ބުރުނީ ސްކޫލްގައި ހަދާ 6 ކްލާސްރޫމް 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެއްބަސްވެއްޖެ
27 ޖޫން 2021 | އާދީއްތަ 16:48މި މަސައްކަތް ހަވާލުކުރީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ


އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ތ.ބުރުނީ ސްކޫލްގައި 6 ކްލާސްރޫމް ހެދުމުގެ މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އާދިއްތަ ދުވަހު ސޮއިކޮށްފައިވާ ކަމަށާއި، މި މަސައްކަތް ހަވާލުކުރީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ކަމަށެވެ.
މިއެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަޙުމަދު ރިޔާޒް އެވެ. މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ފާތިމަތު އިމްތިސާލް ސަޢުދުﷲއެވެ.
ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މިމަޝްރޫއަށް 5,834,841.27 (ފަސް މިލިއަން އަށްލައްކަ ތިރީސް ހަތަރުހާސް އަށްސަތޭކަ ސާޅީސް އެއް ރުފިޔާ ހަތާވީސް ލާރި) ހަރަދުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިމަސައްކަތް މުޅިން ނިމޭނީ 2022ވަނަ އަހަރުގެ ޖޫން މަހު ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.





