Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓިއުނީޝިއާގައި ހިނގަމުންދާ މުޒާހަރާ

ކޮވިޑްގެ މުޒާހަރާތައް ހޫނުވެ ޓިއުނީޝިއާގެ ބޮޑު ވަޒީރު މަގާމުން ވަކިކޮށްފި

27 ޖުލައި 2021 | އަންގާރަ 02:54

ސެމީ ޕްރެސިޑެންޝަލް ވެރިކަމުގެ ނިޒާމެއް އޮންނަ ޓިއުނީޝިއާގައި ރައީސްއަށްވުރެ ބޮޑު ވަޒީރުގެ ބާރުތައް ގިނަ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 27 ޖުލައި 2021 | އަންގާރަ 02:54
ޓިއުނީޝިއާގައި ކޮވިޑްގެ ހާލަތު ކޮންޓްރޯލްކުރުމަށް ސަރުކާރު ނުކުޅެދުނުކަމަށް ބުނެ ވަރުގަދަ މުޒާހަރާތަކެއް ދަނީ ކުރަމުން

ޓިއުނީޝިއާގައި ކޮވިޑްގެ ހާލަތު ކޮންޓްރޯލްކުރުމަށް ސަރުކާރު ނުކުޅެދުނުކަމަށް ބުނެ ވަރުގަދަ މުޒާހަރާތަކެއް ދަނީ ކުރަމުން

ކޮވިޑްގެ މުޒާހަރާތައް ހޫނުވެ ޓިއުނީޝިއާގެ ބޮޑު ވަޒީރު މަގާމުން ވަކިކޮށްފިއެވެ.

ޓިއުނީޝިއާގެ ބޮޑު ވަޒީރު ހިޗެމް މެޗިޗީ މަގާމުން ވަކިކުރިކަން އިއުލާނުކޮށް، 2019 ވަނަ އަހަރު އެ ޤައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ޓިއުނީޝިއާގެ ރައީސް ޚާއިސް ސައިދް ވަނީ އެ ވަގުތުން ފެށިގެން އެމަނިކުފާނު ބޮޑު ވަޒީރުކަމުގެ ޒިންމާތަކާއި ހަވާލުވެވަޑައިގެންފައިވާކަން އިއުލާނުކުރައްވާފައެވެ. މިކަން އިއުލާނުކުރެއްވުމާއެކު އެމަނިކުފާނަށް ތާއީދުކުރާ ސަޕޯޓަރުންނާއި، ކޮވިޑްގެ އިތުރު ރާޅެއް ފެނި އެޅި ފިޔަވަޅުތަކާ ގުޅިގެން މުޒާހަރާކުރަމުން ދިޔަ މީހުން ވަނީ އުފާ ފާޅުކޮށްފައެވެ. އެހެންނަމަވެސް، ރައީސްގެ މި ފިޔަވަޅަކީ ބަޣާވާތެއްކަމަށް ޓިއުނީޝިއާގެ ޤާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެމްބަރުން ވަނީ ސިފަކޮށްފައެވެ.

ސެމީ ޕްރެސިޑެންޝަލް ވެރިކަމުގެ ނިޒާމެއް އޮންނަ ޓިއުނީޝިއާގައި ރައީސްއަށް ބާރުތަކެއް ލިބިފައިވީނަމަވެސް، މި ބާރުތަކަކީ ބޮޑު ވަޒީރަށް ލިބިފައިވާ ބާރުތަކަށްވުރެ މަދު ބާރުތަކަކެވެ. ޓިއުނީޝިއާގެ ޤާނޫނުގައިވާގޮތުން ރައީސްގެ ބާރު ހިނގަނީ ޤައުމުގެ އަސްކަރިއްޔާއަށާއި، ޚާރިޖީ ގުޅުންތަކަށް އެކަންޏެވެ. އަދި މި ނިޒާމުގެ ދަށުން ސަރުކާރު ހިންގުމުގެ ކަންކަން ހަވާލުވެފައިވަނީ ސީދާ ބޮޑު ވަޒީރާއެވެ.

ކޮވިޑްގެ ހާލަތު ޓިއުނީޝިއާގައި ގޯސްވެ ބޮޑު ވަޒީރު ހިޗެމް މެޗިޗީގެ އިރުޝާދުގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް ހަރުކަށިކުރުމުން މިކަމާ ނުރުހުން ފާޅުކޮށް އާންމުން ވަނީ މަގުމައްޗައް ނުކުމެފައެެވެ. އަދި ބޮޑު ވަޒީރާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެނަހްޑާ ޕާޓީން ސަރުކާރު ހިންގުމަށް ނާޤާބިލުވެފައިވާކަމަށް ބުނެ ހަލަބޮލި މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ. މި މުޒާހަރާގެ ތެރެއިން މުޒާހަރާގެ ބައިވެރިންވަނީ ޤާނޫނު ހަދާ މަޖިލީސްދޮށަށް ވެސް އެއްވެ އަޑު އުފުލާފައެވެ. މި މުޒާހަރާތަކުގައި އެ ޤައުމުގެ ފުލުހުން ބެރިކޭޑްކޮށް ސެކިއުރިޓީ ބަލަހައްޓަމުންދިޔަ ޤާނޫނު ހަދާ މަޖިލީސްކުރާ އިމާރާތަށް ވަދެގަތުމަށް މަސައްކަތްކޮށް ނާކާމިޔާބުވުމުން އެ އިމާރާތާ ދިމާލަށް ގަލާއި، ހުސް ދަޅު ފަދަ ތަކެތި އުކާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފައެވެ.

ޓިއުނީޝިއާގެ ބޮޑު ވަޒީރު ހިޗެމް މެޗިޗީ މަޤާމުން ވަކިކުރެއްވި އެ ގައުމުގެ ރައީސް ޚާއިސް ސައިދްއަކީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުން ވާދަކުރައްވައި އެ މަޤާމަށް ވަޑައިގެންނެވި ބޭފުޅެކެވެ. މިފަދަ ބޭފުޅަކު މި ފިޔަވަޅު އެޅުއްވުމުގެ ފަހަތުގައި އެ ޤައުމުގެ އެންމެ ބޮޑު ޕާޓީ އަދި ބޮޑު ވަޒީރު ހިޗެމް މެޗިޗީ ނިސްބަތްވެވަޑައިގަންނަވާ އެނަހްޑާ ޕާޓީގެ ތާޢީދު އޮތްކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޓިއުނީޝިއާގެ ކޮވިޑްގެ ހާލަތު ގޯސްވެ ބޮޑު ވަޒީރު މަޤާމުން ވަކިކޮށްފައިވާއިރު، އެ ޤައުމުގެ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެއިލްވެ ހެލްތް މިނިސްޓަރު ވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ.

ޓިއުނީޝިއާގައި ރައީސް އާއި ބޮޑު ވަޒީރުގެ މަޤާމަކީ ވެސް ރައްޔިތުންގެ ވޯޓުން އައްޔަނުކުރާ ދެ މަޤާމެވެ. ރައީސްއަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން އެމަނިކުފާނުވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީސް ވެސް 30 ދުވަހަށް ސަސްޕެންޑްކޮށްފައެވެ. މި ފިޔަވަޅަކީ އެމަނިކުފާނަށް ޤާނޫނީގޮތުން ލިބިފައިވާ ބާރެއްކަމަށް ވިދާޅުވެ ޓިއުނީޝިއާގެ ރައީސް ސައިދް ވަނީ އެ ޤައުމުގެ ކަންކަން ބެލެހެއްޓުމަށް އެމަނިކުފާނު ހުންގާނާ ހަވާލުވެވަޑައިގެންފައިވާ ކަމަށާއި އައު ބޮޑު ވަޒީރެއް ހޮވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ޤާނޫނު ހަދާ މަޖިލީހުގައި އަޣުލަބިއްޔަތު ނެތަސް އެންމެ ގިނަ މެމްބަރުން ތިބީ މަޤާމުން ވަކިކުރި ބޮޑު ވަޒީރު ނިސްބަތްވެވަޑައިގަންނަވާ އެނަހްޑާ ޕާޓީގައި ކަމަށްވާއިރު، އައު ބޮޑު ވަޒީރަކަށް އައްޔަނުކުރާނެ މީހަކު ހުށަހެޅުމުގެ ބާރު ވެސް ލިބިގެން ވަނީ އެ ޕާޓީއަށެވެ. އެހެންނަމަވެސް، މި ނިޒާމުގައި ހުރި ބައެއް ކަންކަމުގައި އޮޅުން އަރާކަމަށް ވިދާޅުވެ މިކަމުގައި އަމަލުކުރާނެގޮތެއް ރައީސް ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސް ސައިދްގެ ފިޔަވަޅު އެނަހްޑާގެ ލީޑަރު އަދި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ ކުށްވެރިކޮށް މިއީ ބަޣާވާތެއްކަމަށް ވިދާޅުވެފައެވެ. މިކަމަށް ޤާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ ހާޓް އޮފް ޓިއުނީޝިއާ އަދި ކަރާމާ ޕާޓީއިން ތާޢީދުކޮށް އެ ޕާޓީތަކުން ވެސް ވަނީ މިއީ ބަޣާވާތެއްކަމަށް ސިފަކޮށްފައެވެ.

ޓިއުނީޝިއާގެ ކޮވިޑްގެ ހާލަތު ގޯސްވެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް ކުއްލިއަކަށް މައްޗަށް އަރާފައިވާއިރު، އެ ޤައުމަކީ މިހާރު ދުނިޔޭގައި ވެސް އެންމެ ގިނައިން މި ބަލީގައި މީހުން މަރުވަމުންދާ ޤައުމު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާއިން ބުނެއެވެ. އެގޮތުން ވޭތުވެ ދިޔަ 24 ގަޑިއިރުތެރޭގައި މި ބަލީގައި މަރުވި މީހުންގެ އަދަދު 300ށް ވުރެ މައްޗަށް އަރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިހާތަނަށް އައިރު އެ ޤައުމުން ފަސް ލައްކައަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެ އަށާރަ ހާހަށް ވުރެ ގިނަ މީހުން ބަލިޖެހިގެން ވަނީ މަރުވެފައެވެ. އަދި ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ކަންކަމުގައި ވެސް އެ ޤައުމު އުޅެނީ ވަރަށް ފަހަތުގައެވެ. އާބާދީގައި 11.7 މިލިއަން މީހުން ހިމެނޭ ޓިއުނީޝިއާގައި މިހާތަނަށް އައިރު ވެކްސިންގެ ޑޯޒް ހަމަކުރެވިފައިވަނީ އެންމެ 7 އިންސައްތައަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
12 ފެބުރުއަރީ 2017

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް