Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހިތާ ހިތުގެ ގުޅުން މިހާރު ކެނޑުނީތަ؟

ރައީސް ނަޝީދުގެ މިވާހަކަފުޅުތަކާއެކު އެމްޑީޕީގެ މެންބަރުންވެސް ވަނީ ހައިރާންވެފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 15 ޖުލައި 2021 | ބުރާސްފަތި 13:05
ރިޔާސީ ބަޔާން އިއްވުން 2021

ރިޔާސީ ބަޔާން އިއްވުން 2021

ދުނިޔޭގައި އަބަދު އެއްގޮތަކަށް ކަންތައްތަކެއް ނުހިނގާނެޔޭ އަބަދުވެސް މީހުން ބުނާތީ އިވެއެވެ. މިހާ ގިނައިން މިވާހަކަ ތަކުރާރުކޮށް އިވެނީވެސް އެކަން އެ ގޮތަށް ހިނގާތީއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މިހާރު ވެރިކަމުގައި ހުންނެވި އިބްރާހީމް މުހައްމަދު ސާލިހަކީ، ޒަމާންވީ ދެ ރަހުމަތްތެރިންނެވެ. ސިޔާސީ މައިދާނުގައި އެކައްޗެއް ކިޔައިގެން އެއް މިސްރާބަކަށް ދަތުރުކުރެއްވި ދެ ބޭފުޅުންނެވެ. ރައީސް ނަޝީދު ވިދާޅުވާތީ އަޑުއިވެއެވެ. "މިއީ ހިތާހިތުގެ ގުޅުމެކެވެ" ކޮންމެއަކަސް މިހާރު މިފެންނަ މަންޒަރާއި، އިވޭ އަޑުތައް ތަފާތުވެއްޖެއެވެ. ހިތާހިތުގެ ގުޅުން ކެނޑި، ބަހުގެ ހަމަލާތައް ފުލުފުލުގައި ރައީސް ނަޝީދު ގެންދަވަނީ ރައްދުކުރައްވަމުންނެވެ.

ރައީސް ސާލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމާއި، ފިކުރީ ގޮތުން ޚިޔާލުތަފާތު ވާހަކަ ފައުޅުކަންބޮޑު ގޮތެއްގައި ރައީސް ނަޝީދު ވިދާޅުވެއެވެ. އޭރު ދެ ބޭފުޅުން އެކުގައި ވިދާޅުވަމުން ގެންދެވި ލަވައިގެ ރާގާއި ލިރިކްސްވެސް ބަދަލުކުރެއްވީއެވެ. ވެރިކަމުގެ އާރާއި ބާރާއި، ލައްޒަތުގައި ކޮންމެ ކަމެއް ކުރަންވެސް ޖެހިލުން ނުވާނެކަން މިކަމުން ހާމަވެއެވެ. ސާފުވާ އެއްކަމަކީ، ރައީސް ނަޝީދު އެ ޕާޓީއަކަށްޓަކައި ފަޚުރުވެރިވާ އެމްޑީޕީގެ ކޯލިޝަން ވެރިކަމުގެ ދިފާއުގައި އެމަނިކުފާނު ދެން ނުހުންނަވާނެކަމެވެ.

ހޯދަންޖެހެނީ މެދުމިނުގެ ދީނީ ސިޔާސަތެއް ކަމާ އެކަން ދެން ކުރެވެން އޮތީ ޕީޕީއެމްއާ، ރައީސް ޔާމީނާ ބައިއަތު ހިފައިގެން ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ނަޝީދު ތަކުރާރު ކުރައްވައެވެ. ރައީސް ނަޝީދުގެ މިވާހަކަތަކާއެކު އެމްޑީޕީގެ މެންބަރުންވެސް ހައިރާންވިއެވެ. އެކަކު އަނެކަކާ ސުވާލު ކުރެއެވެ. ދެންވާނީ ކިހިނެއްބާއޭ ހިތާހިތާވެސް ސުވާލު ކުރެއެވެ.

ރައީސް ޔާމީނަކީ މުޅި ގައުމު ދަވާލައިގެން ހުންނެވި ބޮޑު "ވަގެއް"ގެ ގޮތުގައި އެކި ޕޯޑިއަމްތަކުގައި ވާހަކަފުޅު ދެއްކެވީވެސް ރައީސް ނަޝީދެވެ. ރައީސް ނަޝީދަށް މިއަދު ރައީސް ޔާމީންގެ ސިޔާސީ ފިކުރު ކަމުގޮސް އެކުގައި މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރެއްވުމަކީ ހަމަ ހަގީގަތެއްބާއޭ ހިތަށް އެރިއެވެ. ރައީސް ނަޝީދަށް ވައްކަން އޯކޭއެއް ނޫނެވެ. ރައީސް ޔާމީނަށް ރައީސް ނަޝީދު ގެންގުޅުއްވާ ދީނީ ސިޔާސަތު އޯކޭއެއް ނޫނެވެ. ތެލާ ފެނާ އެއްކުރާނީ ކިިހިނެއް ހެއްޔެވެ. އެހެންނަަމަވެސް އެއް ކުރެވެތޯ ރައީސް ނަޝީދު ހުންނެވީ ގަދަފައި ވިއްދާފައިކަން، އެއީ ޔަގީންވާ ކަމެކެވެ.

ބުނަން ކިތަންމެ ބޭނުން ނުވިޔަސް މިކަމާ ޕީޕީއެމްގެ ލީޑަރޝިޕް އޮތީވަރަށް އުފަލުންނެވެ. ވަރަށް ނޫން ގޮތަގަށް ބުނަމުންދަނީ ރައީސް ނަޝީދުގެ މުޅި ހަޔާތްޕުޅު އެކަމެއްގެ މައްޗަށް ބިނާކުރި އުސޫލްތައް ދޫކޮށްލުމަށްފަހު ޕީޕީއެމާ ގުޅެން އަންނާނެކަމަށް އެމީހުންނަށް ގަބޫލެއް ނުކުރެވޭ ކަމަަށެވެ. ސީދާ ޖަވާބެއްދޭން ބޭނުން ނުވިޔަސް މޫނުމަތިން ފެންނަނީ އާދަޔާ ޚިލާފު އުފާވެރި ކަމެކެވެ. އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މިމަންޒަރު ފެނުނީ މިހެންނެވެ.

ޕީޕީއެމްގެ ވާހަކަތަކުން ދޭހަވާގޮތުގައި ރައީސް ޔާމީން ދެން ހަމަ މި މިނިވަންވީއެވެ. އެހެންކަމުން 2023ގެ އިންތިޚާބުގައި ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ނުކުންނާނެ ކަމަށް އަންނަނީ ބުނަމުންނެވެ. މިކަމުގައިވެސް ފޮރުވިފައިވާ ސިއްރުތަކެއް އެކުލެވޭކަން ޔަގީނެވެ. ޖަލު ހުކުމެއްގެ ތެރެއިން އެންމެ ފަސޭހައިން ދެމިގަނެވޭނެ ހުރިހާ އުކުޅެއް ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެއެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ، ރައީސް ނަޝީދު ޖަލަށްލުމެވެ. އެ ހުކުމުން ދެމިގަންނާނީ ކިހިނެއްކަން ރައީސް ނަޝީދަށްވުރެ ރަނގަޅަށް އެނގިވަޑައިގަންނަވާ އެހެން ބޭފުޅަކު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ނުހުންނާނެއެވެ.

ކޮންމެއަކަސް މިއީ ބަޔަކު އެއްގަލަކަށް އަރާނެތޯ ނުވަތަ ނޫންތޯ ދައްކާ ވާހަކައެއް ނޫނެވެ. މުޅިން ތަފާތު ދެ ސިޔާސަތެއް ގެންގުޅޭ ރައީސް ނަޝީދާއި، ރައީސް ޔާމީން އެއްގަލަކަށް އަރާފާނެތޯ ދައްކާ ވާހަކައެވެ. އެކޮޅުން ރައީސް ނަޝީދު ހުންނެވީ އަތު ގުޅާލުމަށް ތައްޔާރަށެވެ.

ރައީސް ނަޝީދުގެ ސިޔާސަތުތަކަކީ ހުޅަނގާ ވަރަށްވެސް ގާތް ސިޔާސަތު ތަކެކެވެ. ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތު މިއާ މުޅިން ތަފާތެވެ. ރައީސް ނަޝީދާއި އިންޑިއާ އޮންނަނީ ވަރަށް ގާތް ބަދަހި ގުޅުމެކެވެ. އެހެންނަމަވެސް ރައީސް ޔާމީން ގުޅުން ބަދަހި ކުރެއްވީ، އިންޑިއާއާ މުޅިން އިދިކޮޅު ޗައިނާއާއެވެ.

މިހާރު މިފެންނަ މަންޒަރުން ތާރީޚު އިއާދަވީއޭވެސް ބުނެވިދާނެއެވެ. މިފެންނަ މަންޒަރުތަކުން ހަނދާނަށް އަންނަނީ، ރައީސް މައުމޫނާއި ރައީސް ޔާމީންގެ އޮތް ލޭގެ ގުޅުމުގެވެސް ބާރު ދެރަވެ، ސިޔާސީ ގޮތުން ދެބޭފުޅުން ހަތުރުވެރިންނަށް ވެގެން ދިޔަގޮތެވެ. ދެބޭފުޅުންގެ ދެމެދުގައި ޖެހުނު މައްސަލައަކީވެސް ވެރިކަމުގެ ބާރުތައް މުށުތެރެއަށް ލެއްވުމަށް ކުރެއްވި މަސައްކަތެވެ. ޕާޓީގެ ތެރޭގައިވެސް ދެ ފެކްޝަން އުފެދި، އެކީގައި ތިއްބެވިހާ ބަޔަކުވެސް، ދެބަޔަކަށް ބެހިގެން ދިޔައީއެވެ. ރައީސް މައުމޫން ދުރަށް ވަޑައިގެން ކޯލިޝަން ހެއްދެވީ ކުރީގެ ސިޔާސީ ވާދަވެރިންނާ އެކީއެވެ.

މިއަދުވެސް އިއާދަވެގެން މިދަނީ ހަމަ އެތާރީޚެވެ. ރައީސް ނަޝީދާއި ރައީސް ސާލިހާއި ދެބޭފުޅުންގެ މެދުގައިވެސް އޮތީ ހަމަ ސިޔާސީ ވާދަވެރިކަމެވެ. ޕާޓީގެ ތެރޭގައި ފެކްޝަން ހެދި ދެބަޔަކަށް ބެހިއްޖެއެވެ. އެއްބަޔަކު ރައީސް ނަޝީދުގެ ފަހަތްޕުޅުގައެވެ. އަނެއްބަޔަކު ރައީސް ސާލިހުގެ ފަހަތްޕުޅުގައެވެ. ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ، ދެން ކޯލިޝަން ހައްދަވާނީ ކުރީގެ ސިޔާސީ ވާދަވެރިންނާ އެކީކަމުގައެވެ.

ރައީސް މުހައްމަދު ނަޝީދު / ޓްވިޓަރރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެމްޑީޕީޕީޕީއެމް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު