Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެކުގައި މަސައްކަތް ކުރުން

ރައީސްގެ އަންދާޒާ: ތެލާއި ފެން އެކެއް ނުވާނެ

11 އޯގަސްޓު 2021 | ބުދަ 13:15

ރައީސް ވިދާޅުވީ، މި ދެފިކުރު އެއްވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 އޯގަސްޓު 2021 | ބުދަ 13:15
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނޫސްވެރިނާ ބައްދަލު ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނޫސްވެރިނާ ބައްދަލު ކުރެއްވުން

މިވަގުތު ގައުމަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ - ޕީޕީއެމް އިއްތިހާދެއް ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވީނަމަވެސް، އެއީ އެންމެ ރަނގަޅު ގޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ސިޔާސީ ގޮތުން ރާއްޖޭގައި އޮންނަނީ މައިގަނޑު 2 ފިކުރެއް ކަމަށެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މި ދެފިކުރު އެއްވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މަލްޓި ޕާޓީ ޑިމޮކްރަސީއެއް ރާއްޖޭގައި އޮންނައިރު، މި ދެ ފިކުރު އެއްވުމަކީ އެމަނިކުފާނު ތާއީދު ކުރައްވާ ކަމެއް ނޫންކަމަށްވެސް ރައީސް ވަނީ ހާމަކަން ބޮޑު ގޮތެއްގައި ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ރައީސް އިތުރަށް ވިދާޅުވީ، ރައީސް ނަޝީދު ބޭނުންފުޅުވާނަމަ ރައީސް ޔާމީނާއެކު މަސައްކަތް ކުރެއްވިދާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގައި މިހާރު އޮތް ނިޒާމަށް ބަލާއިރު އެމްޑީޕީއާއި ޕީޕީއެމް އެއްވުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ގެންދަވަނީ އެމްޑީޕީ އެހެން މިސްރާބަކަށް ގެންގޮސް ޕީޕީއެމާއެކު މަސައްކަތް ކުރައްވަން ބޭނުންވާކަން ފައުޅުކަންބޮޑު ގޮތެއްގައި ހާމަ ކުރައްވަމުންނެވެ. އެމަނިކުފާނުވަނީ މީގެ ކުރިން ވެސް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. އެގޮތުން ކުރިއަށް ދެވެން އޮތީ ޕީޕީއެމް ފަދަ މެދުމިނުގެ ފިކުރަށް ތާއީދުކުރާ ބަޔަކާއެކުގައި ކަމަ ށްވަނީ ވިދާޅުވެފައެވެ. އަދި މިއީ ހަރުކަށި ފިކުރާ ދެކޮޅަށް ކުރައްވާ މަސައްކަތެއްގެ ގޮތުގައި ވަނީ ސިފަ ކުރައްވާފައެވެ.

އިދިކޮޅުންވެސް ވަނީ މި މޭރުމުން އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތާއިދުކުރައްވާ ރައީސް ނަޝީދު ޔާމީންގެ އެހީއަށް އެދިވަޑައިގެންފިނަމަ ދެ ޕާޓީއެކުގައި މަސައްކަތް ކުރައްވާނެތޯ ރާއްޖެއެމްވީ އިން ސުވާލުކުރުމުން ޕީޕީއެމްގެ މެމްބަރުން ވަނީ އެ ސިޔާސަތެއް ބިނާކުރުމަށްޓަކައި ރައީސް ނަޝީދުގެ މުޅި ދިރިއުޅުން ހޭދަކުރެއްވި ސިޔާސަތެއް ނަޝީދު ދޫކުރައްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ރަނގަޅު ނިޔަތެއްގައި ނަޝީދުގެ ސިޔާސަތުތައް ބަދަލު ނުކުރާނެ ކަމަށާއި ވަރަށް މަކަރުވެރި ގޮތްތައް ބައެއް ސިޔާސީ ބޭފުޅުން ގެންގުޅުއްވާ ކަަމަށްވެސް އިދިކޮޅުން ގަބޫލު ކުރެއެވެ.

އޭގެ އިތުރުން، ދެ ލީޑަރުން އެކައްޗެއް ކިޔައިފިނަމަ ރައްޔިތުން ސިޔާސީ ލީޑަރުންނަށް ކުރާނެ އިތުބާރު ނޯންނާނެ ކަމަށާއި، ރައްޔިތުން އިޚުތިޔާރު ކުރަނީ ސިޔާސަތުތަކާއި ފިކުރުތައް ކަމަށް އިދިކޮޅުންވެސް ވަނީ ބުނެފައެވެ. އެގޮތުން ރައީސް ނަޝީދާއި ރައީސް ޔާމީންގެ ސިޔާސަތުތަކަކީ މުޅިން ތަފާތު ދެ ސިޔާސަތުތައް ކަމަށް ޕީޕީއެމްއިން ވަނީ ތަކުރާރުކޮށް ބުނެފައެވެ.

އެމްޑީޕީޕީޕީއެމް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް