Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަރުކަށި ފިކުރު ނައްތާލަން މަސައްކަތްކުރުން

ހަރުކަށި ފިކުރާ ދެކޮޅަށް ޑރ. ޝަހީމް ދެއްކެވި ވާހަކަ ރައީސް ނަޝީދު ހިއްސާ ކުރައްވައިފި

28 ޖުލައި 2021 | ބުދަ 08:39

ޝަހީމް ވިދާޅުވީ ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރަކީ ކޮަބައިކަން ބުނެދީގެން ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 ޖުލައި 2021 | ބުދަ 08:39
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެ ލިޔުއްވި ކޮލަމް ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޓްވިޓަރގައި ހިއްސާ ކުރައްވާފައި

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެ ލިޔުއްވި ކޮލަމް ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޓްވިޓަރގައި ހިއްސާ ކުރައްވާފައި

ހަރުކަށި ފިކުރުން ގައުމު ސަލާމަތްކުރުމަށްޓަކައި އިސްތިރާތީޖީ ގޮތުން މަސައްކަތް ކުރަން ޖެހޭ ކަމަށާއި މި ފަދަ މަސައްކަތެއްގައި ގައުމުގެ އެއްވެސް މުއައްސަސާއަކުން އެހީތެރިކަމެއް ބޭނުންވާ ނަމަ އެހީތެރިކަން ދެއްވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެ ލިޔުއްވި ކޮލަމް ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޓްވިޓަރގައި ހިއްސާ ކުރައްވައިފިއެވެ.

ޑރ. ޝަހީމް ވަނީ ހަރުކަށި ފިކުރުން ގައުމު ސަލާމަތްކުރުމަށް އިސްތިރާތީޖީ ގޮތުން މަސައްކަތްކުރުމާ ގުޅޭ ގޮތުން އޭނާގެ ވެބްސައިޓުގައި ލިޔުއްވުމެއް ޝާއިއުކުރައްވާފައެވެ. މި ލިޔުއްވުމުގައި ޝަހީމް ވިދާޅުވީ ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރަކީ ކޮަބައިކަން ބުނެދީ، އިސްލާމީ ފިގުހީ އުސޫލުތަކާއި ޝަރުއީ އިސްތިލާހުތަކާމެދު އެފިކުރުގެ އަހުލުވެރިން ގެންގުޅޭ ނުބައި މަފްހޫމްތަކުގެ ހަގީގަތް ރަނގަޅަށް ކިޔާދީ ޒުވާނުންނާއި މުޅި މުޖުތަމައު ހޭލުންތެރި ކޮށްގެންކަމަށެވެ.

Advertisement - newsAdvertisement

އަދި ހަރުކަށި ފިކުރުން ގައުމު ސަލާމަތްކުރުމަށްޓަކައި މިހާރުގެ ހާލަތު ދެނެގަނެ އިސްލާމީ ފަލްސަފާގެ އަލީގައި ހަރުދަނާ އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލައިގެން މުސްތަގުބަލަށްޓަކައި މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ދިގުދެމިގެންވާ ހައްލެއް ބޭނުން ނަމަ އެކަމަށް ސީދާ އަމާޒުކޮށްގެން އިލްމީ ގޮތުންނާއި ފިކުރީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، ގައުމީ މި ފަދަ މަސައްކަތެއްގައި ގައުމުގެ އެއްވެސް މުއައްސަސާއަކުން އެހީތެރިކަމެއް ބޭނުންވާ ނަމަ އިލްމީ ގޮތުން ދެވެން އޮތް އެންމެހައި އެހީތެރިކަމެއް ވެދިނުމަކީ ލިބޭނެ އުފަލެއް ކަމަށް ވިދާޅުވެފައިވެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޑރ. ޝަހީމްގެ މި ލިޔުއްވުން ރައީސް ނަޝީދު ހިއްސާ ކުރައްވާފައިވާއިރު މިވަގުތު ގައުމަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ ޕީޕީއެމް އިއްތިހާދެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން ކުރިއަށް ދެވެން އޮތީ ޕީޕީއެމް ފަދަ މެދުމިނުގެ ފިކުރަށް ތާއީދުކުރާ ބަޔަކާއެކުގައި ކަމަށްވަނީ ވިދާޅުވެފައެވެ. އަދި މިއީ ހަރުކަށި ފިކުރާ ދެކޮޅަށް ކުރައްވާ މަސައްކަތެއްގެ ގޮތުގައިވަނީ ސިފަ ކުރައްވާފައެވެ.

އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑު ވަޒީރުކަން ކުރައްވަން ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ނިޒާމު ބަދަލުކުރުމުގައި އިދިކޮޅު ކޯލިޝަނުން ބައިއަތު ހިފާނެކަމަށް ވެސް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.

މިކަމާ ގުޅިގެން އެ ކޯލިޝަންގެ މެންބަރު އަދި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރ އަހުމަދު ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް ނަޝީދުގެ ސިޔާސަތުތައް އުޑާއި ބިމާހާ ތަފާތު ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމުގެ ޑީލެއް ދުވަހަކުވެސް އެމްޑީޕީ ނުވަތަ ރައީސް ނަޝީދާއެކު ނުހައްދަވާނެ ކަމަށާއި ރައީސް ޔާމީން މިނިވަންކުރަން ޑީލެއް ހައްދަވަން ނުޖެހޭ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ދެ ލީޑަރުން އެކައްޗެއް ކިޔައިފިނަމަ ރައްޔިތުން ސިޔާސީ ލީޑަރުންނަށް ކުރާނެ އިތުބާރު ނޯންނާނެ ކަމަށާއި ރައްޔިތުން އިހްތިޔާރު ކުރަނީ ސިޔާސަތުތަކާއި ފިކުރުތައް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. ރައީސް ނަޝީދާއި ރައީސް ޔާމީންގެ ސިޔާސަތުތަކަކީ މުޅިން ތަފާތު ދެ ސިޔާސަތުތައް ކަމަށް ވިދާޅުވި ވާހަކަ ޝިޔާމް ވަނީ ތަކުރާރު ކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
23 ފެބުރުއަރީ 2017

ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް