Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގައި ވެކްސިން ޖެހުން

އަންގާރަ ދުވަހު 523 މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވޭ

29 ޖުލައި 2021 | ބުރާސްފަތި 03:16

އަންގާރަ ދުވަހު 94 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖުލައި 2021 | ބުރާސްފަތި 03:16
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ދަނީ

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ދަނީ

އަންގާރަ ދުވަހު 523 މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އަންގާރަ ދުވަހު 94 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 4 މީހުންނާއި، އަތޮޅުތެރެއިން ވެކްސިން ޖެހި 90 މީހުންނެވެ. އަދި 523 މީހުން ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވާއިރު، އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 12 މީހުންނާއި، އަތޮޅުތެރެއިން ވެކްސިން ޖެހި 511 މީހުންނެވެ.

Advertisement - newsAdvertisement

ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 321،523 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވެއެވެ. އަދި 262،128 މީހުން ވަނީ ދެވަނަ ޑޯޒު ފުރިހަމަކޮށްފައެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތަ އަކަށް ވެކްސިން ދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާއިރު، އަދިވެސް އާބާދީގެ 27 އިންސައްތަ މީހުން ވެކްސިނުގެ އެއްވެސް ޑޯޒެއް ނުޖަހާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފައިވެއެވެ. ވެކްސިން ޖެހުމަކީ ގައުމީ ކަމެއް ކަމުގައި ދެކި ގައުމީ އެހެން ކަންކަމުގައި ވެސް އެންމެން ގުޅިގެން މަސައްކަތް ކުރާ ގޮތަށް މިކަމުގައި ވެސް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އެދޭ ކަމަށް އެޗްއީއޯސީން އިލްތިމާސްކޮށްފައިވެއެވެ.

ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވެ އާންމު ހާލަތަށް ދިއުމަށް ލިބިފައިވާ އެންމެ މުހިއްމު ހަތިޔާރަކީ ވެކްސިިނެވެ. ރާއްޖެއަށް މިވަގުތު އެކަށީގެންވާ މިންވަރަށް ވެކްސިން ލިބިފައިވާކަމަށާއި އެއްވެސް ދަތިކަމެއްނެތި ވެކްސިން ޖެހުމުގެ ކަންކަން ކުރިޔަށް ދާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ. ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން، ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް، މިފެށޭ އޮގަސްޓް މަހުގެ ނިޔަލަށް، ވެކްސިން ޖަހައި ނިންމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ ވިދާޅުވެފައެވެ.

އަންނަ ބުދަ ދުވަހުން ފެށިގެން، ޗައިނާގެ ސިނޮފަރމް ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ފަށާނެކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. ބޮޑު އީދު ބަންދާ ގުޅިގެން ވެކްސިން ޖެހުން މެދުކަނޑާލުމަށްފަހު، އަލުން ވެކްސިން ޖެހުމަށް ނިންމާފައިވާއިރު، މިކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ ސިނޮފަރމް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ ފުރުސަތު ހުޅުވައިލާނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހިތާ ތިން ހަފުތާ ވެފައިވާ މީހުންނަށް ކަމަށެވެ.

ބުދަ ދުވަހުގެ ހެނދުނު 9:00ން 11:00ށް ވެކްސިން ޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ސެނެހިޔާ ހޮސްޕިޓަލުގައެވެ. އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ ޢުޘްމާން ރާއްޖެއެމްވީއަށް ވިދާޅުވީ، އީދު ބަންދާއެކު ސަރުކާރުން ދީފައިވާ ބޮޑު ޗުއްޓީއަށް ވެކްސިން މެދުކަނޑާލުމަށް ފަހު، ދެން ވެކްސިން ޖެހުން ރަސްމީކޮށް ހުޅުވާލާނީ ޖުލައި 26ގެ ބަންދަށް ފަހު މި މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް