Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާގެ ކޮވިޑުގެ ހާލަތު

އިންޑިއާގައި 4 ލައްކަ މަރު، ދެބައިކުޅަ އެއްބައި މީހުން މަރުވީ ފާއިތުވި ދެ މަސްތެރޭ!

އެ ގައުމުން ޖުމްލަ 401،243 މީހަކު މި ބަލީގައި ވަނީ މަރުވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 2 ޖުލައި 2021 | ހުކުރު 12:52
ކޮވިޑް-19 އިންޑިއާގެ ހާލަތު

ކޮވިޑް-19 އިންޑިއާގެ ހާލަތު

އިންޑިއާގައި ކޮވިޑް-19 ޖެހިގެން 4 ލައްކައަށްވުރެ ގިނަ މީހުން މިހާތަނަށް މަރުވެއްޖެއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މިހާތަނަށް އެ ގައުމުން ޖުމްލަ 401،243 މީހަކު މި ބަލީގައި ވަނީ މަރުވެފައެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މަރުވީ ފާއިތުވި ދެ މަސްތެރޭގައި ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އިންޑިއާގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު ވިރުލެންޓް ޑެލްޓާ ވޭރިއަންޓް ވަނީ ދުވާލެއްގެ މައްޗަށް އެތައް ހާސް މީހުންނަށް ޖެހިފައެވެ. އިންޑިއާގައި އެންމެ ފުރަތަމަ ކޮވިޑު ޖެހިގެން މީހަކު މަރުވީ މިދިޔަ އަހަރުގެ މާރޗް މަހުގެ 12 ވަނަ ދުވަހުއެވެ. އާބާދީގައި 1.4 ބިލިއަން މީހުން ހިމެނޭ އިންޑިއާގައި 30.4 މިލިއަން މީހުންނަށް ކޮވިޑު ޖެހިގެން މިހާތަނަށް ވަނީ ރިޕޯޓްކޮށްފައެވެ.

އިންޑިއާގައި ވެކްސިންގެ ދެ ޑޯޒް ޖަހާފައިވަނީ ވެކްސިން ޖަހާ އަބާދީގެ 5 އިންސައްތަށްވުރެ ދަށް މީހުންނެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ މެދުތެރެއިން ފެށިގެން މިހާތަަނަށް 340 މިލިއަން ޑޯޒްގެ ވެކްސިން އިންޑިއާގައި ދީފައިވެއެވެ. ބުދަ ދުވަހު އެ ގައުމުގެ ހެލްތް މިނިސްޓަރ ހަރްޝް ވަރްދަން ވިދާޅުވީ ސަރުކާރުން ވެކްސިންގެ 75 އިންސައްތަ ހިލޭ ސްޓޭޓްތަަކަށް ފޯރުކޮށްދޭން ފެށުމާއެކު، ވެކްސިން ޖަހާ ސްޕީޑް އިތުރުވެފައިވާ ކަމަށެވެ.

އިންޑިއާގައި ޑެލްޓާ އަދި ޑެލްޓާ ޕްލަސް ވޭރިއަންޓް ހަލުވިކަމާއެކު ފެތުރެމުންދާއިރު އޭގެ އަސަރު ބޮޑަށް ކުރަނީ ވެކްސިން ނުޖަހާ ތިބި މީހުންނަށެވެ. އެގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ތިބީ ވެކްސިން ނުޖަހައެވެ. އެގޮތުން އިންޑިއާގެ ބޮޑެތި މީހުންގެ އާބާދީގެ 6 އިންސައްތަވެސް އަދި ވެކްސިން ޖަހާފައެއް ނުވެއެވެ.

އިންޑިއާގައި މިހާރު ރިކޯޑް އަދަދަކަށް މީހުން ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އޭގެ ތެރޭގައި ޒުވާނުންނާއި ކުޑަކުދިން ވެސް ގިނަ އަދަދަކަށް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޑިއާއިން ފެނިފައިވާ އައު ވޭރިއެންޓަކީ ހުރިހާ އުމުރަކަށް ވެސް ނުރައްކާ ވޭރިއެންޓެއް ކަމަށާއި މި ވޭރިއެންޓުގައި ޒުވާނުންނަށް ބަލި ޖެހި ފަރުވާ ހޯދަން ވެސް ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާއިން ފެނިފައިވާ ކޮވިޑް-19 ގެ ވޭރިއެންޓް 17 ގައުމަކުން ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މީގެ ކުރިން ވަނީ ބުނެފައެވެ. ޑެޓާބޭސްއިން ދައްކާގޮތުން އެންމެ ގިނައިން އެ ވޭރިއެންޓް ފެނިގެން ރިޕޯޓު ކޮށްފައިވަނީ އިންޑިއާ އާއި، އެމެރިކާ، އަދި އިނގިރޭސި ވިލާތުންނާއި ސިންގަޕޫރުންނެވެ.

އިންޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު