Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެލެގްރީ ޔުވެންޓަސްއާ ހަވާލުވުން

ޔުވެންޓަސްއާ އަލުން ހަވާލުވީ ރެއާލަށް ނޫނެކޭ ބުނުމަށްފަހު: އެލެގްރީ

29 ޖުލައި 2021 | ބުރާސްފަތި 10:12

މީގެ ކުރިން އެލެގްރީ ޔުވެންޓަސް ދޫކޮށްލީ ފަސް ފަހަރު ލީގު ކާމިޔާބުކޮށްދިނުމަށްފަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 ޖުލައި 2021 | ބުރާސްފަތި 10:12
ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ

ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ

ޔުވެންޓަސްގެ ކޯޗުގެ މަގާމާ އަލުން ހަވާލުވާން ނިންމީ ރެއާލް މެޑްރިޑަށް ނޫނެކޭ ބުނުމަށްފަހު ކަމަށް މަސިމިލިއާނޯ އެލެގްރީ ބުނެފިއެވެ.

ޔުވެންޓަސްއިން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވި އަންދްރެއާ ޕިރްލޯ ވަކިކޮށް، އަންނަ ސީޒަނަށް އެ ޓީމުގެ ކޯޗަކަށް އުމުރުން 53 އަހަރުގެ އެލެގްރީ އަލުން ހަމަޖައްސާފައެވެ. އެއް ސީޒަނަށް ފަހު ޔުވެންޓަސްގެ ކޯޗުގެ މަގާމުން ޕިރްލޯ ވަކިކުރީ މި ފަހަރު އެ ޓީމަށް ނުވަ އަހަރަށް ފަހު އިޓާލިއަން ލީގު ގެއްލުމުގެ އިތުރުން، އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެންނެވެ.

އެއާއެކު މިދިޔަ މެއި މަހުގެ ތެރޭގައި އެލެގްރީ އަލުން ޔުވެންޓަސްއާ ހަވާލުވިއިރު، ރިޕޯޓުތައް ބުނާ ގޮތުން އޭނާ ވަނީ ޔުވެންޓަސްއާއެކު 2025 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފައެވެ. މީގެ ކުރިން އެލެގްރީ ޔުވެންޓަސް ދޫކޮށްލީ އެ ޓީމަށް އިޓާލިއަން ލީގު ފަސް ފަހަރު ކާމިޔާބުކޮށްދިނުމަށްފަހު، 2018-2019 ވަނަ އަހަރުގެ ސީޒަން ނިމުމުންނެވެ. އޭގެ ފަހުން އެލެގްރީ ޓީމަކާ ހަވާލުވެފައި ނުވާއިރު، އޭނާ ހޯދަން ރެއާލުން ވަނީ މަސައްކަތް ކޮށްފައެވެ.

މި ސީޒަނަށްފަހު ރެއާލުގެ ކޯޗުގެ މަގާމުން ޒިނެދިން ޒިދާން ވަކިވުމުން، އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އިޓަލީގެ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީއެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެލެގްރީ ބުނީ މީގެ ކުރިން ރެއާލުން އޭނާ ހޯދުމަށް މަސައްކަތް ކުރި ކަމަށާއި، އެކަމަށް ރެއާލުގެ ރައީސަށް ޝުކުރުއަދާކުރާ ކަމަށެވެ. އެކަމަކު ރެއާލުގެ ބަދަލުގައި ޔުވެންޓަސް އިޚުތިޔާރުކުރީ އެ ކުލަބަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށްވެސް ވަނީ ބުނެފައެވެ.

އެލެގްރީ ބުނީ ޔުވެންޓަސްގައި މިހާރު އޮތީ ވަރަށް ވަރުގަދަ ސްކޮޑެއް ކަމަށާއި، މިއީ މާޒީ ހަނދާނުން ފުހެލުމަށްފަހު އިތުރު ކާމިޔާބީތަކެއް ހޯދުމަށް ފޯކަސް ކުރަންވީ ދަނޑިވަޅު ކަމަށެވެ. އަދި މިހާރު އޮތް ސްކޮޑާއެކު ބޭނުންވާ ކާމިޔާބީތައް ހޯދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ބުންޏެވެ.

އެލެގްރީ އަލުން ޔުވެންޓަސްއާ ހަވާލުވިއިރު، މީގެ ކުރިން އޭސީ މިލާނަށް 2011 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށްދީގެން ގިނަ ބަޔެއްގެ ސަމާލުކަން ހޯދި އެލެގްރީ ވަނީ މިލާނުގައި ހަތަރު ސީޒަން ހޭދަކޮށްފައެވެ. އަދި އޭގެ ފަހުން ޔުވެންޓަސްއަށް ބަދަލުވެ އެ ޓީމުގައި ފަސް ސީޒަން އެލެގްރީ ހޭދަކުރިއިރު، މި މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް އިޓާލިއަން ލީގު ފަސް ސީޒަނުގައިވެސް ހޯދައިދީފައެވެ. އަދި އޭގެ އިތުރަށް އޭނާ ވަނީ ޔުވެންޓަސްއަށް އިޓާލިއަން ކަޕް ހަތަރު ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކޮށްދީފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

އިބްރަހިމްއޮވިޗް އަލުން އެނބުރި ޔުނައިޓެޑަށް ..!

23 އޯގަސްޓު 2017
އިބްރަހިމްއޮވިޗް އަލުން އެނބުރި ޔުނައިޓެޑަށް ..!
08 ޖުލައި 2017

ގްރީން ސްޓްރީޓުން އަލުން ތާވަލުގެ ހަތަރު ވަނައަށް

08 ޖުލައި 2017
ގްރީން ސްޓްރީޓުން އަލުން ތާވަލުގެ ހަތަރު ވަނައަށް
27 އެޕްރީލު 2017

އެލް ކްލެސިކޯއަށްފަހު ބާސާ އަދި ރެއާލަށް ބޮޑު މޮޅެއް

27 އެޕްރީލު 2017
އެލް ކްލެސިކޯއަށްފަހު ބާސާ އަދި ރެއާލަށް ބޮޑު މޮޅެއް
15 އެޕްރީލު 2017

އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް

15 އެޕްރީލު 2017
އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް
26 މާރިޗު 2017

ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ

26 މާރިޗު 2017
ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
13 މާރިޗު 2017

ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް

13 މާރިޗު 2017
ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް