Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮމާންގެ ރައްކާތެރިކަން ކަށަވަރުކުރުން

އޮމާނަށް ހަމަލާދިން ކަމަށް އިސްރާއީލުން ކުރާ ތުހުމަތު އީރާނުން ދޮގުކޮށްފި

2 އޯގަސްޓު 2021 | ހޯމަ 11:23

މަސީރާގައި ދަތުރުކުރަމުންދިޔަ ލައިބީރިއާގެ ދިދަ ޖެހި، އިސްރާއީލުގެ ބިލިއަނަރ އެޔަލް އޮފާގެ މާސާރ ސްޓްރީޓްސްގެ ތެޔޮ ޓޭންކަރަކަށް ޑްރޯން ހަމަލާއެއް ވަނީ އަރާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 2 އޯގަސްޓު 2021 | ހޯމަ 11:23
ޑްރޯން ރޮކެޓް ހަމަލާ އަރާފައިވަނީ އޮމާންގެ އިރު އުތުރުގެ ރަށެއްކަމަށްވާ މަސީރާގައި ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރަކަށް

ޑްރޯން ރޮކެޓް ހަމަލާ އަރާފައިވަނީ އޮމާންގެ އިރު އުތުރުގެ ރަށެއްކަމަށްވާ މަސީރާގައި ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރަކަށް

އޮމާނަށް ހަމަލާ ދިންކަމަށް އިސްރާއީލުން ކުރާ ތުހުމަތު އީރާނުން ދޮގުކޮށްފިއެވެ.

އޮމާންގެ އިރު އުތުރުގެ ރަށެއްކަމަށްވާ މަސީރާގައި ދަތުރުކުރަމުންދިޔަ (ލައިބީރިއާގެ ދިދަ ޖެހި) އިސްރާއީލުގެ ބިލިއަނަރ, އެޔަލް އޮފާގެ މާސާރ ސްޓްރީޓްސްގެ ތެޔޮ ޓޭންކަރަކަށް ޑްރޯން ރޮކެޓް ހަމަލާއެއް ވަނީ އަރާފައެވެ. މި ހަމަލާގައި ރުމޭނިއާގެ ރައްޔިތަކާއި އިނގިރޭސިވިލާތައް ނިސްބަތްވާ ރައްޔިތެއް ވަނީ މަރުވެފައެވެ. މިކަމުގެ ޒިންމާ އިސްރާއީލުން އެންމެ ފުރަތަމަވެސް އެޅުވީ އެ ޤައުމުގެ އެންމެ ހަތުރުވެރި އީރާނުގެ ބޮލުގައެވެ. އިސްރާއީލަށްފަހު އެ ޤައުމަށް ވާގިވެރިވާ ހުޅަނގުގެ ބާރުތައްކަމަށްވާ އެމެރިކާއާއި، އިނގިރޭސިވިލާތުންވެސް ވަނީ މިކަމުގެ ޒިންމާ އީރާނުން ނަގަންޖެހޭނެކަމަށް ބުނެފައެވެ.

މި ހާދިސާ ހިނގާފައި މިވަނީ އޮމާން ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ އެ ޤައުމުގެ ކަނޑު ބޯޓަކަށް މި ދިޔަ ހަފުތާގެ ތެރޭގައި ހަމަލާއެއްދީ, ބޯޓުގެ 2 ފަޅުވެރިން މަރުވެފައިވާ ދަނޑިވަޅެއްގައެވެ. މި ދެ ހަމަލާ މިހާ ގަތްގާތުގައި ދިނުމުން އޮމާންގެ ރައްކާތެރިކަން ގެއްލި ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރަމުންދާކަމަށް އިސްރާއީލާއި ހުޅަނގުގެ ބާރުތަކުން ވަނީ ބުނެފައެވެ. އިސްރާއީލުގެ ބިލިއަނަރ, އެޔަލް އޮފާގެ މާސާރ ސްޓްރީޓްސްގެ މި ތެޔޮ ޓޭންކަރަށް ޑްރޯން ހަމަލާ އެރިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެމެރިކާގެ ކަނޑުމަތީ ސިފައިން ވަނީ އެ ޤައުމުގެ ބާރު ހިނގާ ސަރަހައްދަކަށް މި ޓޭންކަރާއި އޭގައި ތިބި މީހުން ގެންގޮސްފައެވެ.

މިކަމާގުޅިގެން އިސްރާއީލުގެ ބޮޑު ވަޒީރު ނަފްޓަލީ ބެނެޓް ވަނީ (އެއްވެސް ހެތްކެއް ނެތި) މިކަމުގެ ޒިންމާ އީރާނުގެ ބޮލުގައި އަޅުވައި، މިކަމުގެ އިންޓެލިޖެންސް މައުލޫމާތު ހުރިކަމަށް ވިދާޅުވެފައެވެ. އިސްރާއީލުގެ ބޮޑު ވަޒީރު ވަނީ, އީރާނުން ކުރިކަމަށް ތުހުމަތުކުރައްވާ މި އަމަލަކީ އެ ޤައުމުން ކުރި ބޮޑު ކުށެއްކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަޒަންކޮށްދީ, ޖަވާބުދާރީ ކުރުވަންޖެހޭނެކަމަށް ވަރަށް ހަރުކަށިކަމާއެކު ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅޭގޮތުން އެމެރިކާގެ ސްޓޭޓް ސެކެޓްރީ އެންތަނީ ބްލިންކަން, އަދި އިނގިރޭސިވިލާތުގެ ފޮރިން ސެކެޓްރީ ޑޮމިނިކް ރާބްވެސް ވަނީ މި ހަމަލާއަކީ އީރާނުން ދިން ހަމަލާއެއްކަމަށް ވިދާޅުވެފައެވެ.

އިރާން ސަރުކާރުގެ ތަރުޖަމާނު ސަޢީދު ކަތިބްޒަޑޭ ބޭއްވެވި ވަރޗުއަލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އޭނާވަނީ މި ޤައުމުތަކުގެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އިސްރާއީލުގެ ލާއިންސާނީ ބާރު ގަދަވެގެންދާ ކޮންމެ ތަނަކުވެސް ފެނިގެންދާނީ ހަނަފަސްކަމާއި، ބިރުވެރިކަން އަދި ހަމަނުޖެހުމުގެ އަމަލުތައްކަމަށް އޭނާ ވިދާޅުވިއެވެ.

މިކަން ފަލަސްތީނުން ފެނި, އަޅާނުލާ އެތައް ޤައުމެއް ތިބި އިރު، މިއަދު އޮމާންގައި އިސްރާއީލުގެ ބަސް ވިކެންފެށުމުން އެ ޤައުމަށްވެސް އަތްގަދަކޮށް ފަނާކުރަނިވި އަމަލުތައް ހިންގަމުންދާކަމުގެ ތުހުމަތު އީރާން ސަރުކާރުގެ ތަރުޖަމާނު ކުރެއްވިއެވެ. މިގޮތަށް ބަހުގެ ހަމަލާތައް އަމާޒުކޮށް ތުހުމަތުތައް ކުރުމަކީ އީރާނުގެ ތަޞައްވުރު ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ކިލަނބުކުރުމަށް ކުރާ އަމަލެއްކަމަށް ސިފަކުރައްވައި, އޭނާ ވަނީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި ފަސްނުޖެހޭނެކަމަށް ވިދާޅުވެފައެވެ.

އީރާނާއި އިސްރާއީލަކީ މެދުއިރުމަތީގެ އެންމެ ނުފޫޒު ގަދަ ދެ ޤައުމުކަމުގައިވާއިރު، ދެ ޤައުމުގެ ދެމެދުގައި ވަނީ ގިނަ މައްސަލަތަކެއް އުފެދިފައެވެ. އެގޮތުން އީރާންގެ ނިއުކްލިއަރ ޑީލްގެ މައްސަލައާއި، ފަލަސްތީންގެ މުސްލިމުންނަށް އިސްރާއީލުން އަމަލުކުރަމުންދާ ލާއިންސާ ގޮތްތައް އެންމެ ބޮޑަށް ކުށްވެރިކުރާ ޤައުމަކީ އީރާނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް