Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ދެލި ކޮޕީ

ބަހަނާ ނުދައްކާށެވެ!

މާއްދިއްޔަތުގެ ޑްރަގުން މަސްތުވީމާ އެންމެން ޕާޓޭންނަށްވެ މުޅި މުޖުތަމައު ގޭންގަކަށް ބަދަލުވާނެ

ދެލިކޮޕީ
ދެލިކޮޕީ, ރާއްޖެ އެމްވީ | 23 ޖޫން 2021 | ބުދަ 17:32
ކުލުނެއް ލޯތްބެއް ނެތް ވެއްޓަކަށް އުފަންވާ ދަރިންނަށް އިވޭ އަޑަކީ ދެބަސްވުމާ ޒުވާބުގެ އަޑު

ކުލުނެއް ލޯތްބެއް ނެތް ވެއްޓަކަށް އުފަންވާ ދަރިންނަށް އިވޭ އަޑަކީ ދެބަސްވުމާ ޒުވާބުގެ އަޑު

އާންމުކޮށް ހުރިހާ ރަށެއް، ޚާއްޞަކޮށް ބައެއް ރަށްރަށް ވަކިން ފާހަގަވާ އެންމެ ބޮޑު އެއް ކަމަކީ ބާރުގަދަ މަސްތުވާ ތަކެއްޗެވެ. އޭގެ އެތިކޮޅަކަށްޓަކައި މެނުވީ އިރު އަރާ ނުއޮއްސޭ ގިނަ ބައެކެވެ.

އިއްޔެވެސް 100 ރުފިޔާ އެވެ. މިއަދުވެސް 100 އެވެ. އަދި މާދަމާ އާއި މިމަހާ، މިއަހަރާ މުޅިހަޔާތް އެގޮތުގައި ދާ އިންސާނުންނެވެ.

އެއަށް ހިފިދެވި ސިފަކުރެވެނީ ބައްޔެއްގެ ގޮތުގައެވެ. އެއްބަހެވެ. އެއީ ބައްޔެކެވެ. އާބާދީގެ ބޮޑުބައެއް އެބައްޔަށް ވާރުތަވެ ބަލިވަނީއެވެ. އެޖީލު އެގޮތުގައި ގޮސް ޢުމުރުން 40 ފަހަނައަޅާ 50ށް ފައިނަގާ އިރު މީހާ ހުންނަނީ އުމުރުން 70 އިންމަތީގެ މީހަކާ އެއްފަދަ ވެފައެވެ. ބޭނުމެއް ނެތި ބޭކާރު ވެފައެވެ. އާއިލާއަށާއި ގައުމަށް އޮތް ބުރައެއްގެ ގޮތުގައެވެ.

މަސްތުވުމަކީ ބައްޔެއް ނަމަ އެބަލީގެ ސަބަބުން ގައުމު ބަލިވާ ހިސާބެއް ވެސް އަންނާނެއެވެ. ގައުމުގެ ގިނަބަޔަކަށްވާ ގޮތެއް ގައުމަށް ނުވެއެއް ނުދާނެތާއެވެ.

މަސްތުގެ އަޅުތަކުން ގިނަވެ އެމީހުންގެ އުމުރުން ދުވަސްވެ 50ގައި 70ށް ވުރެ ޙާލު ބޮޑުވެ ދުނިޔެއިން ނިމިދިއުމުން ނިމޭނެ ނަމަ އެކަން އެހިސާބުން އެ ނިމުނީ ކަމަށް ބެލިދާނެއެވެ. ކަން ވަނީ އެހެނެއް ނޫނެވެ. އެމީހުން އެހިސާބަށް އައި މަގުމަތީގައިވީ އެހެން އެތައް ކަމެއް ފަހަތުން މިހިރަގެން އަންނަނީއެވެ. ބޯމަތީގައި އޮތް ރާޅަށްވުރެ މާބިޔަ އެހެން ރާޅެއް ފުރަގަހުން ނަގާ ބޯމަތި ކުރީއެވެ.

މަސްތުގައި އެނބުރެމުން ސެނބުރެމުން އައިސް އޮތްހާލެއްގައި ވެއްޓިއޮތް މީހާ އޮތްތާކު އެއޮތީ އޭނާގެ މާޒީއެއް ވެސް ފަހަތުލައިގެންނެވެ. ޒުވާން ޢުމުރެއްވެސް ފަހަނަ އަޅާދިއުމަށް ފަހުގައެވެ.

ދައްކަން ބޭނުންވާ ވާހަކައާ ހަމައަށް މިއާދެވުނީއެވެ. މަންޒިލެއް އަމާޒެއް ނެތް މަސްތީ ދުންތަރިތައް ޖައްވުގައި އުދުހުނެވެ. ހަމައެފަޒާގައި އެނބުރުނު އަނެއް ޖިންސުގެ ތަރިތަކާ މުޑިއަރަމުން ލައިގަންނަމުން ދިޔައެވެ. ބުރައިގެންދާ ކަނިތަކުން ޒަމީރު އަންދާ ހިތްތައް ފިއްސާ ފަދަ ހާލަތަށް ދާން މަޖުބޫރިވި މަޢުޞޫމް އެތައް ފުރާނައެއް ގަރުބަ ގަތީއެވެ.

މާބަނޑުގެ ތެރޭގައިވެސް އެކުދިން ތަފާތެވެ. ޒިންމާދާރު މަންމަ އަކާއި ބައްފައެއްގެ ގުޅުމެއް، ކުލުނެއް ލޯތްބެއް އޭނާ އުފަންވާން މިއުޅޭ ގެއަކު، އެވެއްޓަކު އަދި އެދުނިޔެއަކު ނެތެވެ. އިވެނީ ހަމަނުޖެހުމާއި. ދެބަސްވުމާ ޒުވާބުގެ އަޑެވެ. ކުއްލި ގުޑުންތަކާ، އެއްލުންތަކާ ހުރެދަނީ ސިހިގެންނެވެ. ގަޅުވާ ކޮއްޕާ ވައްޓާލަނީ އެވެ. ތަޅާ އަނިޔާ ކުރަނީއެވެ. މަންމަ ވެއްޓިޖެހޭކަށް ނޫނީ އަތުއޮތް އެއްޗަކުން ޖަހާކަށް ވަކި ތަނެއް ނެތެވެ. އޭނާ އެއޮތް މަންމަގެ މާބަނޑާ ބައްޕަގެ ކޮޅުފަޔާ ދެމެދު ކުޑަަވެސް ހުރަހެއް ނެތެވެ.

ގަވާއިދުން ކާންޖެހޭ ބޭހާ ދައްކަން ޖެހޭ ޑޮކްޓަރާ ކުރަންޖެހޭ ސްކޭން އެއީ މާބަނޑު މި މަންމައަށް ނެތް އެއްޗެކެވެ. ރުއިމާއި ކެކުޅުމާ ވޭނާ ހިތާމަ އެއީ މި ހާލަތުގައި މާބަނޑު ވުމުން ލިބޭ ބޭސްފަރުވާ އާ އަޅާލުމާ ލޯތްބެވެ. އޭގެ ނަތީޖާ އަކީ ބަނޑުން ތޮޅުން މަޑުވެ ވިންދު ދައްވެ ކުއްޖާ މުޅިން ހުއްޓިދާ ވަރުވުމެވެ. ދުނިޔެ ނުދެކި ދުނިޔެ ދޫކުރާން ނުޖެހުނިއްޔާ ކޮންމެވެސް ދުވަހެއްގެ ކޮންމެވެސް ވަގުތެއްގައި ވިހާފާނެ ތޯއްޗެކެވެ.

އަލަފަތެއްގެ ބަރުދަނުގައި، އަތްތިލައިގެ ބޮޑުމިނުގައި ކަށީގައި ހަންތަތްވެފައިވާ ކުށެއްނެތް ފުރާނައެއް އުފަންކުރައްވައިފަތެވެ. މަންމަގެ ބަނޑަށް 7 މަހުގައި ބައްޕައަށް ޢުމުރު ދުވަހުގެ ހުކުމެއް ނައިނަމަ އޭރު އެލިބުނު އަނިޔާގައި މިއަދު ލިބުނީހީ ކެޔޮދަޅީގެ ކުޑަ ސަންދޯކެއް ކަންވެސް ނޭނގެއެވެ. ރަނގަޅީ އެގޮތް ކަމެއް ނޫނީ ފަހުން ދެކޭން އޮތް ހިތްދަތިކަމާ ވޭނާ އަނިޔާ ކަމެއް މިއަދަކު އަދި ނޭނގެއެވެ.

ވިހޭގެ ތެރެއަށް އޮންނަ ޢާންމު ތައްޔާރީތަކާ ކުރިއާލާ ހޯދާފައި ހުންނަ ތަކެއްޗެއް މިގެއަކު ނެތެވެ. ހޫނުފެނާ އަޅިބޮނޑިއާ ތިލޮއިގެ އޮމާން ތާފަނާ އަރާމަ އެއާ އެކުވާ އޯގާތެރި އަތްތަކެއް މިތާކު ނެތެވެ.

އެމީހަކާ މޮޔަވެ ތަތްތެޅުނީ މުޅި އާއިލާގެ ނުރުހުމުގައެވެ. އެތެޅުނު "ދިރިތެޅުމަށް" ހިފި ދެވީގައި ބަނދެވުނު ވަރަަކަށް ޢާއިލީ ގުޅުންތައް ދިޔައީ މޮހެވެމުންނެވެ. މައިންބަފައިންނާ އެއްބަނޑު ތިމާގެކަން ކެނޑެމުން ގޮސް އެގުޅުންތައް އެކުގައި ނެތުނީއެވެ.

ހިޔާވަހި ކަމާ ބޯހިޔާވުމަކީ ދެކަމެކެވެ. މާކުރިން ގެއިން ނެރެލީ އޮބިނޯވެގެންނެވެ. އެކަމަކު ނަސީބަކުން ކާފަގެ ފަޅުގޯއްޗެއް އޮތެވެ.

މާފަޅުން އެކަހެރި، އަނދިރި ގަސްބޯ އެގޯތީގައި އެޖިފުޓި ހުއްޓަތީވެ އެތަނުގައި ބޯހިޔާވިޔަސް އެވެހީގައި ހިޔަލެއް ނުވެއެވެ. ޒަމާންވީ ވަޅުހުރީ ފެހިބޯވެ ފެންގަނޑު ފާވެފައެވެ.

ދުވަސްވެ ވީރާނާ ވެގެން އެންމެ ފުރަތަމަ އަރިއަޅާލީ ގިފިލީގެ މަގު ފުޅައްޔެވެ. އެއަކުން ލިބިދޭ ނިވަލެއް ނެތެވެ. އެއްވެސް ތަނެއްގައި އަލިކަމެއް ނުހުރެވެ. އަމުދުން މިގެއަކަށް ކަރަންޓެއް ނުލައެވެ. ތެޔޮބައްތި އެއް ހުއްޓަސް އެދިއްލާނެ ތެލެއް ނުހުރެއެވެ. ތެޔޮ ގަނެވުނީހީ ދުވާލަކު 100ށް ކުރި ޚަރަދުން ބާކީވިނަމައެވެ. ރޭގަނޑުގެ އަލިކަންދީފައި ގަތީ، ދުވާލުގެ އަނދިރިކަމެވެ. މުޅިޙަޔާތުގެ އަބާއްޖަވެރި ކަމެވެ.

ވަށާހޯދާ ވިސްނާލާށެވެ. މިކަހަލަ ކޮންމެވެސް ޙާލަތަކުން ބިކަވެފައިވާ ކިތައް ކުދިން ތިމާގެ ވަށާ އެބަ ބޮޑެތިވޭ ހެއްޔެވެ؟ އަވައްޓެރި ކޮންމެވެސް ގެއެއްގެ ތިޔާގި ބަދިގެއާ ދިމާ އަށް އެދަރިންގެ ނަޒަރު އެހާތޫނު ވެފައި އެވަނީ ބައެއް ފަހަރުގެ ހައިހޫނުކަން އެބަދިގެއިން ފިލާތީއެވެ. އެއްދައްތަ ހަޅޭއްލެވިޔަސް އަނެއް ދައްތަ ދިއްކޮށްލާތީއެވެ.

އެގޭގައި ހުންނަ އެފުރާ ކުއްޖާގެ އަތުން ކާހިތްވާ ވަރަށް ގިނަ ބާވަތްތައް ފެނެއެވެ. ބެޓްރީ ކާރެއް ވަރަށް ބޭނުމެވެ. ބޭނުމީ އެކަހަލަ އަމިއްލަ ކުޑަ ބައިސްކަލެކެވެ. އަމިއްލަ ނުވިތާ އެކުއްޖާގެ ބައިސްކަލު ދުއްވާލަން ވެސް ނުލިބެއެވެ. އެކުދިން އެދާހެން ބައްޕައާއެކު ސައިކަލު ބުރުޖަހަން ދެވޭނެ ނަމައެވެ. ލިބުނު ކުޑަކޮއްކޮގެ ވެސް ބައްޕައެއް ނުދެކެމެވެ. ކޮއްކޮގެ ބައްޕަ ކޮބައިތޯ އެހިދުވަހު އަނގަމަތީގައި މަންމަޖެހި ފަހުން އެސުވާލު އެއީ، ސުވާލުގެ ޖަވާބަށްވެ ނިމުނީ އެވެ. ދެން އުފެދުނީ އެހެން ސުވާލެކެވެ. މަންމަ އެހާ ބާރަށް އެދުވަހު އެޖެހީ ކީއްވެބާއެވެ.؟

ސްކޫލަށް ދަމެވެ. އެކަމަކު ދަނީ އެކަންޏެވެ. އެއްފުރާގެ އެހެން ކުދިންނަށް ނުދެވޭ ތަންތަނަށް ވެސް އެކަނި ދެވެއެވެ. އަތިރިމައްޗަށާ ބޮޑެތި މީހުން ތިބޭ ހޮޅުއަށިތަކާ އޮޑިހަރުގެ ތަކާ ކުނިގޮނޑަށް ވެސް ދަމެވެ. އެތަންތަނުން ބައެއް ފަހަރު ކާއެއްޗެއް ދިއްކޮށްލައެވެ. ގޮނޑަށް ދަނީ ކުޅޭ އެއްޗެއް ލިބޭތޯ އެވެ.

ބޮޑެތިވަމުން އަންނައިރު އެކި އުމުރާ ގުޅޭ ގޮތުން ހުތުރު ބަސްތަކާ ގޯނާ ލިބެއެވެ. ފުރާ އުމުރުގައި ބޮޑެތި ޕާޓޭންގެ ބޯއީންނަށް ވެވެއެވެ. މިހާރު މިތިބަ ޕާޓޭންގެ ކުރީބެޗްގެ ގިނަ ބަޔަކުވީ ޖަލުގައެވެ.

މިތަރުތީބުން މިކަން ހިނގާތަން ފެންނާނީ ބެލީމައެވެ. އެތަން ނުދެކި ހޭބޯނާރާ ބަލަނީ އެހެން ދިމަ ދިމާ އަށެވެ. ސިޓިންރޫމްގެ ބޮޑު ފަތިޓީވީއާ އަރާމު ސޯފާ ސެޓާ އޭސީ އެވެ. ބަނދަރާ، މަގާ ނަރުދަމާއާ ފެނާ ކަރަންޓެވެ. ޓަރފް ދަނޑެވެ. އެހިސާބުން ތަރައްގީވީއެވެ. ތެދެކެވެ. ބޭރުފުށުން ތަރައްގީ އެވެ. އެކަމަކު މިއިންސާނާގެ އެތެރެއޮތީ ހުހަށެވެ. ދެއްކުންތެރިކަމުގެ ތަރައްގީ ދަނީ ވަމުންނެވެ. އެއާ އެކު ޖީލުން ބައެއް އެދަނީ އިހުމާލުވެ ގެއްލި ހަލާކުވެ އޮޔާ ލަމުންނެވެ.

އިވޭނީ ކަނުލީމައެވެ. ފެންނާނީ ބެލީމައެވެ. ވިސްނޭނީ ވިސްނި އެއްޗެކެވެ. ދަރިން ހަލާކުވެ މަގުމަތިވެ މަސްތާއެކުވެ ޗިސްވެ ނިމެނީ ހަމަ ތިބެފައެއް ނޫނެވެ. އެންމެ ގާތުން ފެށިޔަސް މައިން ބަފައިންނާ އާއިލާއާ ރަށާ މުޅި މުޖުތަމައުގެ އިހުމާލުންނެވެ.

ވަމުންމިދަ ގޮތާ ރޫޅެމުންދާ އާއިލާތަކުގެ ކުނީގެ ގޮތުގައި މުޖުތަމަށް އެދަރިން ގިނަކޮށް ބާކީވެ ނެތިފަނާވަމުންދާ ތަން ފެނުނަސް ދެކޭކަށް ބޭނުމެއް ނޫނެވެ. އެންމެ ފަހުގެ ފޯނާ ސައިކަލާ ކާރާ ސެންޓުން ހިތްފުރައިގެން، ކޮފީމޭޒު ތަކާ ކަރެއޯކޭއާ ޝީޝާގެ މަސްތުގައި މުޖުތަމަޢު އޮތީ އަވަދި ވެފައެވެ. ސްނެޕްޗެޓާ، އިންސްޓަގްރާމާ ޓިކްޓޮކާ ޓްވިޓަރއަށް ގެއްލި ހުސްވެފައެވެ.

ހިތާމަވެެރި ދެރަކަމެއް ހިނގުމާއެކު އަވަސްވެ ގަންނަނީ ތިމާ ރެކިފާ އަނެއްމީހާގެ ބޮލަށް ޖެހުމަށެވެ. ކަމެއްވާއިރަށް އަނެއް ބަޔަކު ފުންމައިގަންނަނީ އެވާހަކަ ގޮތްގޮތަށް އަނބުރައިގެން ވެރިކަން ވައްޓާލެވޭތޯއެވެ. މިވާހަކަ ލިއުނު މީހެއް ކީމީހެއް އަޑުއެހި މީހެއް ވަކިތަފާތެއް ނެތެވެ. އެމީހަކު ދަހިވެތިވެފައި ހުރި ދެވިހިފުމެއްގެ މަތީގައި ހަމަ ކޮންމެ މީހަކުމެ ހުރީ އެއްގޯސްވެފައެވެ. އަދިކިއެއްތަ! މާއްދިއްޔަތުގެ ޑްރަގުން މަސްތުވީމާ އެންމެން ޕާޓޭންނަށްވެ މުޅި މުޖުތަމައު ގޭންގަކަށް ބަދަލުވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ޖުމުހޫރީ 55" މި ޖުމުހޫރިއްޔާގެ ކާމިޔާބީގެ އަލިގަދަ ދަލީލެއް

"ޖުމުހޫރީ 55" މި ޖުމުހޫރިއްޔާގެ ކާމިޔާބީގެ އަލިގަދަ ދަލީލެއް

11 ނޮވެމްބަރު 2023
ރާއްޖޭގެ މިހާރުގެ އާބާދީގެ ޒުވާނުންނަށް ނޮވެންބަރު 3 ނުފެނޭ!

ރާއްޖޭގެ މިހާރުގެ އާބާދީގެ ޒުވާނުންނަށް ނޮވެންބަރު 3 ނުފެނޭ!

03 ނޮވެމްބަރު 2023
ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް

ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް

06 ސެޕްޓެމްބަރު 2023
ދައުލަތުގެ ރައީސުންގެ ވާހަކަ

ދައުލަތުގެ ރައީސުންގެ ވާހަކަ

28 އޯގަސްޓު 2023
ރައީސުލްޖުމްހޫރިއްޔާ ހޮވުމުގެ 12 ވަނަ ރިޔާސީ އިންތިޚާބު ޑިމޮކުރަސީގެ 4 ވަނަ ރިޔާސީ އިންތިޚާބު

ރައީސުލްޖުމްހޫރިއްޔާ ހޮވުމުގެ 12 ވަނަ ރިޔާސީ އިންތިޚާބު ޑިމޮކުރަސީގެ 4 ވަނަ ރިޔާސީ އިންތިޚާބު

22 އޯގަސްޓު 2023

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު