Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުސަސްޓެއިނަބަލް ސްޓިމިއުލަސް ލޯނު

އެސްޑީއެފްސީ ސްޓިމިއުލަސް ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

5 ޖުލައި 2021 | ހޯމަ 19:29

ލޮކްޑައުންގައި އެންމެ ބޮޑަށް އަސަރުކުރި ވިޔަފާރިތަކަށް އިސްކަންދެވޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 5 ޖުލައި 2021 | ހޯމަ 19:29
އެސްޑީއެފްސީ

އެސްޑީއެފްސީ

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ތައާރަފުކޮށްފައިވާ ކޮވިޑް-19 ސަސްޓެއިނަބަލް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖޫން 23 ވަނަ ދުވަހު ތައާރަފުކުރެވުނު މިލޯން ސްކީމަކީ އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ގުޅިގެން އެކުލަވާލާފައިވާ ލޯން ސްކީމެކެވެ. މިސްކީމުގެ ސަބަބުން ވިޔަފާރިތަކަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރާއިރު، މި ޕެކޭޖްތަކަކީ މިހާރު ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައާރަފުކޮށްފައިވާ ސްޓިމިއުލަސް ޕެކޭޖެކެވެ.

ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނު ޕެކޭޖް ދޫކުރަން ހަމަޖެހިފައިވަނީ މިހާރު ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން ކެފޭ، ރެސްޓޯރަންޓް، ޖިމް، ސެލޫން އަދި ގެސްޓްހައުސް ވިޔަފާރިތަކަށެވެ. އެގޮތުން ތިން ޕެކޭޖެއް މި ސްޓިމިއުލަސް ޕެކޭޖުގައި ހިމެނޭއިރު، އެއީ ސްޓިމިއުލަސް ޕެކޭޖު 1، 2 އަދި 3 އެވެ. ސްޓިމިއުލަސް ޕެކޭޖު 1 ދޫކުރަނީ ހިނގަމުންދާ ޕްރޮޖެކްޓްތައް ނިންމުމަށެވެ. ސްޓިމިއުލަސް ޕެކޭޖު 2ން ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާގެ އެހީ ފޯރުކޮށްދޭއިރު، ސްޓިމިއުލަސް ޕެކޭޖު 3ން ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ފުޅާކުރުމާއި، ލޯނު ނުހިމެނޭ ގޮތަށް ވިޔަފާރިއާ ގުޅޭ ފަންނީ ލަފާ ލިބިގެންދާނެއެވެ.

މި ސްކީމަކީ ރިލީފް ލޯނަކަށްވުރެ ބޮޑަށް އެސް.ޑީ.އެފް.ސީ ގެ ފަރާތުން ހިންގާ ބިޒްނަސް ކްލިނިކްތަކެއްގެ ތެރެއިން، ކޮންސަލްޓެންޓުންގެ އެހީތެރިކަމާއެކު ލޯނުތަކަށް އެދޭ ފަރާތްތަކާ މަޝްވަރާކުރެވިގެން، އެ ވިޔަފާރި ބައްޓަން ކުރެވޭނެ ގޮތަށް، އެއަށް ބޭނުންވާނެ ފައިސާއާއި އަދި އެހެނިހެން ފަންނީ އެހީތެރިކަން ދީގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ސްކީމެކެވެ.

އެސްޑީއެފްސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނުތަކަަށް އެދި ހުށައެޅޭ އިރު، ލޯނަށް އެދި ހުށައެޅުމުގައި ވިޔަފާރިތަކަށް ފަސޭހަ ކުރުމުގެ ގޮތުން، ޓެކްނިކަލް މައުލޫމާތުތައް ގިނަ ނުކޮށް، ފުރިހަމަކުރަން ޖެހެނީ ވަރަށް އާންމު މައުލޫމާތުތަކެކެވެ.

ސަސްޓެއިނަބަލް ސްޓިމިއުލަސް ލޯނުގެ ޕެކޭޖްތަކަށް ހުށަހަޅާ ވިޔަފާރިތަކަކީ 2018އިން ފެށިގެން 2020އަށް، ތިން އަހަރު ފައިދާ ވެފައިވާ ވިޔަފާރިތަކަށް ވާންޖެހެއެވެ. އަދި ޕެކޭޖަކަށް ހުށަހަޅާނަމަ މިދިޔަ އަހަރު ތެރޭގައި އެއްވެސް ލޯނެއް ޑީފޯލްޓްވެފައި ހުރެގެން ނުވާނެއެވެ. މިހާރު ލޯނެއް ނަގާފައިވާނަމަ، އާ ފެސިލިޓީގެ ތެރެއަށް ތާވަލުކުރެވޭއިރު، ޕެކޭޖަށް އެދި ހުށަހަޅާ ވިޔަފާރިވާން ވާނީ ވޭތުވެ ދިޔަ އަހަރު މެދުނުކެނޑި ކޮށްފައިވާ ވިޔަފާރިއަކަށެވެ.

ސަސްޓެއިނަބަލް ސްޓިމިއުލަސް ލޯނު ޕެކޭޖްގެ ދަށުން ލޯނުގެ ގޮތުގައި ގިނަވެގެން ދޫކުރެވޭނީ އެއް މިލިއަން ރުފިޔާއެވެ. މިލޯނަށް އެދި ހުށަހެޅުމަށް ރަހުނެއް ބޭނުންނުވާއިރު، ވިޔަފާރި ފުޅާ ކުރުމަށް ނަގާ ލޯނެއްގައި މެނުވީ އިކުއިޓީއެއް ބޭނުމެއް ނުވާނެއެވެ. އަދި ލޯނު އަނބުރާ ދައްކަން 5 އަހަރާ 8 އަހަރާ ދެމެދުގެ މުއްދަތެއް ލިބޭނެއެވެ. އޭގެ އިތުރުން މި ޕެކޭޖުގެ ދަށުން އިންޓަރެސްޓްގެ ގޮތުގައި އަހަރަކު 6 އިންސައްތަ ނަގާނެއެވެ. ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ގްރޭސް ޕީރިއަޑްގެ ގޮތުގައި 12 މަހާ 24 މަހާ ދެމެދުގެ މުއްދަތެއް ލިބޭނެއެވެ.

މިލޯނު ސްކީމްގައި އެންމެ ބޮޑަށް އިސްކަން ދެނީ ލޮކްޑައުންގައި އެންމެ ބޮޑަށް އަސަރުކުރި ވިޔަފާރިތަކަށްކަަމުން، މާލެ ސަރަހައްދުގެ ވިޔަފާރިތަކާއި، ގިނަ ދުވަހު ލޮކްޑައުންގައި ހުރި އެހެން ރަށްތަކުގެ ވިޔަފާރިތަކަށް އިސްކަން ދެވޭނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2017

އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

04 އޮކްޓޯބަރު 2017
އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި
30 ސެޕްޓެމްބަރު 2017

އެންމެ ރަނގަޅު 100 ކުންފުންޏަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

30 ސެޕްޓެމްބަރު 2017
އެންމެ ރަނގަޅު 100 ކުންފުންޏަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
17 ސެޕްޓެމްބަރު 2017

އެސްއެމްއީ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

17 ސެޕްޓެމްބަރު 2017
އެސްއެމްއީ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި
26 އޯގަސްޓު 2017

އޭޑީކޭގެ ޕޯސްޓަށް ލައިކް ދީ އަދި ޝެއަރ ކޮށްގެން "ބަކަރި" އެއް ހޯދުމުގެ ފުރުސަތު

26 އޯގަސްޓު 2017
އޭޑީކޭގެ ޕޯސްޓަށް ލައިކް ދީ އަދި ޝެއަރ ކޮށްގެން "ބަކަރި" އެއް ހޯދުމުގެ ފުރުސަތު
26 އޯގަސްޓު 2017

ލެކިއުޓް "ކިޑްސް ފެސްޓިވަލް" ގައި ބައިވެރިވެގެން އިނާމު ހޯދުމުގެ ފުރުސަތު

26 އޯގަސްޓު 2017
ލެކިއުޓް "ކިޑްސް ފެސްޓިވަލް" ގައި ބައިވެރިވެގެން އިނާމު ހޯދުމުގެ ފުރުސަތު
06 އޯގަސްޓު 2017

ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2017
ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި
01 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި
29 އެޕްރީލު 2017

ގެޓްސެޓް ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

29 އެޕްރީލު 2017
ގެޓްސެޓް ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް