Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓީޗަރުން ވެކްސިން ޖެހުން

ކެލިފޯނިއާގެ ހުރިހާ ޓީޗަރުން ވެކްސިން ޖެހުން މަޖުބޫރު

ކެލިފޯނިއާގައި އޮގަސްޓް 11 ގައި ޕޒިޓިވްކަމަށް ރިޕޯޓު ކޮށްފައިވަނީ، 9،925 މީހުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 12 އޯގަސްޓު 2021 | ބުރާސްފަތި 07:28
ކްރިސް ޖޯންސަން - ޕްރި-ސްކޫލް ޓީޗަރެއް

ކްރިސް ޖޯންސަން - ޕްރި-ސްކޫލް ޓީޗަރެއް

އެމެރިކާގެ ކެލިފޯނިއާގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ އެންމެން ވެކްސިން ޖެހުން މަޖުބޫރު އުސޫލެއް އެކުލަވާލައިފިއެވެ.

ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ ތައުލީމު ފޯރުކޮށްދޭ ތަންތަނުގައި މަސައްކަތްކުރާ ހުރިހާ އެންމެން ވެސް މި އުސޫލަށް އަމަލުކުރަން ޖެހެއެވެ. ވެކްސިން ނުޖަހާ މީހުން ކޮންމެ ހަފުތާއަކު އެއްފަހަރު ޓެސްޓްކޮށް ނަތީޖާ ހުށަހަޅަން ޖެހެއެވެ. މިއީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ނިންމި ނިންމުމެއް ކަމަށް ކެލިފޯނިއާގެ ގަވަރުނަރ ގާވިން ނިއުސަމް ވިދާޅުވިއެވެ. އާނާ ވިދާޅުވީ، މި އުސޫލް ޕްރީ ސްކޫލުން ފެށިގެން ގޮސް ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭ ސްކޫލްތަކުގެ ޓީޗަރުންނާއި، ސްޓާފުން ވެސް އަމަލުކުރުން މަޖުބޫރު ކަމަށެވެ.

މި އުސޫލަށް އަމަލު ކުރަން ބުރާސްފަތި ދުވަހު ވަނީ ފަށާފައެވެ.

ޑެލްޓާ ވޭރިއަންޓާއެކު އެމެރިކާގައި ކޮވިޑް ކޭސްތަކުގެ އަދަދު އިތުރުވާން ފެށުމުން، މިފަދަ އުސޫލުތަކެއް ކެލިފޯނިއާގެ އިތުރުން އެހެން ސްޓޭޓްތަކުގައި ވެސް ވަނީ އެކުލަވާލާފައެވެ. ފާއިތުވި ހަފުތާގައި ހަވާއީގައި ވެސް ވަނީ އޮފީސްތަކާއި، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުން ވެކްސިން ޖެހުމަށް މަޖުބޫރުކަން ހާމަކޮށްފައެވެ. މިއާ ޚިލާފަށް ކެލިފޯނިއާގައި އާއްމުކުރި އުސޫލުގައި އަމިއްލަ ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުން ވެސް ހިމެނެއެވެ.

ކެލިފޯނިއާގައި އޮގަސްޓް 11 ގައި ޕޮޒިޓިވްވިކަމަށް ރިޕޯޓު ކޮށްފައިވަނީ، 9،925 މީހުންނެވެ. މިހާތަނަށް 3،969،722 މީހުންނަށް އެ ސްޓޭޓްގައި ބަލި ޖެހިފައިވެއެވެ. ބަލީގައި 63،976 މީހުންވަނީ މަރުވެފައެވެ.

އެމެރިކާކޮވިޑް-19ކޮވިޑް-19 ވެކްސިން

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު