Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފައިޒާގެ ބޫސްޓަރ ޝޮޓް

މިހާރު ޖަހާ ވެކްސިންގެ ދިފާއު ކުޑަކަމަށް ބުނެ ފައިޒާއިން ބޫސްޓަރ ޝޮޓެއް އުފައްދަނީ!

އޮގަސްޓް މަހުގައި ކްލިނިކަލް ޓްރައަލްތައް ފަށާނެކަމަށް ފައިޒާއިން ބުނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 ޖުލައި 2021 | އާދީއްތަ 03:42
ފައިޒަރގެ ވެކްސިން ޖަހަނީ - އިތުރު ބޫސްޓަރ ޑޯޒެއް އުފެއްދުމުގެ މަސައްކަތް ފައިޒާއިން ވަނީ ފަށާފައި

ފައިޒަރގެ ވެކްސިން ޖަހަނީ - އިތުރު ބޫސްޓަރ ޑޯޒެއް އުފެއްދުމުގެ މަސައްކަތް ފައިޒާއިން ވަނީ ފަށާފައި

ކޮވިޑް-19ށް އެންމެ ކާމިޔާބު އެއް ވެކްސިން އުފެއްދި ފައިޒާ ކުންފުނީގެ ކޮވިޑް ވެކްސިނުން ވައިރަހުގެ އައު ވޭރިއަންޓާ ދެކޮޅަށް ދިފާއީ ބާރުލިބޭ މިންވަރު ދަށްކަމަށް ބުނެ ބޫސްޓަރ ޝޮޓެއް އުފައްދާނެކަން އިއުލާންކޮށްފިއެވެ.

ފައިޒާ ކުންފުނިން ބުނެފައިވަނީ ވެކްސިންގެ ތިން ވަނަ ޑޯޒެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ޑާޓާތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށާއި، ތިންވަނަ ޑޯޒް އިން އައު ވޭރިއެންޓާ ދެކޮޅަށް މަސައްކަތް ކުރާ މިންވަރު އިތުރުވާނެ ކަމަށެވެ. އަދި މިކަމާ ބެހޭ ޑާޓާތައް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނާއި، ޔޫރަޕިއަން މެޑިސިންސް އެޖެންސީ އަދި ކަމާ ބެހޭ އެހެނިހެން ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ. އަދި އޮގަސްޓް މަހުގެ ތެރޭގައި ބޫސްޓަރ ޑޯޒް ޖެހުމުގެ ހުއްދައަށް އެދޭނެކަމަށް ވެސް ވަނީ ބުނެފައެވެ.

ފައިޒާއިން މިފަދަ ނިންމުމެއް ނިންމާފައިވާ އިރު، ކަމާބެހޭ ދެ އިދާރާއިން ބުނެފައިވަނީ އެމެރިކާގެ މީހުންނަށް ބޫސްޓަރ ޝޮޓެއް ބޭނުން ނުވާ ކަމަށާއި، ވެކްސިންގެ އިތުރު ޑޯޒެއް ޖެހުމަށް ކުންފުނިތަކަށް އެކަނި ނުނިންމޭނެ ކަމަށެވެ.

މިކަން ހާމަކޮށް ފައިޒާއިން ބަޔާނެއް ނެރުނުތާ މާ ގިނަ އިރުތަކެއް ނުވަނީސް އެފްޑީއޭ އާއި ސެންޓަރ ފޯ ޑިޒީޒް އެންޑް ކޮންޓްރޯލާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ރައްޔިތުންގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ބޫސްޓަރ ޑޯޒެއް މިވަގުތު ބޭނުން ނުވާ ކަމަށެވެ.

ސީއެންއެންއަށް މައުލޫމާތު ދެމުން ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވަނީ އިތުރު ޑާޓާތައް ނުލިބެނީސް ކޮވިޑުން ރައްކާތެރިވުމަށް އިތުރު ޑޯޒެއް ބޭނުންވާކަމެއް ބުނަން ދަތި ކަމަށެވެ. އަދި މިހާރު ޖަހަމުން އަންނަ ވެކްސިނުން ރައްކާތެރިކަން ލިބެނީ ކިހާ މިންވަރަކަށް ކަމެއް ދެނެގަނެވިފައި ނުވާ ކަމަށާއި، އަދި ބޫސްޓަރ ޑޯޒްގެ ފައިދާ ކުރާނީ ކޮންބަޔަކަށް ކިހިނެއް ކަމެއް ވެސް ދިރާސާތަކުން އެނގިފައި ނުވާ ކަމަށެވެ.

ފައިޒާ އަދި ބައޯއެންޓެކުން ބުނެފައިވަނީ ވެކްސިން ފުރިހަމަކުރުމަށްފަހު ރައްކާތެރިކަން ލިބޭ މިންވަރު ފަހުން ދަށްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ކޮވިޑް ވައިރަހުން ރައްކާތެރިވުމަށް ފައިޒާ ވެކްސިންގެ ދެ ޑޯޒް ޖަހަންޖެހެއެވެ.

ފައިޒާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުގެ ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން ވެކްސިންގެ ސަބަބުން އިންފެކްޝަނާއި ސިމްޕްޓޮމެޓިކް ބަލިތަކުން 6 މަސް ވަންދެން ދިފާއުކޮށްދޭ ކަމަށެވެ. ނަމަވެސް ސީރިއަސް ބަލިތަކުން ރައްކާތެރިވެވޭ މިންވަރު ދަށް ކަމަށެވެ.

އަދި މި މުއްދަތުގެ ތެރޭގައި ޑެލްޓާ ވޭރިއަންޓްގެ ބާރުގަދަވަމުން އަންނަ އިރު، އިސްރާއީލުގެ އިތުރުން އެހެން ގައުމުތަކުން ވެސް މި ވޭރިއަންޓް ފެނިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި މި މައުލޫމާތުތައް އެއްކުރެވިފައިވަނީ ފޭސް 3 ގެ މަރުހަލާތަކުގެ ތެރެއިން ކަމަށާއި، ވެކްސިނާއެކު ދިފާއުވި ނަމަވެސް، މި 6 މަސް ދުވަހުގެ ތެރޭގައި ވެސް ނުރައްކާތެރިކަން އިތުރުކަމަށް ދައްކާ ކަމަށެވެ.

އަދި ވައިރަސްގެ އައު ވޭރިއަންޓްތައް ފެންނަމުންދާ މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ގޮތުން ވެކްސިން ފުރިހަމަކުރާތާ 6 މަހާއި 12 މަހާ ދެމެދުގައި ވެކްސިންގެ އިތުރު ޑޯޒެއް ޖެހުމަކީ ރައްކާތެރިކަން އެންމެ މަތީ ފަންތީގައި ލިބިގެންދާނެ ކަމެއް ކަމަށް ފައިޒާ ކުންފުނިން ވަނީ ބުނެފައެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

ފައިޒާގެ މި ނިންމުމާއެކު ގިނަ ގައުމުތަކުން މިކަމުގައި އިތުރު ވިސްނުމަކަށް ދާނެ ކަމަށް ބެލެވެއެވެ. ފައިޒާ އަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް އެކި ގައުމުތަކަށް ވެކްސިން ފޯރުކޮށްދީފައިވާ ކުންފުންޏެވެ. އެގޮތުން ޔޫރަޕްގެ ގައުމުތަކައި ތިންބައިކުޅަ ދެބައި މީހުން ފައިޒާ ވެކްސިން ޖަހާފައިވާ އިރު، އިސްރާއީލުގައި ހަމައެކަނި ޖަހާފައިވާ ވެކްސިނަކީ ފައިޒާ ވެކްސިނެވެ.

އެމެރިކާގެ 158 މިލިއަން މީހުން ވެކްސިން ފުރިހަމަކޮށްފައިވާ އިރު، މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ޖަހާފައިވަނީ ފައިޒާ ވެކްސިނެވެ.

އެމެރިކާގެ އޮފިޝަލުން ވަނީ ފައިޒާގެ މި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ދެވަނަ ފަހަރަށް ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަކަމަށް ބުނެފައެވެ. އަދި ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ވެސް ރައްކާތެރިކަން ލިބޭނެކަމަށް ވެސް ބުނެފައެވެ. މިހާތަނަށް އެންމެ ހަލުވިކޮށް ފެތުރެމުން އަންނަ އެއް ވޭރިއަންޓަކީ ޑެލްޓާ ވޭރިއަންޓެވެ.

މީގެ އިތުރުން ފައިޒާ އަދި މޮޑާނާއިން އުފައްދާފައިވާ ވެކްސިނުން ގިނަ ދުވަސްތަކަކަށް ރައްކާތެރިކަން ލިބޭކަމަށް ދިރާސާތަކުން ދައްކާފައިވާކަމަށް ވެސް އެމެރިކާގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ސައިންސްގެ އަލީގައި ބޫސްޓަރ ވެކްސިން ޑޯޒެއް ޖަހަން ޖެހޭނެތޯ ބެލުމުގެ މަސައްކަތް އެފްޑީއޭ، ސީޑީސީ އަދި ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތް (އެންއައިއެޗް) އިން ގުޅިގެން ވަނީ ފަށާފައެވެ. އަދި ބޫސްޓަރ ވެކްސިން ޖަހަން ޖެހިއްޖެނަމަ އެކަން ކުރަންޖެހޭނީ ކޮން އިރަކުތޯ ވެސް ޓީމުން އަންނަނީ ބަލަމުންނެވެ. މި މަސައްކަތުގެ ތެރެއިން ލެބޯޓަރީ ޑާޓާތަކާއި، ކްލިނިކަލް މަރުހަލާގެ ޑާޓާތަކާއި ވެކްސިން އުފެއްދި ކުންފުނިތަކުގެ ޑާޓާތައް ހޯދާ ދިރާސާކުރުމުގެ މަސައްކަތް މި ޓީމުން ކުރުމަށް ވަނީ ނިންމާފައެވެ.

މިއާއެކު ވެކްސިންގެ ބޫސްޓަރ ޑޯޒެއް ޖަހަންޖެހޭކަމަށް ވަކާލާތުކުރަމުން އައި ފައިޒާއަށް ސާފު މެސެޖެއް ދެވިފައިވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ސީޑީސީ އަދި އެފްޑީއޭއިން ބުނެފައިވަނީ ވެކްސިން ނުޖަހާ ފަރާތްތައް މިހާރު ވެސް ތިބީ ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިފައި ކަމަށާއި، ކޮވިޑްގައި މަރުވާ މީހުންނާއި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންނަކީ ވެކްސިން ނުޖަހާ މީހުން ކަމަށެވެ. އަދި މުޖްތަމައު އާއި އަމިއްލަ ރައްކާތެރިކަމަށް ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށް ސީޑީސީ އާއި އެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އިސްރާއީލުގެ ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑެލްޓާ ވޭރިއަންޓް ފެތުރެން ފެށިފަހުން ވެކްސިންގެ އަސަރުކުރާ މިންވަރު 90 އިންސައްތައިން 64 އިންސައްތައަށް ދަށްވެފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް ބައެއް އެހެން ގައުމުތަކުންނާއި ދިރާސާތަކުން މިކަން އަންނަނީ ދައްކަމުންނެވެ.

ފައިޒާއިން ބުނެފައިވަނީ ދިރާސާއަކުން ދައްކާ ގޮތުން، ބޫސްޓަރ ޑޯޒްގެ ސަބަބުން އެންޓިބޮޑީޒް ނިއުޓަރަލައިޒްކޮށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުން އުފައްދައިދޭ އެންޓިބޮޑީސް 5 ގުނައާއި 10 ގުނައާ ހަމައަށް އިތުރުކޮށްދޭ ކަމަށެވެ. އަދި އައު ފޯމިއުލާއެއްގެ މައްޗަށް އުފައްދާ ބޫސްޓަރ ޑޯޒާއެކު އައު ވޭރިއަންޓާ ދެކޮޅަށް ވެކްސިން މަސައްކަތް ކުރާ މިންވަރު ބޮޑުތަނުން އިތުރުވާނެ ކަމަށެވެ.  

ބޫސްޓަރ ޝޮޓްގެ މަސައްކަތް ފައިޒާއިން ފަށާފައިވާ އިރު، ޓްރައަލްގައި ބޭނުންކުރުމަށް އުފައްދާ ވެކްސިން، ބައޯއެންޓެކްގެ ޖަރުމަންގެ މިއާންޒްގައި ދަނީ އުފައްދަމުންނެވެ. އަދި އޮގަސްޓް މަހުގެ ތެރޭގައި ހުއްދަ ލިބުމުން ކްލިނިކަލް މަރުހަލާގެ މަސައްކަތް ފެށުމަށް ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
ހިންނަވަރު: އެމްޑީޕީން ސިއްކަ ޖަހާފައިވާ ރަށެއް

ހިންނަވަރު: އެމްޑީޕީން ސިއްކަ ޖަހާފައިވާ ރަށެއް

01 މެއި 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
އަބުރުފުޅު ކެކިކެކިގެން، ބޮކި ޖަހާފައި އުތުރި އަރަނީ!

އަބުރުފުޅު ކެކިކެކިގެން، ބޮކި ޖަހާފައި އުތުރި އަރަނީ!

06 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު