Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަރަކް އޮބާމާގެ އުފަންދުވަސް

އޮބާމާގެ އުފަންދުވަހުގެ ޕާޓީ ބޭއްވުމަށް ހެއްދެވި ޕްލޭންއަށް، ކޮވިޑް ހާލަތާއެކު ބަދަލުތަކެއް

މި ނިންމެވުމަކީ އޮބާމާއާއި އަނބިކަނބަލުން މިޝޭލް މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 އޯގަސްޓު 2021 | ބުދަ 17:31
ބަރަކް އޮބާމާއާއި އަނބިކަނބަލުން މިޝޭލް އޮބާމާ

ބަރަކް އޮބާމާއާއި އަނބިކަނބަލުން މިޝޭލް އޮބާމާ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއަށް 60 އަހަރުފުޅު ފުރިއްޖެއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ބުދަ ދުވަހު އޮބާމާއަށް 60 އަހަރުފުޅު ފުރިފައިވާއިރު, ހަފްތާ ބަންދުގައި އުފަންދުވަހުގެ ޚާއްސަ ހަފްލާއެއް ބޭއްވެވުމަށް ކުރިން އޮތީ ރާއްވަވާފައެވެ. އެހެންނަމަވެސް، ކޮވިޑުގެ ޙާލަތު ގޯސްވުމާއި، ޑެލްޓާ ވޭރިއަންޓު ކޮންޓްރޯލެއް ނެތި ފެތުރެމުން ދިއުމުގެ ސަބަބުން އޮބާމާ ވަނީ މި ޙަފްލާއަށް ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން މާރތަރަސް ވިނެޔަރޑްގައި ބޮޑު ޙަފްލާއެއް ބޭއްވުމަށް ކުރިން ރޭއްވެވިނަމަވެސް، މިހާރު ވަނީ ހަމައެކަނި އޮބާމާގެ އާއިލާ ބޭފުޅުންނާއި، އެންމެ އަރިސް މީހުންނަށް އެކަނި ބައިވެރިކުރެއްވުމަށް ނިންމަވާފައެވެ.

ރިޕޯޓުތައް ބުނާގޮތުން ކުރިން މި ޙަފްލާއަށް 100ށް ވުރެ ގިނަ މީހުންނަށް ދައުވަތު ދެއްވިއެވެ. އޭގެ ތެރޭގައި އެކްޓަރ ޖޯޖް ކްލޫނީ، ހޯސްޓް އޯޕްރާ ވިންފްރީ ހިމެނެއެވެ.

ޙަފްލާއަށް ބަދަލުތައް ގެންނެވުމަށް ނިންމެވި މި ނިންމެވުމަކީ އޮބާމާއާއި އަނބިކަނބަލުން މިޝޭލް މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެއްކަމަށް އޮބާމާގެ ތަރުޖަމާނާ ޙަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ.

އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ރައީސްގެ ގޮތުގައި 2008ވަނަ އަހަރު މަގާމާ ހަވާލު ވަޑައިގެންނެވި، އޮބާމާއަކީ އެމެރިކާގެ 44 ވަނަ ރައީސެވެ.

ބަރަކް އޮބާމާއެމެރިކާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު