Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ސުޕަ ކަޕް

ޕީއެސްޖީ ބަލިކޮށް ފްރެންޗް ސުޕަ ކަޕް ލިލްއަށް

1 އޯގަސްޓު 2021 | އާދީއްތަ 22:11

މިއީ ލިލްއިން ފްރެންޗް ސުޕަ ކަޕް ހޯދި ފުރަތަމަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 އޯގަސްޓު 2021 | އާދީއްތަ 22:11
ފްރެންޗް ސުޕަ ކަޕުގެ ޓްރޮފީއާއެކު ލިލްގެ ކުޅުންތެރިން އުފާފާޅުކުރަނީ

ފްރެންޗް ސުޕަ ކަޕުގެ ޓްރޮފީއާއެކު ލިލްގެ ކުޅުންތެރިން އުފާފާޅުކުރަނީ

ވަރުގަދަ ޕީއެސްޖީ ބަލިކޮށް ލިލްއިން ފްރެންޗް ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

މިދިޔަ ސީޒަނުގެ ފްރެންޗް ލީގު ޗެމްޕިއަނުން ކަމަށްވާ ލިލްއިން ފްރެންޗް ސުޕަ ކަޕް ކާމިޔާބުކުރީ އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ފްރެންޗް ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ޕީއެސްޖީ އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މިއީ މިދިޔަ އަށް އަހަރު ތެރޭ ޕީއެސްޖީއަށް ފްރެންޗް ސުޕަ ކަޕް ގެއްލުނު ފުރަތަމަ ފަހަރެވެ.

އިސްރާއީލުގެ ސިޓީއެއް ކަމަށްވާ ތެލް އަވީވުގައި ހުންނަ ބްލޫމްފީލްޑް ސްޓޭޑިއަމުގައި މި މެޗު ކުޅުނުއިރު، މި މެޗުގައި ޕީއެސްޖީން އެ ޓީމަށް ކުޅެމުން އަންނަ މަޝްހޫރު ގިނަ ކުޅުންތެރިން ބެނުންކޮށްފައެއް ނުވެއެވެ. އެގޮތުން ޕީއެސްޖީގެ ސްކޮޑުގައި ބްރެޒިލުގެ ތަރި ނޭމާ އާއި، ފްރާންސްގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ އަދި މި ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީއާ އަލަށް ގުޅުނު ސްޕެއިނުގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ހިމަނާފައެއް ނުވެއެވެ. އެކަމަކު މި މެޗުގައި ޕީއެސްޖީން ވަނީ އެ ޓީމާ އަލަށް ގުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް އާއި މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ ކުޅެން އަރުވާފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލިލްއިން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ. ބުރަކް ޔިލްމާޒްގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލުގެ މިޑްފީލްޑަރު ޒެކާއެވެ.

މި މެޗުން މޮޅުވެ ލިލްއިން އެ ޓީމުގެ ތާރިޚުގައި ފުރަތަމަ ފަހަރަށް ފްރެންޗް ސުޕަ ކަޕް ކާމިޔާބުކުރިއިރު، އެ ޓީމުން ވަނީ 10 އަހަރަށްފަހު މިދިޔަ ސީޒަނުގެ ފްރެންޗް ލީގުވެސް ކާމިޔާބުކޮށްފައެވެ. ލިލްއިން ފްރެންޗް ސުޕަ ކަޕް ކާމިޔާބުކުރިއިރު، މިދިޔަ ސީޒަނުގެ ލީގުގެ ޗެމްޕިއަންކަން ލިލްއަށް ހޯދައިދިންތާ ދެ ދުވަސް ފަހުން އެ ޓީމުގެ ކޯޗުކަން ކްރިސްޓޮފް ގަލްޓިއޭ ވަނީ ދޫކޮށްލާފައެވެ. އެއާއެކު މިދިޔަ ޖުލައި މަހު ލިލްއިން ވަނީ އެ ޓީމުގެ ކޯޗަކަށް ޖޮސޮލެން ގޯނޮވެކް ހަމަޖައްސާފައެވެ. އެހެންކަމުން މިއީ ލިލްއާއެކު ގޯނޮވެކުގެ ފުރަތަމަ ކާމިޔާބީއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް