Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް

މަސްދުވަހުން އާބާދީގެ 90 އިންސައްތައަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރެވެންވީ ކީއްވެ؟

31 ޖުލައި 2021 | ހޮނިހިރު 06:49

އަމާޒަކީ އޮގަސްޓު މަސް ނިމުމުގެ ކުރިން އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުން

އަމްނާ އިމާދު
އަމްނާ އިމާދު | 31 ޖުލައި 2021 | ހޮނިހިރު 06:49
ރާއްޖޭގައި ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވަނީ ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު

ރާއްޖޭގައި ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވަނީ ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު

ކޮވިޑް-19ން ދިފާއުވުމުގެ އެންމެ ވަރުގަދަ ހަތިޔާރަކީ ވެކްސިނެއެވެ. ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ވެކްސިން ބޭނުން ކުރަމުންދާއިރު، އާބާދީގެ ބޮޑު އިންސައްތައަކަށް ވެކްސިން ދެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ މިހާރު ވެކްސިން ކަމަށް ވާތީއެވެ.

ބައެއް ގައުމުތަކުގައި ވެކްސިނޭޝަންގެ ޚާއްސަ ޕްރޮގްރާމްތައް ފަށައިގެން ކުރިއަށްގެންދާއިރު، ރާއްޖެއިން ވެސް ވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ''ދިފާއު''ގެ ނަމުގައި ވެކްސިނޭޝަންގެ ޚާއްސަ ޕްރޮގްރާމް ފަށާފައެވެ. މިޕްރޮގްރާމްގެ ތެރެއިން ގިނަ ބަޔަކު ވެކްސިން ޖަހާފައިވާއިރު، ސަރުކާރުގެ މިހާރުގެ އަމާޒަކީ އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ.

މަސް ދުވަހުން މިކަން ކުރެވިދާނެ ކަމާއި މެދު ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.

މިކަން ނުކުރެވެންވީ ސަބަބެއް ނެތެވެ. އެއީ ދިވެހިންނަކީ އަޒުމް ވަރުގަދަ ހާސިލްކުރަން ބޭނުންވާ ކަމެއް ހާސިލްނުކޮށް ދޫކޮށްލާނެ ބަޔަކަށް ނުވާތީއެވެ. އެކަމަށް ދިވެހި ތާރީޚު ވެސް ހެކިދޭނެއެވެ. ސަރުކާރުން ހުރިހާ ކަމެއް އިންތިޒާމްކޮށްގެން ކުރިއަށް ގެންދާއިރު، ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުމެވެ. ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެންމެ ފަހުން ދެއްކެވި ވާހަަކަފުޅުުގައި އެމަނިކުފާނު ވަނީ މިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ މުޅި އާބާދީއަށް ޖެހޭ ވަރަށް ވެކްސިން މިހާރު ލިބިފައިވާ ކަމަށާއި، ބަލިމަޑުކަމުގެ ތެރޭގައި ދުނިޔޭގެ އެތައް ގައުމަކުން ވެކްސިން ހޯދުމުގެ މަސައްކަތްކުރަމުންދާއިރު ރާއްޖެއަށް މިލިބުނު ނަސީބުގެ ފައިދާ އެންމެ ރަނގަޅުގޮތުގައި ހިފުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒްވެސް ވަނީ ކުރިން ގައުމު އޮތް ހާލަތަށް އަނބުރާ ވާސިލްވުމަށް މުޖުތަމައުގެ އެންމެންގެ ފުރިހަމަ އެެއްބާރުލުން ބޭނުންވާ ކަމަށާއި ވެކްސިން ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލެވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށް ވިދާޅުވެފައެވެ.

އެންމެންގެ އެއްބާރުލުމާއެކު މަސްދުވަހުން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން އުނދަގޫ ކަމަށް ނުވާނެއެވެ. އެއީ ރާއްޖޭއަށްވުރެ އާބާދީ ބޮޑު ގައުމުތަކުން ވެސް މިކަން ހާސިލް ކުރާތީއެވެ. އެފަދަ ގައުމުތަކަށް ބަލާއިރު، މިހާރު ބޫޓާންއަކީ މިސާލު ގައުމެކެވެ. ޖުލައި މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ބޫޓާންގެ ކޮވިޑް-19 ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ޖަހައި ނިންމާލައިފިއެވެ.

ބޫޓާންގެ ހެލްތު މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އެގައުމުގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަކޮށް ނިންމާފައި ވަނީ ހަތް ދުވަހުގެ ތެރޭގައެވެ. އެގޮތުން ޔުނިސެފްގެ އެހީ އާއެކު ބޫޓާންގައި ކޮވިޑް-19 ވެކްސިނޭޝަން ކެމްޕެއިން ފެށީ ޖުލައި 20 ވަނަ ދުވަހުއެވެ. މިއީ ބަލިމަޑުކަމެއްގެ ތެރޭގައި ކުރިއަށް ގެންދިޔަ އެންމެ އަވަސް ވެކްސިނޭޝަން ޕްރޮގްރާމްކަމަށް މާހިރުން ފާހަގަކުރެއެވެ.

ބޫޓާނުން ކޮވިޑް-19 ވެކްސިނޭޝަންގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މި އަހަރުގެ މާޗު މަހުއެވެ. އެއީ އިންޑިއާއިން އެ ގައުމަށް ފޯރުކޮށްދިން 550،000 ކޮވިޝީލްޑް ވެކްސިން ޑޯޒާ އެކުއެވެ. މާޗު މަސް ނިމި އޭޕްރިލް މަސް ފެށުނު އިރު، އެ ގައުމުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިމި، ވެކްސިންގެ ޑޯޒްތައް ހުސްވިއެވެ. ނަމަވެސް އިންޑިއާގެ ކޮވިޑް-19ގެ ހާލަތު ގޯސްވުމާއެކު އިންޑިއާއިން ވެކްސިން ސަޕްލައިކުރުން މެދުކަނޑާލުމުގެ ސަބަބުން ބޫޓާނަށް ބޭނުންވާ ވެކްސިންގެ ޑޯޒްތައް ނުލިބި، އެހެން ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ އެހީއަށް އެ ގައުމުން އެދުނެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު ވެސް ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ވެކްސިނޭޝަން ޕްރޮގްރާމް ފެށިއިރު ޖަހަން ފަށާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. ކޮވިޝީލްޑް ވެކްސިން ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން މާލޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ވަގުތީ ގޮތުން މެދުކަނޑާލިއެވެ. ގާތްގަނޑަކަށް 2 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން އަލުން ޖަހަން ފަށާފައިވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހު އެޕޮއިންޓްމަންޓް އުސޫލުންނެވެ.

މިމަހުގެ 27 ވަނަ ދުވަހު އަތޮޅުތެރޭގައި ވެކްސިނޭޝަން ޕްރޮގްރާމްގެ ފަހު ކެމްޕެއިން ފަށާފައިވާއިރު، މި ކެމްޕެއިން މާލެ ސަރަަހައްދުގައި ފަށާފައި ވަނީ 31ވަނަ ދުވަހުއެވެ.

ރާއްޖޭގައި މިވަގުތު ބޭނުންކުރަނީ އެސްޓްރަޒެނަކާ، ފައިޒަރ އަދި ސިނޮފަރމް ވެކްސިނެވެ. އަދި ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށް ގެންދަނީ އެޕޮއިންޓްމެންޓްގެ އުސޫލުންނެވެ. ވެކްސިން ޖެހުމަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެއްދެއެވެ. މިވަގުތު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި، ދެވަނަ ޑޯޒް ނުޖަހާ ތިބި މީހުން ދެވަނަ ޑޯޒް ވީހާވެސް އަވަހަކަށް ޖެހުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެހެންކަމުން ބަލިން ދިފާއުވުމަށް ކަމާ ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދާއި ލަފާގެ މަތިން މިއަދު ރައްޔިތުން އަމަލުކުރަން ޖެހެއެވެ. ރާއްޖެއަށްވުރެ އާބާދީގެ ގޮތުން ދެގުނަ ބޮޑެތި ގައުމުތަކުން އެންމެ ހަތް ދުވަހުގެ ތެރޭގައި ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވާއިރު، ރާއްޖެފަދަ ގައުމަކަށް މަސް ދުވަހުން އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރެވެންވީ ސަބަބެއް ނެތެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ޖޫން 2023

އިންޑިޔާގެ އާބާދީގެ 100 މިލިއަން މީހުންގެ ހަކުރުބަލި އެބަހުރި!!

11 ޖޫން 2023
އިންޑިޔާގެ އާބާދީގެ 100 މިލިއަން މީހުންގެ ހަކުރުބަލި އެބަހުރި!!
03 މާރިޗު 2023

2035 އާހަމަޔަށް ދާއިރު ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ތިބޭނީ ފަލަކޮށް

03 މާރިޗު 2023
2035 އާހަމަޔަށް ދާއިރު ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ތިބޭނީ ފަލަކޮށް
23 ޑިސެމްބަރު 2021

އައު ވޭރިއެންޓާއެކު މުޅި ދުނިޔެ އައު ވެކްސިންގެ އިންތިޒާރުގައި!

23 ޑިސެމްބަރު 2021
އައު ވޭރިއެންޓާއެކު މުޅި ދުނިޔެ އައު ވެކްސިންގެ އިންތިޒާރުގައި!
15 ޑިސެމްބަރު 2021

އެނގިތިބެ ނުވާކަމަށް ދައްކާ ވެކްސިންގެ ފޭކް ކާޑުގެ ވާހަކަ

15 ޑިސެމްބަރު 2021
އެނގިތިބެ ނުވާކަމަށް ދައްކާ ވެކްސިންގެ ފޭކް ކާޑުގެ ވާހަކަ
20 އޯގަސްޓު 2021

ގިނަ ދުވަހު އަސަރު ހުންނަނީ އެސްޓްރަޒެނެކާ ވެކްސިންގެތަ؟ ނުވަތަ ފައިޒަރ ވެކްސިންގެތަ؟

20 އޯގަސްޓު 2021
ގިނަ ދުވަހު އަސަރު ހުންނަނީ އެސްޓްރަޒެނެކާ ވެކްސިންގެތަ؟ ނުވަތަ ފައިޒަރ ވެކްސިންގެތަ؟
11 ޖުލައި 2021

މިހާރު ޖަހާ ވެކްސިންގެ ދިފާއު ކުޑަކަމަށް ބުނެ ފައިޒާއިން ބޫސްޓަރ ޝޮޓެއް އުފައްދަނީ!

11 ޖުލައި 2021
މިހާރު ޖަހާ ވެކްސިންގެ ދިފާއު ކުޑަކަމަށް ބުނެ ފައިޒާއިން ބޫސްޓަރ ޝޮޓެއް އުފައްދަނީ!
18 އެޕްރީލު 2021

ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ވޭނަކަށް، ދިގު ކިއުތަކަށް ހައްލެއް ނެތް!

18 އެޕްރީލު 2021
ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ވޭނަކަށް، ދިގު ކިއުތަކަށް ހައްލެއް ނެތް!
11 ފެބުރުއަރީ 2021

ވެކްސިންގެ ސައިޑް އިފެކްޓް

11 ފެބުރުއަރީ 2021
ވެކްސިންގެ ސައިޑް އިފެކްޓް
01 ފެބުރުއަރީ 2021

98.3 މިލިއަން ވެކްސިންގެ ޑޯޒް ޖަހައި، ހާރޑް އިމިއުނިޓީއާއި ދިމާއަށް މުޅި ދުނިޔެ މިސްރާބު ޖަހަނީ

01 ފެބުރުއަރީ 2021
98.3 މިލިއަން ވެކްސިންގެ ޑޯޒް ޖަހައި، ހާރޑް އިމިއުނިޓީއާއި ދިމާއަށް މުޅި ދުނިޔެ މިސްރާބު ޖަހަނީ
17 ޖެނުއަރީ 2017

ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!

17 ޖެނުއަރީ 2017
ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް