ ޗެނަލް، ސީއެންއެންއަށް ދެއްވި ބަސްތީގަތުމެއްގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ޙާލުކޮޅުގެ އެންމެ ފަހުގެ ތަފުސީލު ހިއްސާކުރައްވާފައެވެ. ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް އަމާޒުކޮށްދިން ހަމަލާއިން މާތް ﷲގެ ހެޔޮ ރަހުމަތްފުޅުން ސަލާމަތްވެވަޑައިގެންނެވީތީ ޝުކުރުކުރައްވާ ކަމަށެވެ. މި ހަމަލާއިން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެތެރެ ހަށީގެ ހުރިހާ އަނިޔާއަކަށް ޝިފާ ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވިއެވެ. އަދި އެ ހަމަލާގައި ލިބިވަޑައިގެންނެވި ޖިސްމާނީ އަނިޔާތަކުގެ ތެރެއިން ފަސޭހަފުޅުނުވަނީ ފައިންޕުޅަށް ލިބިވަޑައިގެންނެވި ދެ އަނިޔާއެއް އެކަނި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ޖަރުމަނުވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވާއިރު ހާލުކޮޅު ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށާއި ނަމަވެސް ހަށިކޮޅުގެ ވާތް ފަރާތުގެ ވަރަށް ގިނަ ތަންތަން އަދިވެސް ހުންނަނީ އައްސިވެފައިކަމަށް ޖުލައި މަހުގެ 27 ވަނަ ދުވަހު އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. ހަމަލާއަށްފަހު ލިބިވަޑައިގެންނެވި އަނިޔާތަކާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކަވާފައިވަނީ، އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން އެމްޑީޕީގެ ކްލަބް ހައުސް ހަރުގެ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ޖުމްލަ ގޮތެއްގައި ހާލު ރަނގަޅު ކަމަށް ވިދާޅުވިއިރު، އިނގިއްޔާއި ކަންފަތާއި ފައިގައި މައްސަލަ އުޅޭކަމަށް ނަޝީދު އޭރު ވިދާޅުވިއެވެ. އަދި ކަނާތުގެ ތިން އިނގިއްޔެއް އައްސިވެފައި ހުންނަކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން ވާތު ކަންފަތުގައި އަޑުއިވުމުގައި ދަތިތަކެއް އެބަހުރިކަމަށް ނަޝީދު ވިދާޅުވިއެވެ. ވާތު ކަންފަތުގެ ތޫލިއަށް ލިބިފައި ހުރި ގެއްލުމާ ގުޅިގެން އިތުރު އޮޕަރޭޝަނެއް ނޮވެމްބަރ މަހު ކުރައްވަން ޖެހިވަޑައިގަންނަވާކަމަށް ނަޝީދު އޭރު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފައިވެއެވެ. އައިއީޑީއެއް ގޮއްވާލުމުގެ ހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާ ފުއް ވަދެ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ. އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތަށް ވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. އޭގެފަހުން ޖަރުމަނުވިލާތުގައި ވެސް އިތުރު އޮޕަރޭޝަންތަކެއް ކުރައްވާފައިވެއެވެ. އެގޮތުން ފައިގެ އޮޕަރޭޝަނެއް ވެސް ކުރައްވާފައިވާކަމަށް ރައީސް ނަޝީދުގެ އާއިލާއިން ވަނީ ބުނެފައެވެ. ޖަރުމަނުވިލާތުން ފަރުވާ ހޯއްދެވުމަށްފަހު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!
17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
26 ޖޫން 2024

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
13 މެއި 2024

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
12 މެއި 2024

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

12 މެއި 2024
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
30 އެޕްރީލު 2024

ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް

30 އެޕްރީލު 2024
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
01 އެޕްރީލު 2024

މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި

01 އެޕްރީލު 2024
މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު