Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

ބޯޑަރު އަލުން ހުޅުވާލިތާ އެއް އަހަރު!

ޓޫރިޒަމް މިނިސްޓްރީ، ވީއައިއޭ، އެމްއެމްޕީއާރުސީ އަދި މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ވަނީ ފަތުރުވެރިޔާއަށް ހާއްސަ ހަދިޔާ ދީފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 15 ޖުލައި 2021 | ބުރާސްފަތި 04:37
ބޯޑަރު އަލުން ހުޅުވާލިތާ އެއް އަހަރު ފުރުން

ބޯޑަރު އަލުން ހުޅުވާލިތާ އެއް އަހަރު ފުރުން

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން އެއް އަހަރު ފުރިއްޖެއެވެ.

ބޯޑަރު އަލުން ހުޅުވާލިފަހުން އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އާއި ޓޫރިޒަމް މިނިސްޓްރީ އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ގުޅިގެން ވަނީ މިއަދު ރާއްޖެ އައި އެންމެ ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެގޮތުން އެންމެ ފުރަތަމަ ރާއްޖެ އައިސްފައި ވަނީ ސްވިޒަލޭންޑްގެ ފަތުރުވެރިއެކެވެ. އޭނޭއަށް ވީއައިއޭ އިން ބޮޑުބެރުގެ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ޓޫރިޒަމް މިނިސްޓްރީ، ވީއައިއޭ، އެމްއެމްޕީއާރުސީ އަދި މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ވަނީ ހާއްސަ ހަދިޔާ ދީފައެވެ.

ބޯޑަރު ހުޅުވާލިތާ އެއް އަހަރު ފުރުމާ ގުޅިގެން މީޑިއާ އާ ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވަނީ މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށާއި ހައި ސީޒަންގައި މަހަކު ލައްކައެއްހާ ފަތުރުވެރިން އަންނާނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން ވީއައިއޭ ހިންގުމާ ހަވާލުވެފައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވަނީ ރާއްޖެ އަންނަ ފްލައިޓްތައް އިތުރުވާން ފަށައިފިކަމަށާއި މިހާރު ދަތުރުކުރާ އެއަރލައިންތަކުގެ ތެރެއިން ގިނަ އަދަދެއްގެ އެއަރލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

ފާއިތުވި އަހަރުގެ ޖުލައި 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް ހަތް ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށާފައިވާއިރު، މިއަދު އެކަނިވެސް 24 އިންޓަނޭޝަނަލް ފްލައިޓް ރާއްޖެއަށް ދަތުރުކުރާނެ ކަމަށް ވީއައިއޭ އިން ބުނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަންވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުމިނިސްޓްރީ އޮފް ޓުއަރިޒަމްއެމްއެމްޕީއާރްސީ

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
28 އޮކްޓޯބަރު 2025

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!
27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު