Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޭރުން އަންނަ ޓީޗަރުން ކަރަންޓީންކުރުން

ބޭރުން އަންނަ ޓީޗަރުން ކަރަންޓީން ވާން އަންގައިފި

28 ޖުލައި 2021 | ބުދަ 14:14

ޓީޗަރުން ސްކޫލަށް ނިކުތުމުގެ ކުރިން 5 ދުވަހަށް ކަރަންޓީންވާންޖެހޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 ޖުލައި 2021 | ބުދަ 14:14
ތިން މަހަށްވުރެ ގިނަ ދުވަހަށްފަހު ސްކޫލްތައް ހުޅުވާލުން

ތިން މަހަށްވުރެ ގިނަ ދުވަހަށްފަހު ސްކޫލްތައް ހުޅުވާލުން

ރާއްޖެއިން ބޭރުން އަންނަ ޓީޗަރުން ސްކޫލަށް ނިކުތުމުގެ ކުރިން 5 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެކުލަވަލާފައިވާ "ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީންވުމުގެ" އުސޫލަށް މިހާރު ވަނީ ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން ކޮވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނާއި، ކޮވިޑް-19 ޖެހި ބަލިން ރަނގަޅުވިތާ 60 ދުވަސް ނުވާ މީހުން ރާއްޖެއިން ބޭރުން އައިސް ކަރަންޓީން ވާކަށް ނުޖެހެއެވެ.

Advertisement - newsAdvertisement

މިގޮތަށް އެޗްޕީއޭގެ އުސޫލު ބަދަލުކޮށްފައިވީނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރާއްޖެއިން ބޭރުން އަންނަ ޓީޗަރުން ރާއްޖެ އައިސް، ސްކޫލަށް ނިކުތުމުގެ ކުރިން 5 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަންޖެހޭނެކަމަށް ބުނެފައެވެ. މިފަދައިން ބުނެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް ސިޓީއެއް ވެސް ފޮނުވާފައެވެ.

ޓީޗަރުން ރާއްޖެ އައިސް ކަރަންޓީނުގައި ތިބޭނީ އެމީހުން ދިރިއުޅޭ ތަންތަނުގައި ކަމަށާއި، ކަރަންޓީނުގައި ތިބޭތާ 5 ދުވަސް ފަހުން ކަރަންޓީން ރިލީޒް ސާމްޕަލެއް ނަގާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އެމީހުންނަށް ބޭރަށް ނިކުމެވޭނީ ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިފަދައިން ސްކޫލްތަކަށް އަންގާފައިވަނީ ކޮވިޑް-19ގެ ހާލަތުގައި ސްކޫލްތަކުގެ ކިޔެވުން އަނެއްކާވެސް ފަށާއިރު ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖެއިން ބޭރުން އަންނަ ޓީޗަރުން ސްކޫލަށް ނިކުތުމުގެ ކުރިން 5 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސިޓީގައި ވަނީ، މި ނިންމުން ނިންމާފައިވަނީ އެޗްޕީއޭއާ މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ. އަދި މިގޮތަށް ރާއްޖެއިން ބޭރުން އަންނަ ޓީޗަރުންގެ ކަންކަން ގާތުން ބެލުމަށްވެސް މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް