Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑެލްޓާ ވޭރިއަންޓް ފެތުރުން

ޑެލްޓާ ވޭރިއަންޓުގެ ބިރުވެރިކަމާއެކު ޖޯންސަން ވެކްސިން ޖެހި މީހުން ބޫސްޓަރ ޝޮޓް ޖަހަން ޖެހިދާނެ

އެމެރިކާގައި މިކަމުގެ ހުއްދަ ދީފައި ނެތް ނަމަވެސް ތަފާތު 2 ވައްތަރެއްގެ ވެކްސިން ޖަހާކަމުގެ ޝަކުވާ އަންނަނީ ލިބެމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ޖޫން 2021 | ހޯމަ 04:06
ޖޯންސަން އެންޑް ޖޯންސަން ވެކްސިން

ޖޯންސަން އެންޑް ޖޯންސަން ވެކްސިން

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑްގެ ޑެލްޓާ ވޭރިއަންޓުގެ ބިރުވެރިކަމާއެކު ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖެހި މީހުން ބޫސްޓަރ ޝޮޓް ޖަހަން ޖެހިދާނެ ކަމަށް މާހިރުން ބުނެފިއެވެ.

ބަލިތަކުގެ ތަޖުރިބާކާރުން ބުނާ ގޮތުން، އެމެރިކާގައި ޖޯންސަން ޖެހި މީހުންނަށް ބޫސްޓަރ ޝޮޓްގެ ގޮތުގައި ފައިޒާ ވެކްސިން ނުވަތަ މޮޑާނާ ވެކްސިން ދިނުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ. ޖޯންސަން އެންޑް ޖޯންސަން އިން އުފެއްދި ވެކްސިނަކީ ސިންގަލް ނުވަތަ 1 ޑޯޒު ވެކްސިނެކެވެ. ދެވަނަ ޑޯޒެއް ޖަހާކަށް ނުޖެހެއެވެ. ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ވެކްސިންގެ 1 ޑޯޒް ޖަހާފައި ތިބޭ މީހުންނަށް ބަލީގެ ނުރައްކާ ވަރަށް ބޮޑެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ މީހުންނަށް ބަލިން ދިފާއުވުމުގެ ފުރުސަތު ބޮޑުކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މިހާތަނަށް އައި އިރު ޖޯންސަންގެ ވެކްސިން ޖެހި ބައެއް މީހުން ތަފާތު އެހެން ވެކްސިނަކުން ދެވަނަ ޑޯޒް ޖަހާފައިވެއެވެ. މިހާތަނަށް އައި އިރު ތަފާތު 2 ވެކްސިން ޖަހައިގެން އެއިން ކުރާ އަސަރުތައް ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް އެކަމާ ގުޅޭ ދިރާސާތައް އެކި ހިސާބުތަކުގައި މިހާރު ވެސް ކުރެވެމުން އެބަދެއެވެ. އެމެރިކާގައި އަދި މިކަން ކުރުމުގެ ހުއްދަ ދީފައި ނުވި ނަމަވެސް ތަފާތު ދެ ވައްތަރެއްގެ ވެކްސިން ޖަހާކަމުގެ ރިޕޯޓްތަކެއް އަންނަނީ ލިބެމުންނެވެ.

މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތައް ދައްކާ ގޮތުން ކެނެޑާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި އަންނަނީ ތަފާތު ދެ ވައްތަރެއްގެ ވެކްސިން ޖެހުމުގެ ހުއްދަ ދެމުންނެވެ.

ޑެލްޓާ ވޭރިއަންޓް ފުރަތަމަ އިންޑިއާއިން ފެނި، އަދި އެކި ގައުމުތަކުން ވެސް އެ ވޭރިއަންޓް ފެނިފައިވާ ކަމުގެ ރިޕޯޓްތައް ލިބިފައިވާ އިރު، ޖޯންސަން އެންޑް ޖޯންސަން އިން މި ވޭރިއަންޓުން ކިހާ މިންވަރަކަށް ދިފާއުކޮށްދޭތޯ އަންނަނީ ސުވާލު އުފައްދަމުންނެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2020

ކޮރޯނާއަށް އެންމެ އަވަހަށް ވެކްސިންއެއް އުފެއްދޭނީ 6 މަހާއި 1 އަހަރު ދުވަހާ ދޭތެރޭގައި!

27 ޖެނުއަރީ 2020
ކޮރޯނާއަށް އެންމެ އަވަހަށް ވެކްސިންއެއް އުފެއްދޭނީ 6 މަހާއި 1 އަހަރު ދުވަހާ ދޭތެރޭގައި!
30 ޑިސެމްބަރު 2019

ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ގިނަވެ، ޕާކިސްތާނުގައި ޕޯލިއޯ ފެތުރެނީ

30 ޑިސެމްބަރު 2019
ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ގިނަވެ، ޕާކިސްތާނުގައި ޕޯލިއޯ ފެތުރެނީ
05 ސެޕްޓެމްބަރު 2019

ނަތަންޔާހޫ ޖޯންސަން އަދި އެސްޕަރ އާ ބައްދަލު ކުރައްވަނީ

05 ސެޕްޓެމްބަރު 2019
ނަތަންޔާހޫ ޖޯންސަން އަދި އެސްޕަރ އާ ބައްދަލު ކުރައްވަނީ
23 ޖުލައި 2019

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމާ ދެން ހަވާލުވާނީ ބޯރިސް ޖޯންސަން

23 ޖުލައި 2019
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމާ ދެން ހަވާލުވާނީ ބޯރިސް ޖޯންސަން
12 މާރިޗު 2019

ވެކްސިން ނުޖަހާ ކުދިންނަށް ސްކޫލަށް ކިޔަވަން ނުދެވޭނެ ކަމަށް އިޓަލީން ކަނޑައަޅައިފި

12 މާރިޗު 2019
ވެކްސިން ނުޖަހާ ކުދިންނަށް ސްކޫލަށް ކިޔަވަން ނުދެވޭނެ ކަމަށް އިޓަލީން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު