Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ފަތުރުވެރިކަން

ރަން އަހަރަށް މަރުހަބާ ކިޔާ އިރު ފަތުރުވެރިކަން އާންމު ހާލަތަށް ރުޖޫއަވާނެ ކަމުގެ އުންމީދު ބޮޑު - މިނިސްޓަރ

ދާއިރާގެ ވަރަށް ގިނަ ކަންތައްތައް އައު އާންމު ހާލަތުން އަރައިގަނެ ފަތުރުވެރިކަން އާންމު ހާލަތަށް ދެވިފައި އޮންނާނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 9 އޯގަސްޓު 2021 | ހޯމަ 07:34
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

އަންނަ 2022 ވަނަ އަހަރާ ކުރިމަތިލާއިރު ރާއްޖޭގެ ފަތުރުވެރިކަން އޮންނާނީ އައު އާންމު ހާލަތުން އަރައިގަނެވިފައި ކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިހާރު ހިންގަމުން މިދަނީ އައު އާންމު ހާލަތުގައިކަން ފާހަގަކުރައްވައި ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފާއިތުވި ބުދަ ދުވަހުގެ ރޭ ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލަށް 2022 ވަނަ އަހަރު މަރުހަބާ ކިޔާ އިރު، ދާއިރާގެ ވަރަށް ގިނަ ކަންތައްތައް އައު އާންމު ހާލަތުން އަރައިގަނެ ފަތުރުވެރިކަން އާންމު ހާލަތައް ދެވިފައި އޮންނާނެ ކަމުގެ އުންމީދު ބޮޑުކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މިނިސްޓަރު މައުސޫމް ވަނީ ފަތުރުވެރިކަމުގެ ރަން އަހަރަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ގިނަ ކަންތައްތައް ރާވައި ކުރިއަށްދާ ކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން ރަން އަހަރުގެ ލޯގޯ މިހާރު ލޯންޗު ކުރެވިފައިވާ ކަމަށާއި ވިޔަފާރިއަށް ނޫން ގޮތްގޮތަށް ލޯގޯ ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ލޯގޯ ވިޔަފާރިއަށް ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް ދޭން ނިންމާފައިވާކަމަށާއި މިނިސްޓްރީއަށް ލޯޔަލްޓީއެއްގެ ގޮތުގައި ދައްކަން ޖެހޭނީ ވިޔަފާރިއަށް އުފައްދާ ތަކެތީގެ ހޯލްސޭލް ޖުމްލަ އަގުގެ ތިން އިންސައްތަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވަނީ 2022 ވަނަ އަހަރުގެ އައު އަހަރުގެ ކައުންޓްޑައުނުން ފެށިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ވިދާޅުވެފައެވެ. މި ކައުންޓްޑައުނާއެކު ރަން އަހަރު ފެށިގެންދާނެ ކަމަށާއި އެރޭ ރަނގަޅު ފެންވަރެއްގެ ޝޯއެއް ބޭއްވުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގައާއި ރިސޯޓް، ސަފާރީ އަދި ޔޮޓުތަކުގެ އިތުރުން ގެސްޓް ހައުސްތަކުގައި އައު އަހަރު ފެށުން ވަރަށް ކުލަ ގަދަކޮށް ފާހަގަކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

އޭގެ ފަހުން ކޮންމެ ހަފުތާއަކު އަދި ކޮންމެ މަހަކު ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ހާއްސަ ހަރަކާތްތައް ކުރިއަށްދެވޭނެ ކަމަށާއި މިހަރަކާތްތަކުގައި ސިނާއަތުގެ ބައިވެރިންނާއި، ފަތުރުވެރިންގެ އިތުރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރަން އަހަރު ފާހަގަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އަންނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ފަތުރުވެރިކަމުގެ ވަރަށް ހާއްސަ ސަމިޓެއް ބާއްވާނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މިސަމިޓުގައި ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ޖަމާއަތްތައް ބައިވެރިވާނެ ކަމަށެވެ. އަދި ވަރަށް ހާއްސަ ޖަލްސާއެއް ވެސް ބޭއްވިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީން އިސްނަގައިގެން ޓޫރިޒަމް މިނިސްޓްރީއާއެކު ފަތުރުވެރިކަމަށް ހާއްސަ ރެޑިޔުސް، ރީޔޫސް އަދި ރީސައިކަލްގެ ހާއްސަ މައުރަޒެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މައުރަޒާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަތް އޮތްތާގައި ހިއްސާކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރު ކަމަށް ވާއިރު، ފަތުރުވެރިކަމުގެ ރަންޔޫބީލް ރަން އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ސިނާއަތުގެ ހިއްސާދާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްމިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމްދިވެހި ފަތުުރުވެރިކަމުގެ ރަންޔޫބީލް

ކޮމެންޓް

އިތުރަށް ކިޔާލަން

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު