Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެ ލީޑަރުންގެ ބަސް

ކޯލިޝަންގެ ދެ ލީޑަރުން ވިދާޅުވަނީ ރައީސް ޞާލިޙާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް

ރައީސް ސާލިހާއެކު އެމަނިކުފާނަށް ސަޕޯޓް ދެއްވައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 ޖުލައި 2021 | އާދީއްތަ 16:27
ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުންނާއެކު ނައިބު ރައީސް ފައިޞަލް ނަސީމް

ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުންނާއެކު ނައިބު ރައީސް ފައިޞަލް ނަސީމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ސިޔާސީ މަސައްކަތްތައް ނުކުރެއްވޭނެ ކަމަށާއި، އިދިކޮޅު ޕީޕީއެމް/ޕީއެންސީއާ އިއްތިޙާދު ހައްދަވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް ދާދި ފަހުން ރައީސް ނަޝީދު މިވަނީ ވިދާޅުވެފައެވެ. އެކަމަށް ރައްދު ދެއްވައި، ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ދެ ލީޑަރުންކަމުގައިވާ ކުރީގެ ރައީސް އަދި އެމްއެމްއާރްއެމްގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި، ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވީ އެ ދެ ޕާޓީންވެސް ރައީސް ޞާލިޙާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމްއެމްއާރްއެމް އިން ކުރިއަށްދާނީ ކޯލިޝަނާއެކު ކަމަށާއި، ކޯލިޝަން ރޫޅާނުލައްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައި ވެސް ދާނީ ރަނގަޅަށް ކަމަށާއި ރައީސް ޞާލިޙާއެކު އެމަނިކުފާނަށް ސަޕޯޓް ދެއްވައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު މިނިސްޓަރ ޢިމްރާން ވިދާޅުވީ އޭރު ޕާޓީތައް ކޯލިޝަން ހެދުމުން ރައްޔިތުންގެ އުންމީދު ވަރަށް ބޮޑު ވެގެން ދިޔަކަމަށެވެ. އަދި ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކަށް އެކުވެގެން މަސައްކަތް ކުރެވޭނެ މާހައުލެއް އޮތް ހިނދެއްގައި ސަރުކާރާއެކު ދެމިތިބޭނެ ކަމަށެވެ. އަދި މި ސަރުކާރު ކުރިއަށްދާނީ ކޯލިޝަނާއެކު ކަމަށާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއެކު ރައީސް ޞާލިޙު ކުރިއަށް ވަޑައިގަންނަވާތަން ނުފެންނަ ކަމަށެވެ. ކޯލިޝަންގައި ހިމެނޭ ދެ ލީޑަރުން މިހެން ވިދާޅުވެފައިވާއިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ޚިޔާލުފުޅު މިކަމުގައި ހުރި ގޮތް ހޯދުމަށްޓަކައި ކުރި މަސައްކަތް، އެމަނިކުފާނު ފޯނަށް ޖަވާބު ދެއްވާތީ ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ދެ ލީޑަރުން މިހެން ވިދާޅުވެފައި މިވަނީ މިވަގުތު ގައުމަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ ޕީޕީއެމް އިއްތިޙާދެއް ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. އެގޮތުން ނަޝީދު ވަނީ  ޕީޕީއެމްއަށް ބަދަލު ތަކެއް ގެނެވި، އެ ބަދަލުތަކަކީ އިންޑިއާ އައުޓް ފަލްސަފާއާ ދުރު، ނަފްރަތުގެ ބިލަށް ތާއީދުކުރާ، މިއުޒިކަށް ވެސް އެއްބަސްވާ ބަދަލުތަކަކަށްވެ، އެ ހަމަތަކުގައި ސަރުކާރު ހިންގުމަށް ޕީޕީއެމާ އެއްބަސްވެވޭ އެމްޑީޕީ-ޕީޕީއެމް އިއްތިޙާދެއް އުފެއްދެވުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އެހީއަށް އެދިވަޑައިންނެވުމަކީ މިވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ވިދާޅުވެފައެވެ. ރައީސް ނަޝީދު އެމްޑީޕީ އެހެން މިސްރާބަކަށް ގެންދަވައި ޕީޕީއެމާއެކު މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ފައުޅުކަންބޮޑު ގޮތެއްގައި މިހާރު އަންނަނީ ހާމަ ކުރައްވަމުންނެވެ.

އެހެންނަމަވެސް މިކަމާގުޅިގެން އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީއިން ބުނަނީ އެ ޕާޓީން ރައީސް ނަޝީދާއެކު މަސައްކަތް ނުކުރާނެ ކަމަށެވެ. އެ ކޯލިޝަންގެ މެންބަރު އަދި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރ އަޙުމަދު ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ކުރީގެ ރައީސް ނަޝީދުގެ ސިޔާސަތުތައް އުޑާ ބިމާހާ ތަފާތު ކަމަށެވެ. އިދިކޮޅުން އެމްޑީޕީއާ ގުޅޭތަން ކުޑަކޮށް ވެސް ނުފެންނަ ކަމަށާއި، ރައީސް ނަޝީދު އިދިކޮޅުގެ ސިޔާސަތުތައް ގަބޫލުކުރައްވާނަމަ އެކަން އެގޮތަށް ކުރައްވައިގެން ހުންނެވުމަށް އެދޭ ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަން ނޫނަސް ވަރަށް ބައިވަރު ސިޔާސީ ޕާޓީތައް އެބަހުރި ކަމަށާއި އަދި އުފެދެމުންދާކަން ފާހަގަކުރައްވައި ޝިޔާމް ވަނީ އެޕާޓީތަކުގެ އެހީ ހޯއްދެވުމަށް ނަޝީދު ވަޑައިގަންނަވަންވީ ނޫންތޯ ކަމަށް ބުނެ ސުވާލު އުފައްދަވާފައެވެ.

ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތާއީދުކުރައްވައި، ރައީސް ނަޝީދު ޔާމީންގެ އެހީއަށް އެދިވަޑައިގެންފިނަމަ ދެ ޕާޓީ އެކުގައި މަސައްކަތް ކުރައްވާނެތޯ ރާއްޖެއެމްވީ އިން ސުވާލުކުރުމުން ޝިޔާމް ވިދާޅުވީ އެ ސިޔާސަތެއް ބިނާކުރުމަށްޓަކައި ރައީސް ނަޝީދުގެ މުޅި ދިރިއުޅުން ހޭދަކުރެއްވި ސިޔާސަތެއް ނަޝީދު ދޫކުރައްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ރަނގަޅު ނިޔަތެއްގައި ނަޝީދުގެ ސިޔާސަތުތައް ބަދަލު ނުކުރާނެ ކަމަށާއި ވަރަށް މަކަރުވެރި ގޮތްތައް ބައެއް ސިޔާސީ ބޭފުޅުން ގެންގުޅުއްވާ ކަަމަށެވެ.

ކޯލިޝަންއަދާލަތު ޕާޓީމޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2025

ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

15 ނޮވެމްބަރު 2025
ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ
22 އޮކްޓޯބަރު 2025

ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން

22 އޮކްޓޯބަރު 2025
ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން
20 އޮކްޓޯބަރު 2025

ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!

20 އޮކްޓޯބަރު 2025
ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!
03 އޮކްޓޯބަރު 2025

ވިޔަފާރިވެރިންނަށް 5 ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަން ރައީސް ނިންމަވައިފި

03 އޮކްޓޯބަރު 2025
ވިޔަފާރިވެރިންނަށް 5 ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަން ރައީސް ނިންމަވައިފި
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
02 އޮކްޓޯބަރު 2025

ސަރުކާރުގެ ޖަވާބުދާރީ ކުރުވުމަށް މިހާރު މަސައްކަތް ނުކޮށްފިނަމަ ކަންކަން ރަނގަޅުކުރަން އިތުރު ފުރުސަތެއް ނުލިބިދާނެ: އަމީރު

02 އޮކްޓޯބަރު 2025
ސަރުކާރުގެ ޖަވާބުދާރީ ކުރުވުމަށް މިހާރު މަސައްކަތް ނުކޮށްފިނަމަ ކަންކަން ރަނގަޅުކުރަން އިތުރު ފުރުސަތެއް ނުލިބިދާނެ: އަމީރު
24 ސެޕްޓެމްބަރު 2025

"ރައީސް މުއިއްޒު ވެރިކަމަށް ގެންނަން ސޮއިކުރެއްވި 100 އިލްމުވެރިން ޣާފިލުކަމުގެ ނިދިން ހޭލަންޖެހޭ"

24 ސެޕްޓެމްބަރު 2025
 "ރައީސް މުއިއްޒު ވެރިކަމަށް ގެންނަން ސޮއިކުރެއްވި 100 އިލްމުވެރިން ޣާފިލުކަމުގެ ނިދިން ހޭލަންޖެހޭ"
05 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އުޅުއްވަނީ މީޑިޔާތައް ތަޅުއަޅުވައި ރިޔާސީ ދައުރު ދިގު ދަންމަވަން: ޝެއިޚް އިމްރާން

05 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އުޅުއްވަނީ މީޑިޔާތައް ތަޅުއަޅުވައި ރިޔާސީ ދައުރު ދިގު ދަންމަވަން: ޝެއިޚް އިމްރާން
07 އޯގަސްޓު 2025

ކައުުންސިލްތަކުގެ ބާރުތައް ކަނޑުވާލާ ބިލު އަނބުރާ ގެންދަން އިމްރާން ގޮވާލައްވައިފި

07 އޯގަސްޓު 2025
ކައުުންސިލްތަކުގެ ބާރުތައް ކަނޑުވާލާ ބިލު އަނބުރާ ގެންދަން އިމްރާން ގޮވާލައްވައިފި
15 މެއި 2025

ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ފަނޑިޔާރުން ވަކިކުރި މައްސަލާގައި ގާނޫނީ ދައުލަތުގެ ބިންގަލަށް ބޮޑު ލޮޅުމެއް އަރާނެ: އަދާލަތު ޕާޓީ

15 މެއި 2025
ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ފަނޑިޔާރުން ވަކިކުރި މައްސަލާގައި ގާނޫނީ ދައުލަތުގެ ބިންގަލަށް ބޮޑު ލޮޅުމެއް އަރާނެ: އަދާލަތު ޕާޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް