Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19، އިންޑިޔާގެ ހާލަތު

އިންޑިޔާގައި ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވަނީ

އިންޑިޔާގައި މިހާރު ކޮވިޑް ފެތުރޭ މިންވަރު ހުރީ 0.86 ގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ޖުލައި 2021 | ބުރާސްފަތި 14:41
އިންޑިޔާގެ މަގުމަތީގައި މީހުން މާސްކު އަޅައިގެން ހަރަކާތްތެރިވަނީ

އިންޑިޔާގެ މަގުމަތީގައި މީހުން މާސްކު އަޅައިގެން ހަރަކާތްތެރިވަނީ

އިންޑިޔާއަށް ކޮވިޑްގެ ދެވަނަ ރާޅަށް އަރައި، ކޭސްތައް މަދުވާން ފަށާފައިވަނިކޮށް އަނެއްކާވެސް ކޭސްތައް މައްޗަށްދާން ފަށާފައިވާތީ އެކަމުގެ ކަންބޮޑުވުން އިންޑިޔާގެ ކަމާބެހޭ ފަރާތްތަކުން ފާޅުކޮށްފިއެވެ.

މިހާރު ކޭސްތައް އިތުރުވަމުންދަނީ ހިންދީ ދީނުގެ މީހުން މިމަސްތެރޭގައި ކުރިޔަށްގެންދާ ދީނީ އަޅުކަމުގެ ހަރަކާތެއްގެ އިތުރުން، ފަތުރުވެރިންގެ ސަބަބުންކަމަށް އިންޑިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ހިންދީ ދީނުގެ މީހުންގެ އަޅުކަމެއްގެ ގޮތުން އުތުރުގެ ސިޓީތަކަށް އެތައް މޭލަކަށް ހިނގާފައިދާނެއެވެ. އެތައް ބަޔަކު އެއްތާކަށް އެއްވެ ކުރިޔަށްގެންދާ މިދީނީ ހަރަކާތުގެ ސަބަބުން ކޮވިޑް އިތުރަށް ފެތުރި ތިން ވަނަ ރާޅެއް އަރާފާނެކަމުގެ އިންޒާރު ސިއްހީ ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އަނެއްކޮޅުން ސްޕްރީމް ކޯޓުން މިހަފްތާގައި ވަނީ މައިސަރުކާރުގެ އިތުރުން، އުއްތަރަ ޕްރަދޭޝްގެ ސަރުކާރުން ބޮޑެތި ދީނީ ހަރަކާތްތައް ބޭއްވުމުގެ ހުއްދަދީފައިވާތީ އެކަމާ ގުޅޭގޮތުން ސުވާލު އުފައްދާފައެވެ.

ހޯމް މިނިސްޓްރީން ވަނީ ބައެއް ސްޓޭޓްތަކުގައި ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާތީ ސޯޝަލް ޑިސްޓޭންސް ގެންގުޅުމާއި ގިނަ އަދަދެއްގެ ފަތުރުވެރިން އެއްވާ ސަރަހައްދުތަކުގައި ބައިބޯވުން ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.

އިންޑިޔާގައި މިހާރު ކޮވިޑް ފެތުރޭ މިންވަރު ހުރީ 0.86 ގައެވެ. މިމަސްތެރޭގައި އިންޑިޔާގައި ކޮވިޑް ޖެހޭ މިންވަރު ވަނީ 25 އިންސައްތަ މައްޗަށް ޖެހިފައެވެ. އަދި އާރް ވެލިޔު 1ށް އަރާފާނެކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

އޭޕްރީލް 9 ގައި އެންމެ ޕީކުގައި ހުރިއިރު އާރް ވެލިޔު ހުރީ 1.47ގައެވެ.

އިންޑިޔާގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 30.99 މިލިއަނަށް އަރާއިރު މަރުވި މީހުންގެ އަދަދު 411،989ށް ވަނީ އަރާފައެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އައު ވޭރިއަންޓްތައް ފެންނަމުންދާތީ އެކަމަށް ސަމާލުވެ، ވެކްސިން ދިނުމުގެ ޕްރޮގްރާމް ހަލުވިކުރުމަށް އެދިވަޑައިގެންފައެވެ.

އިންޑިޔާއިން މަސައްކަތްކުރަމުން އަންނަނީ 950 މިލިއަން މީހުންނަށް މިއަހަރު ނިމެންވާއިރު ވެކްސިން ދިނުމަށެވެ. ނަމަވެސް ވެކްސިން ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން އެގައުމުގައި ވެކްސިންގެ ދެ ޑޯޒް ދެވިފައިވަނީ އަދި އެންމެ 8 އިންސައްތަ މީހުންނަށެވެ.

ކޮވިޑް-19އިންޑިއާ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު