Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެއި 6 ހަމަލާ

މެއި 6 ގެ ހަމަލައާ ގުޅޭގޮތުން ފުލުހުން ބާއްވާ ޕްރެސް މިރޭ

މައުލޫމާތު ދެއްވާނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނަރ މުހައްމަދު ރިޔާޒާއި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 24 ޖުލައި 2021 | ހޮނިހިރު 08:38
ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒާއި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް

ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒާއި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް

މެއި 6 ގެ ހަމަލާއާއި ގުޅޭގޮތުން ފުލުހުން މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނީ 2021 މެއި 06 ވަނަ ދުވަހުގެ ރޭ މާލެ، ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ މައުލޫމާތު ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ އިސްކަންދަރު ބިލްޑިންގެ މަލްޓިޕާޕަސް ހޯލްގައި މިރޭ 21:00ގައި ކަމަށް ވަނީ ބުނެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމެވެ.

މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް، ދިން ހަމަލާގެ ތުހުމަތު ކުރެވޭ 4 މީހުންގެ ތަހުގީގު ނިންމައި، ދައުވާ ކުރަން މިހާރު ވަނީ ފޮނުވާފައެވެ، ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، ތަހުގީގު ރިޕޯޓުތައް ލިބިފައިވާ ކަމަށާއި، އިތުރު ހެކިތައް ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާނެ ކަމަށެވެ. އެމީހުންގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް 15 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އިތުރު ތަފްސީލްތަކާއެކު މިމަހުގެ 24ވަނަ ދުވަހު ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ޝަމީމު އޭރު ވަނީ ވިދާޅުވެފައެވެ.

ދައުވާކުރަން ފޮނުވާފައިވަނީ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަހުމަދު އަދުހަމް 25އ އާއި، މުޖާޒް އަހުމަދު 21އ އާއި، ތަހުމީން އަހުމަދު 32އ އާއި، އަދި އަހުމަދު ފާތިހު 23އ ގެ މައްޗަށެވެ.

ޓެރަރިޒަމް ގާނޫނުގައިވާ ގޮތުން ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާ އުފުލަން 75 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. މި މުއްދަތު ހަމަވާނީ އޮގަސްޓްމަހުގެ 5ވަނަ ދުވަހަށެވެ. އެންމެ ފަހުން ބޭއްވި މީޑިއާ ބްރީފިންގައި ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ ތަހުގީގު ކުރިއަށްގެންދާ ގޮތް ކޮންމެ ދުވަހަކުވެސް އަދާހަމަ ކުރައްވާ ކަމަށާއި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާ އުފުލޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މި ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުންވަނީ ޚާއްސަ އިންކުއަރީއެއްވެސް ހަދާފައެވެ. އެ އިންކުއަރީގައިވެސް ގިނަ ކަންބޮޑުވުންތަކެއްވަނީ ފާހަގަކޮށްފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ސީދާ ގުޅުންހުރި 4 މީހުންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުންކަން ޔަގީންކުރެވޭ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު