Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔޫއޭއީގެ ހިދާޔާގެ އިސްބޭފުޅުންގެ ދަތުރުފުޅު

ޔޫއޭއީގެ ހިދާޔާގެ އިސްބޭފުޅުންގެ ވަފުދު ރާއްޖެއަށް ކުރެއްވި ޒިޔާރަތް ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި

7 ޖުލައި 2021 | ބުދަ 16:49

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރުއާވެސް ބައްދަލުކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޖުލައި 2021 | ބުދަ 16:49
ޑިފެންސް މިނިސްޓަރު މާރިޔާގެ އަރިހަށް ވަފުދު ކުރެއްވި ޒިޔާރަތުގެ ތެރެއިން

ޑިފެންސް މިނިސްޓަރު މާރިޔާގެ އަރިހަށް ވަފުދު ކުރެއްވި ޒިޔާރަތުގެ ތެރެއިން

އިސްލާމްދީނުގެ ސުލްޙަވެރިކަމާއި ތަޙައްމަލް ކުރުމުގެ ރިވެތި ސިފަތައް ކުރިއަރުވައި ހަރުކަށި ފިކުރުތައް ފެތުރުމުން ސަލާމަތްކުރުމުގެ މަސައްކަތުގައި، ދުނިޔޭގެ މަޝްހޫރު ސެންޓަރެއް ކަމުގައިވާ ޔޫ.އޭ.އީގެ ހިދާޔާ އިސްބޭފުޅުންގެ ވަފުދެއް 2021 ޖޫން 29 އިން ޖުލައި 3 އަށް ދިވެހިރާއްޖެއަށް ކުރެއްވި ޒިޔާރަތް ނިންމާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ. މި ވަފުދުގައި އެ ސެންޓަރުގެ ޗެއަރމަންވެސް ބައިވެރިވެވަޑައިގެންނެވިއެވެ

މިއީ ހިދާޔާ އާއި އެން.ސީޓީސީ އާއި ދެމެދު 2019 ވަނަ އަހަރު ސޮއިކޮށްފައިވާ އެމް.އޯ..ޔޫގެ ދަށުން ވިލަރެސް ކުރެވިގެން ކޮށްފައިވާ ރަސްމީ ދަތުރެކެވެ.

Advertisement - newsAdvertisement

މި ވަފުދުގައި ޗެއަރމަން ހިޒް އެކްސެލެންސީ ޑރ. ޢަލީ ރާޝިދު އައްނުޢައިމީގެ އިތުރުން، ހިދާޔާގެ އެގްޒެކެޓިވް ޑިރެކްޓަރ އަޙްމަދު އަލްޤާސިމީއާއި ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ޕްރެޒިޑެންޝަލް އެފެއާރޒާއި، ޖެނެރަލް އޮތޯރިޓީ އޮފް އިސްލާމިކް އެފެއާރޒް އެންޑް އެންޑައުމަންޓްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބުނީ މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވި ކަމަށެވެ. އަދި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރުއާވެސް ހިދާޔާ ސެންޓަރުގެ ވަފުދާ ވަނީ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން، މިނިސްޓަރ އޮފް އެޑިއުކޭޝަނާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒާއި، ރައްޔިތުންގެ މަޖިލީހާއި، އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ އަރިހަށްވެސް ހިދާޔާގެ ވަފުދު ވަނީ އިޙްތިރާމްގެ ޒިޔާރަތް ކުރައްވާފައިވެއެވެ. މި ވަފުދުގެ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި، ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއާއި ބައްދަލުކުރެއްވިއެވެ. އަދި ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވާ އެމަރުކަޒު ބައްލަވާލެއްވި ކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބުނެއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ސަރުކާރުން ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި 19 ފެބުރުއަރީ 2018ގައި ވަނީ ހިދާޔާ ސެންޓަރާއެކު ސޮއިކުރައްވާފައެވެ.

މިއެއްބަސްވުމުގެ ދަށުން، ހަރުކަށި ފިކުރާ ދެކޮޅަށް ހޭލުންތެރިކަން ފެތުރުމުގެ މަގުސަދުގައި، ދައުލަތުގެ އިދާރާތަކާއި، އަމިއްލަ ޖަމިއްޔާތަކާއި، މުދައްރިސުންނާއި، ދީނީ އިލްމުވެރިންނަށް އަމާޒުކޮށް، ކަމާބެހޭ މާހިރުން ރާއްޖެއަށް ފޮނުއްވައިގެން ވަނީ މަސައްކަތު ބައްދަލުވުމެއް އިންތިޒާމު ކޮށްދެއްވާފައެވެ. މި އަހަރުގެ ފަހުކޮޅުގައިވެސް، ހިދާޔާ ސެންޓަރާ ގުޅިގެން މިފަދަ އިތުރު ވަރކްޝޮޕެއް ބޭއްވުމަށް ދަނީ ރާވަމުންނެވެ.

ހަރުކަށި ފިކުރާއި ޓެރަރިޒަމަކީ ގައުމަށް ހުރި ބޮޑު ނުރައްކަލެއްކަން އިއުލާންކޮށް، މިކަމާ ދެކޮޅަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެކުލަވާލި "ޒީރޯ ޓޮލެރަންސް" ސިޔާސަތުގެ ދަށުން، މިފަދަ އަމަލުތައް ހުއްޓުވަން ކުރާ ގައުމީ މަސައްކަތުގައި، ދައުލަތުގެ އިދާރާތަކާއި ކަމާބެހޭ އެންމެހާ ފަރާތްތައް ޝާމިލްކޮށްގެން، އަދި ބޭރުގެ މާހިރުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް ބައިވެރިކޮށްގެން، ކާމިޔާބު ގިނަ ޕްރޮގްރާމްތަކެއްދަނީ ހިންގަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

08 މާރިޗު 2017

ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު

08 މާރިޗު 2017
ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު
03 މާރިޗު 2017

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
20 ފެބުރުއަރީ 2017

ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި

20 ފެބުރުއަރީ 2017
ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް