Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

ގަރުނެއްގެ ތެރޭގައި މާލެއާއި އަތޮޅުތަކުގެ އާބާދީއަށް އައިސްފައިވާ ބަދަލުތައް

ރާއްޖޭގެ އާބާދީގެ މައި މަރުކަޒަކީ އަބަދުވެސް ވެރިރަށް މާލެ

ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2022 | އާދީއްތަ 14:35
ވެރިރަށް މާލެ: މީގެ 110 އަހަރު ކުރިން މާލޭގެ އާބާދީއަކީ ފަސްހާސް

ވެރިރަށް މާލެ: މީގެ 110 އަހަރު ކުރިން މާލޭގެ އާބާދީއަކީ ފަސްހާސް

ރާއްޖޭގެ އެކި ރަށްރަށުގެ އާބާދީ އިތުރުވެ މަދުވަމުން އަންނަގޮތް ފާއިތުވި އަހަރުތަކުގެ ބޯހިމެނުންތަކުން ފެންނާން އެބަހުއްޓެވެ. އާބާދީގެ ސައިޒަށް އަންނަ ބޮޑެތި ބަދަލުތަކުގެ ފަހަތުގައި އިގްތިސާދީ އަދި އިޖުތިމާއީ ސަބަބުތައް ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ. އެރަށެއްގައި ދިރިއުޅެން ފަސޭހަ މިންވަރަކާއި އާމްދަނީއެއް ހޯދުމުގެ ފުރުސަތު ފަހިވެފައި އޮންނަ މިންވަރަކީ ސަބަބުތަކެވެ. ދިރިއުޅުމުގެ ފަސޭހަތައް ފަހިވެފައި ހުންނަ ރަށްރަށުގެ އާބާދީ ފަތުއަޑު ކިޔައިފައި އުފުލެމުންދާއިރު އެނޫން ރަށްރަށުގެ އާބާދީއަށް އެހާބޮޑު ބަދަލެއް ނާދެއެވެ. ފާއިތުވި 110 އަހަރުގެ ރިކޯޑުތަކަށް ބަލައިލީމާ މިގޮތުން އެންމެ ބޮޑު ބަދަލެއް އައިސްފައިވާކަމަށް ފެންނަނީ ވެރިރަށް މާލޭގެ އާބާދީއަށެވެ.

މީގެ 110 އަހަރުކުރީގެ ބޯހިމެނުމެއްގެ ތަފާސްހިސާބުތައް ވެސް ފެންނާން އެބަހުއްޓެވެ. އެއީ 1912 ވަނަ އަހަރުގެ ބޯހިމެނުމެވެ. ސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ ކުރީކޮޅު އަދި އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ބޮޑުވަޒީރުކަމުގެ ފަހު ދައުރުގެ ތެރޭގައި އެއްކުރެވުނު ތަފާސްހިސާބުތަކެކެވެ. އެއިން ހާމަވާގޮތުގައި ވެރިރަށް މާލޭގެ ރަށްވެހީންގެ ގޮތުގައި އޭރު ތިބީ 5236 މީހުންނެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފަސްހާހުން މަތީގެ އާބާދީއެއް އޮތް ހަމައެކަނި ރަށަކީ އޭރު މާލެއެވެ. މާލެއަކީ އޭރުވެސް އަދި މިހާރުވެސް ރާއްޖޭގެ އިގްތިސާދުގެ ނާރެހެވެ. އެންމެ ގިނަބައެއްގެ މުހުތާދުތަކާއި ގުޅިފައިވާ މަރުކަޒެވެ. މިހާރު މާލޭގެ އާބާދީ އެއްލައްކަޔަށް އަރައެވެ.

މީގެ 110 އަހަރު ކުރިން މާލޭގައި އޮތް އާބާދީއަށްވުރެ ބޮޑު އާބާދީއެއް ލިބިގެންވާ ކިތަންމެ ރަށެއް ރާއްޖޭގައި މިހާރު އެބައޮތެވެ. އައްޑޫ ހިތަދޫ އާއި ފުވައްމުލަކާއި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ އާއި ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ހިމެނެނީ މިގިންތީގައެވެ. މީން ކޮންމެ ރަށަކީ އޭރުވެސް އަދި މިހާރުވެސް ރީޖަނަލް ހަބުތަކެވެ. އުފެއްދުންތެރިކަމާއި ވިޔަފާރީގެ މަރުކަޒުތަކެވެ. ސަރަހައްދީ އިގްތިސާދުގެ މުހިއްމު މަރުކަޒުތަކެވެ. ގިނަކަންކަމުގައި ދިރިއުޅުމަށް ބޭނުންވާ ވަސީލަތްތައް އެހެން ރަށްރަށަށްވުރެ ރަނގަޅަށް ފަހިވެފައިހުރި ރަށްރަށެވެ. އެހެންވީމާ މިހާރެކޭ އެއްގޮތަށް މީގެ ގަރުނެއް ކުރިންވެސް އާބާދީގެ ސައިޒުން އެކަން ފެންނަނީއެވެ.

ރާއްޖޭގެ ފުރަތަމަ ބޯހިމެނުމުގެ ރިކޯޑުތަކުން ހާމަވާގޮތުގައި މާލެ ނަގައިފައި ދެހާހުން ގުނާލެވޭ އާބާދީއެއް އޮތީ އެންމެ ދެރަށުގައެވެ. އެއީ ފުވައްމުލަކާއި ތިނަދޫގައެވެ. ތިނަދޫގައި މީގެ 110 އަހަރު ކުރިން ތިބީ 2325 މީހުންނެވެ. ފުވައްމުލަކުގައި ތިބީ 2199 މީހުންނެވެ. ތިނަދޫއަކީ އޭރު މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބައިބޯ ރަށެވެ. އެ މަގާމު މިހާރު ތިނަދޫއަށް ވަނީ ގެއްލިފައެވެ. އައްޑޫ ހިތަދޫ އާއި ފުވައްމުލަކާއި ކުޅުދުއްފުށީގައި ވެސް ތިނަދޫއަށްވުރެ ބޮޑު އާބާދީއެއް މިހާރު އެބައޮތެވެ. ތިނަދޫއަށް މި މަގާމު ގެއްލުމުގައި ސަބަބުތަކެެއް އެބަހުއްޓެވެ. މީހުން ބާލައި ދުވަސްކޮޅަކަށް ފަޅުވުމަކީ ސަބަބެކެވެ. ރަށުގެ ބިމުގެ ސައިޒު ކުޑަވުމަކީވެސް ސަބަބެކެވެ.

އެއްހާހުގެ އާބާދީއަކީވެސް މީގެ 110 އަހަރު ކުރިން ވަރަށް ބޮޑު އާބާދީއެކެވެ. ކުރިން ބަޔާން ކުރެވުނު ފަސްހާހާއި ދެހާހުގެ ރަށްރަށް ނަގައިފައި އެއްހާސް ހަމަވާ އޮތީވެސް އެންމެ ހަ ރަށެވެ. އޭގެތެރެއިން ތިން ރަށް އޮތީ ތިލަދުންމަތީގައެވެ. އެއީ ހޯރަފުއްޓާއި ކުޅުދުއްފުއްޓާއި ދިއްދޫއެވެ. އެންމެ ބައިބޯ އަތޮޅަކީވެސް ތިލަދުންމައްޗެވެ. އަނެއް ތިން ރަށަކީ އައްޑުއަތޮޅު ހިތަދޫ އާއި ފާދިއްޕޮޅު ނައިފަރާއި ހިންނަވަރެވެ. ހޯރަފުށީގައި ތިބީ 1811 މީހުންނެވެ. ކުޅުދުއްފުށީގައި 1697 މީހުންނެވެ. ހިތަދޫގައި 1587 މީހުންނެވެ. ނައިފަރުގައި 1289 މީހުންނެވެ. ދިއްދޫގައި 1163 މީހުންނެވެ. ހިންނަވަރުގައި 1140 މީހުންނެވެ.

އަދަދުތަކަށް ބަލައިލީމާ އެންމެ ބޮޑު ހައިރާންކަމެއް ގެނެސްދެނީ ހޯރަފުށީގެ އާބާދީންނެވެ. ރާއްޖޭގެ ހަތަރުވަނައަށް އެންމެ ބޮޑު އާބާދީ އޮތީ އޭރު ހޯރަފުށީގައެވެ. ތިލަދުންމަތީގައި އެންމެ ބޮޑު އާބާދީއެއް އޮތީވެސް ހޯރަފުށީގައެވެ. އެހެންނަމަވެސް މިހާރު ރާއްޖޭގެ އެންމެ އާބާދީ ބޮޑު ދިހަ ރަށުގެ ތެރޭގައިވެސް ހޯރަފުށި ނުހިމެނެއެވެ. އަދި ތިލަދުންމަތީގެ އެއްވަނައިންވެސް ވަނީ ސޮއްސާލައިފައެވެ. 1912 ވަނަ އަހަރުގެ ބޯހިމެނުމަށްފަހު އޭގެ 9 އަހަރު ފަހުން 1921 ވަނަ އަހަރު ހޯރަފުށީގެ ރިކޯޑުތަކަށް ބަލައިލީމާ 700 މީހުން ވަނީ މަދުވެފައެވެ. އެއީ އޭރަށް ބަލާއިރު ވަރަށްވެސް ބޮޑު އަދަދެކެވެ. މިއީ ރާއްޖޭގެ ރިކޯޑެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަތޮޅުތަކުގެ ރަށްރަށުގައި މަދުރަސީ ތައުލީމު ފެށުނުތާ 90 އަހަރު - ހިރިލަންދޫ ސްކޫލަށްވެސް 90 އަހަރު

އަތޮޅުތަކުގެ ރަށްރަށުގައި މަދުރަސީ ތައުލީމު ފެށުނުތާ 90 އަހަރު - ހިރިލަންދޫ ސްކޫލަށްވެސް 90 އަހަރު

06 މާރިޗު 2023

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު