Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަށު ފަތުރުވެރިކަން ކުރިއެރުވުން

ރަށު ފަތުރުވެރިކަން ފުޅާކުރުމަށް އަތޮޅުތަކުގެ ކައުންސިލަރުންނާ ބައްދަލުކޮށްފި

ކައުންސިލްތަކާ ގުޅުންހުރި، ފަތުރުވެރިކަމުގެ އެކިއެކި ހަރަކާތްތަކުގެ މައުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 7 ޖުލައި 2021 | ބުދަ 07:05
ށ. ފޭދޫ

ށ. ފޭދޫ

"ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން" ޕްރޮޖެކްޓްގެ ދަށުން ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުންތައް ހއ. އަތޮޅުން ފެށިގެން ހުވަދު އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ކައުންސިލަރުންނާއެކު ބާއްވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޖޫން 2 ވަނަ ދުވަހުުން ފެށިގެން ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދިޔަ މި ބައްދަލުވުންތަކުގައި އަތޮޅުތަކުގެ މަޖިލިސް މެމްބަރުންނާއި، ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި އެ މިނިސްޓްރީގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންފައިވެއެވެ.

Advertisement - newsAdvertisement

މި ބައްދަލުވުންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިގެން ދިޔައީ ރަށު ފަތުރުވެރިކަން ކުރިއަރުވައި ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ފަތުރުވެރިކަމުން ރަށްރަށުގެ ރައްޔިތުންނަށް ފައިދާ ހޯދައިދިނުމަށް ކައުންސިލްތަކާ އެކު މިނިސްޓްރީއަށް މަސައްކަތްކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ. އަދި ސީދާ ގޮތުންނާއި ނުސީދާގޮތުން ފަތުުރުވެރިކަމުގެ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ރަށު ފަތުރުވެރިކަން ތަރައްގީކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުންތަކުގައި މަޝްވަރާކޮށްފައިވެއެވެ.

އޭގެ އިތުރުން ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ 6 ސިޔާސަތުގެ ދަށުން ކައުންސިލްތަކާ ގުޅުންހުރި ފަތުރުވެރިކަމުގެ އެކިއެކި ހަރަކާތްތަކުގެ މައުލޫމާތު، ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރުމާއި ފަތުރުވެރިކަމުގެ ގާނޫނާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒު ކުރުމަށް ގެނެވުުނު އިސްލާހުތަކާއެކު ފަތުރުވެރިކަމާ ގުޅޭ މަސައްކަތްތަކުގައި މިނިސްޓްރީ އާއި ކައުންސިލްތަކާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކަށް އަލިއަޅުވާލައި މަޝްވަރާކޮށްފައިވެއެވެ.

އަދި ސީދާ ކައުންސިލްތަކުން ކުރާނެ މަސައްކަތްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަމަށް ދޫކުރެވޭ ބިންތަކުގެ ބީލަމުގެ މަސައްކަތްތަކުގެ ވާހަކަ އާއި އެ އަތޮޅުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އަޕްޑޭޓެއް ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކިއުޓިވް ޑިރެކްޓަރ އަލީ ރައްޒާން ވަނީ ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް ކުރެވެމުންދާ މަސަތްކަތުގެ ދަށުން ކޮންމެ އަތޮޅެއްގެ އަތޮޅު ކައުންސިލް އިދާރާގައި ޓޫރިސްޓް ޑެސްކެއް ގާއިމު ކުރުމަކީ އަމާޒެއް ކަމަށް ވިދާޅުވެފައެވެ. މިނިސްޓްރީން ކައުންސިލްތަކާ އެކު މިހާރު ކުރިއަށް ގެންދާ މަޝްވަރާބައްދަލުވުންތަކުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ރަށްރަށުގެ ލޭންޑްޔޫސް ޕްލޭން އެކުލަވާލާ އިރު، ބޭނުންވާ ޓެކްނިކަލް އެސިސްޓެންޓް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކަމަށާއި މިކަމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށް ރައްޒާން ވަނީ ވިދާޅުވެފައެވެ.

"ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން" ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިކަމަށް ޚާއްސަ ޔުނިޓެއް ގާއިމުކޮށް، އެ ޔުނިޓުން ވަކިވަކި އަތޮޅުތަކުގެ ލޯކަލް ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުންތަކެއް ބާއްވަމުންދާ އިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ ގުޅިގެން ފަތުރުވެރިކަން ކުރިއަރުވައި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ހާސިލްކުރަން ބޭނުންވާ ފަތުރުވެރިކަމުގެ ސިޔާސަތުތަކުގެ ތެރެއިން ހަތަރު ސިޔާސަތެއް ހާސިލުކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތެކެވެ.

ރަށު ފަތުރުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

"އޮމަދޫ ބަނދަރުގެ ދަތިކަން އިންތިހާއަށް، މަސައްކަތް ދަނީ ސްލޯ ސްޕީޑުގައި، ބޭނުންވާ ތަކެއްޗެއް ނެތް"

"އޮމަދޫ ބަނދަރުގެ ދަތިކަން އިންތިހާއަށް، މަސައްކަތް ދަނީ ސްލޯ ސްޕީޑުގައި، ބޭނުންވާ ތަކެއްޗެއް ނެތް"

12 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އޮމަދޫއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް، އޮމަދޫގެ އިހްތިސާސްގައި ތިން ފަޅު ހިމަނައިފި

ރައީސް މުއިއްޒު އޮމަދޫއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް، އޮމަދޫގެ އިހްތިސާސްގައި ތިން ފަޅު ހިމަނައިފި

07 އޮކްޓޯބަރު 2025
ރަށްރަށުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން، ސަފާރީ އެއް ބާއްވައިގެން ރާ ވިއްކާ, ރާ ދީ ހަދާ ކަމަށް ރައީސް ވިދާޅުވެއްޖެ

ރަށްރަށުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން، ސަފާރީ އެއް ބާއްވައިގެން ރާ ވިއްކާ, ރާ ދީ ހަދާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 އޯގަސްޓު 2025
އުކުޅަހު ކައުންސިލުން ޓޫރިޒަމް ވިޔަފާރިއަށް ހެދި ލޭންޑް ޔޫސް ޕްލޭން ބޭކާރު، ރައީސް ވިދާޅުވީ އެ ޕްލޭން ބަދަލުކޮށް ބިންތަކުން ދޭނީ ގޯތި ކަމަށް

އުކުޅަހު ކައުންސިލުން ޓޫރިޒަމް ވިޔަފާރިއަށް ހެދި ލޭންޑް ޔޫސް ޕްލޭން ބޭކާރު، ރައީސް ވިދާޅުވީ އެ ޕްލޭން ބަދަލުކޮށް ބިންތަކުން ދޭނީ ގޯތި ކަމަށް

21 އޯގަސްޓު 2025
ގެސްޓް ހައުސް ވިޔަފާރިވެރިން ޝޯޓްކަޓް ނަގައިގެން، ދީނާއި ޚިލާފު ކަންކަން ހިންގައިގެން މުއްސަނދި ވާން މަސައްކަތް ކުރާ ކަމަށް ރައީސް ތުހުމަތުކުރައްވައިފި

ގެސްޓް ހައުސް ވިޔަފާރިވެރިން ޝޯޓްކަޓް ނަގައިގެން، ދީނާއި ޚިލާފު ކަންކަން ހިންގައިގެން މުއްސަނދި ވާން މަސައްކަތް ކުރާ ކަމަށް ރައީސް ތުހުމަތުކުރައްވައިފި

21 އޯގަސްޓު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު