Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑާ ގުޅުންހުރި ވަސީލަތްތަކުގެ ތަފްސީލު

ކޮވިޑް ފެސިލިޓީތަކަށް ބޭނުންވާ ވަރަށް ސްޓޮކްގައި އޮކްސިޖަން އެބަހުރި- ހެލްތު މިނިސްޓަރ

23 ޖޫން 2021 | ބުދަ 10:01

ސިއްހީ ޚިދުމަތްތެރިންގެ ގޮތުގައި 2،460 މުވައްޒަފުން މަސައްކަތް ކުރަމުންދޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 23 ޖޫން 2021 | ބުދަ 10:01
ހެލްތު މިނިސްޓަރ އަހުމަދު ނަސީމް

ހެލްތު މިނިސްޓަރ އަހުމަދު ނަސީމް

ކޮވިޑް ފެސިލިޓީތަކަށް ބޭނުންވާ ވަރަށް ސްޓޮކްގައި އޮކްސިޖަން އެބަހުރި ކަމަށާއި އަތޮޅުތެރެއަށް ދުވަހުން ދުވަހަށް ބޭނުންވާ ވަރަށް އޮކްސިޖަން ފޯރު ކޮށްދެމުން ދާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮވިޑް-19 މިހާ ހަލުވިކޮށް ފެތުރެމުންދާތީ، މިބައްޔަށް ފަރުވާދެވޭނެ ކިތައް ހެލްތު ޕްރޮފެޝަނަލުން އެބަތިބިތޯ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވަނީ ހެލްތު މިނިސްޓަރ އަޙުމަދު ނަސީމާ ސުވާލުކުރައްވާފައެވެ. އަދި ކޮވިޑް ބަލިމީހުންނަށް ހުރި އެނދުގެ ތަފްސީލަކީ ކޮބައިތޯ ވެސް ވަނީ ސުވާލުކުރައްވާފައެވެ.

މީގެއިތުރުން ކޮވިޑާ ގުޅުންހުރި ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ އޮކްސިޖަން، ވެންޓިލޭޓަރ، އަދި މިކަމާ ގުޅުންހުރި ބޭހުގެ ބާވަތްތަކުގެ ތަފްސީލަކީ ކޮބައިތޯ ވެސް ހައިތަމް ވަނީ މިނިސްޓަރ އަރިހުން ސާފުކުރެއްވުމަށް އައްސަވާފައެވެ.

މި ސުވާލުތަކަށް ލިޔުމުން ޖަވާބުދެއްވައި މިނިސްޓަރ ވިދާޅުވީ އާންމު ފަރުވާއާއި ކޮވިޑްގެ ފަރުވާއަށް ބޭނުންވާ ސިއްހީ ޚިދުމަތްތެރިންގެ ގޮތުގައި 2،460 މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ހިމެނޭ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ޖުމްލަ 214 ސިއްހީ ޚިދުމަތްތެރިންނާއި އައިޖީއެމްއެޗްގައި 98 ޚިދުމަތްތެރިންނާއި ހުޅުމާލޭ ހޮސްޕިޓަލުގައި 262 މުވައްޒަފުން ކޮވިޑްގެ ކަންކަމުގައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ހާލަތު އިތުރަށް ގޯސްވާނަމަ ހެލްތް ފޯސް 40 އިންސައްތަ ކޮވިޑްގެ ފަރުވާއަށް ޚާއްސަކޮށް އެހެނިހެން ފަރުވާ ޑައުންގްރޭޑް ކުރެވޭނެ ކަމަށެވެ. އަދި މިވަގުތު ކޮވިޑަށް ދެވޭ ފަރުވާ ބައްޓަންކުރެވިފައި ވަނީ ރަށު ފެންވަރުގައި މެނޭޖްކުރެވޭ ކޭސްތައް އެ ރަށެއްގެ ހެލްތް ފޯސް ބޭނުން ކޮށްގެން ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ރަށު ފެންވަރުގައި ފަރުވާ ނުދެވޭ ހާލަތުގައި ރީޖަނަލް ކޮވިޑް ޒޯން ފެސިލިޓީ ނުވަތަ މާލެ ސަރަހައްދަށް ބަލި މީހާ ރިފަރ ކުރެވޭނެ ކަމަށާއި މާލެ ސަރަހައްދުގައިވާ ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ސިއްހީ ޚިދުމަތްތެރިން ކޮވިޑްގެ ފަރުވާއަށް ބޭނުން ކުރަމުން ދާ ކަމަށެވެ. އަދި ކޮވިޑްގެ ފަރުވާ ދިނުމަށް ބޭނުންވާ އަމިއްލަ ފަރާތްތަކަށް އެ ޚިދުމަތް ދިނުމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އަތޮޅު ތެރޭގައި ކޮވިޑަށް ޚާއްސަ 226 އެނދު އެބަހުރި ކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ 7 ޕޯޓަބަލް ވެންޓިލޭޓަރާއި، 1 މޮބައިލް ވެންޓިލޭޓަރު އަދި އައިސީޔޫގައި 13 ވެންޓިލޭޓަރު މިހާރު ވެސް ހުންނާނެ ކަމަށެވެ.

މީގެ އިތުރުން 82 އައިސީޔޫ ވެންޓިލޭޓަރު ނޮން ކޮވިޑް ފަރުވާއަށް ހަމަޖެހިފައިވާ ކަމަށާއި، މީގެ ތެރޭގައި އަތޮޅުތެރޭގައި 24 ގަޑިއިރު ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން 12 ފެސިލިޓީ ފިޔަވާ ހުރިހާ ފެސިލިޓީތަކުގައި ޕޯޓަބަލް ވެންޓިލޭޓަރު ހުންނާނެ ކަމަށެވެ.

އަދި އޮކްސިޖަން އެޅޭނެ 5،700 އޮކްސިޖަން ފުޅި ހުރި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިވަގުތަށް ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް އާންމުކޮށް ބޭނުން ކުރަމުންދާ ބޭސް ދަތިނުވެ ލިބޭނެ މިންވަރަށް ސްޓޮކްގައި އެބަހުރި ކަމަށާއި، ފަރުވާއަށް ދަތި ނުވެ ބޭސް ލިބޭނެ ގޮތަށް އެސްޓީއޯއާ ގުޅިގެން ހޯދުމުގެ މަސައްކަތްތައް އަބަދުވެސް ކުރިއަށް ދާ ކަމަށެވެ. މީގެ އިތުރުން ދޭދޭ ގައުމުތަކާއި އެހީ ދޭ ބައިނަލްއަގްވާމީ ޖަމިއްޔާތަކާ ގުޅިގެން ފަރުވާއަށް ބޭނުންވާ ބޭހާއި އިތުރު ތަކެތި ހޯދުމުގެ މަސައްކަތް އަބަދުވެސް ސަރުކާރުން ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް