Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޑިއާގެ އެތުލީޓަކު ގައުމީ ޖާޒީގައި ދުވުން

ރާއްޖޭގެ ގައުމީ ޖާޒީގައި އިންޑިއާގެ އެތުލީޓަކު ދުވެފި

30 ޖޫން 2021 | ބުދަ 10:05

އެގޮތަށް ނިންމީ ދުވުންތެރިންނަށް ފުރުސަތު ގެއްލުނަ ނުދިނުމަށް

އަތޫފް އާތިފް
އަތޫފް އާތިފް | 30 ޖޫން 2021 | ބުދަ 10:05
ރާއްޖޭގެ ޖޯޒީ ލައިގެން ދުވި އިންޑިއާގެ އެތުލީޓް

ރާއްޖޭގެ ޖޯޒީ ލައިގެން ދުވި އިންޑިއާގެ އެތުލީޓް

އިންޑިއާގެ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ޖާޒީ ލައިގެން އިންޑިއާގެ އަންހެން އެތުލީޓަކު ދުވެފިއެވެ.

މި މަހު 25 އިން 29 އަށް އިންޑިއާގައި ކުރިއަށްދިޔަ މި މުބާރާތުގައި ބައިވެރިވާން ރާއްޖޭން ހަތަރު އެތުލީޓަކު އިންޑިއާއަށް ދިޔައިރު، އޭގެ ތެރެއިން އެއް އެތުލީޓަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެއާއެކު މި މުބާރާތުގައި ރާއްޖެއިން ބައިވެރިވީ އިންޑިއާ އެތުލީޓަކު ޓީމުގައި ހިމަނައިގެންނެވެ. މައުލޫމާތު ލިބޭ ގޮތުން އިންޑިއާގެ އެތުލީޓު ބޭނުންކޮށްފައިވަނީ ރާއްޖޭގެ ގައުމީ ޕްރެކްޓިސް ޖާޒީއެވެ.

"ރާއްޖެ.އެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ތޮލާލް ވިދާޅުވީ މި މުބާރާތުގައި ބައިވެރިވާން ރާއްޖޭން ހަތަރު އެތުލީޓުން ދަތުރުކުރި ކަމަށާއި، އެކަމަކު އޭގެ ތެރެއިން އެއް އެތުލީޓަކު ކޮވިޑަށް ޕޮޒިޓިވްވުމުން އިންޑިއާގެ އެތުލީޓަކު ޓީމުގައި ހިމެނީ ކަމަށެވެ. އަދި ޓީމުގައި އިންޑިއާގެ އެތުލީޓަކު ހިމެނުމަށް ނިންމީ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކާ ވާހަކަ ދެއްކުމަށްފަހު ކަމަށާއި، އެ ނިންމުން ނިންމީ ރާއްޖޭން މި މުބާރާތުގައި ބައިވެރިވާން ދިޔަ ދުވުންތެރިންނަށް ފުރުސަތު ގެއްލުނަ ނުދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ މި މުބާރާތުގައި ބައިވެރިވި ޓީމަށް ކީ ނަމަކީ "މޯލްޑިވްސް މިކްސް" ކަމަށާއި، މިއީ ފަރިތަކުރުމަށް ބައިވެރިވި މުބާރާތެއް ކަމަށެވެ. އެގޮތުން މިއީ އެތުލެޓީނުންގެ ޓައިމިން ޗެކް ކޮއްލުމުގެ ގޮތުން ބައިވެރިވި މުބާރާތެއް ކަމަށްވެސް ވިދާޅުވިއެވެ. ތޮލާލް އިތުރަށް ވިދާޅުވީ ރާއްޖޭގެ ޕްރެކްޓިސް ޖާޒީއެއް ލައިގެން އެހެން ގައުމެއްގެ ދުވުންތެރިއެއް ދުވިނަމަ އެ ވާހަކައެއް ނުދައްކާނެ ކަމަށާއި، މިއީ ސިޔާސީ ކޮށްލައިގެން ދައްކާ ވާހަކައެއް ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ރާއްޖޭގެ އެތުލީޓުންނަށް މުބާރާތްތަކުގައި ބައިވެރިވުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އެގޮތުން ދިވެހި އެތުލީޓުން މުބާރާތެއްގައި ބައިވެރިނުވާތާ ދެއަހަރު ވެފައިވާކަން ތޮލާލް ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާގެ މުބާރާތުގައި ރާއްޖޭގެ ފިރިހެން ރިލޭ ޓީމުވެސް ވާދަކުރިއެވެ. މި އަހަރުގެ އިންޑިއަން ސްޓޭޓް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރިއިރު، މި މުބާރާތުގައި 2014 އަދި 2019 ވަނަ އަހަރުވެސް ރާއްޖޭން ވަނީ ވާދަކޮށްފައެވެ. މިފަހަރު މުބާރާތުގައި ސްރީ ލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި ކަޒަކިސްތާނުންވެސް ވަނީ ވާދަކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް