Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކާ އެއްޗެއް ހޯދަން ގެއަށް އެތެއް ވަނުން

ކާއެއްޗެއް ނުލިބިގެން ބަދިގެ ފަޅާލާފައި ވަނީ އެތެއް!

ބަދިގެ ފަޅާލާފައި ކާއެއްޗެއް ކަމަށް ޕްލާސްޓިކް ކޮތަޅެއް އެސޮރު ކާލާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ޖޫން 2021 | އަންގާރަ 18:29
ކާއެއްޗެއް ހޯދަން ގޭގެ ބަދިގެ ފަޅާލާފައި ވަތް އެތް

ކާއެއްޗެއް ހޯދަން ގޭގެ ބަދިގެ ފަޅާލާފައި ވަތް އެތް

ދިރިއުޅެމުންދާ މާހައުލު ކުޑަވެ ކާއެއްޗެއް ހޯދަން ގެއެއްގެ ބަދިގެ ފަޅާލާފައި އެތެއް ވަދެއްޖެއެވެ.

ދަންވަރު ވަގުތެއްގައި އަޑުފައްގަޑެއް އިވިގެން ތައިލެންޑުގު ހުވާ ހިން އަވަށެއްގައި ދިރިއުޅެމުން އައި އަންހެނެއް އޭނާގެ ބަދިގެ ބެލިއިރު އިރު، ބަދިގޭގެ ބިތް ފަޅާލައިގެން ކާ އެއްޗެއް ހޯދަން ވަދެ އޮތީ އެތެއް ކަމަށް ސީއެންއެންގައި ވަނީ ރިޕޯޓްކޮށްފައެވެ. އެގޭގެ ވެރިމީހާ ބުނީ ދަންވަރު ގަޑީގައި އަޑެއް އިވިގެން ބަލާލި އިރު އުދުން ހުންނަ ދިމާލުން ފާރު ފަޅާފައި އެތް އޮތީ ކާއެއްޗެއް ހޯދަން ބޯ ދިއްކޮށްގެން ކަމަށެވެ.

ސީއެންއެންގައި ރިޕޯޓްކޮށްފައިވާ ގޮތުން އެގޭގެ ބަދިގެ ފަރާތު ފާރުގައި ލޯވަޅެއް ހެދިފައި ހުއްޓެވެ. އަދި އެތް ބަދިގެއަށް ވަނީ އެ ދިމާލުން ފާރު ފަޅާލާފައެވެ. އަދި ކާއެއްޗެއް ހޯދަން އެސޮރުގެ ނޭފަތް އެކި ތަންތަނަށް ހޫރަމުން ގެންދިޔަ ކަމަށެވެ. އަދި އެތަނުން ޕްލާސްޓިކް ކޮތަޅެއް ކެއި މަންޒަރު ގޭގެ ވެރި މީހާ ކުރި ވީޑިއޯގައި ފެންނަ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެގޭގެ ވެރިމީހާ ބުނީ އެ ސަރަހައްދުގައި އުޅޭ ވަލު އެތް ކާ އެއްޗެހި ހޯދުމަށް އެ ހިސާބުގަނޑުގައި އުޅޭ މަންޒަރު ކުޑަ އިރުން ފެށިގެން ވެސް ފެންނަ ކަމަށެވެ. އަދި މިއީ ކާއެއްޗެއް ހޯދަން ގެއަށް ގެއްލުމެއް ދީގެން ވަތް ފުރަތަމަ ފަހަރުކަމަށް ގޭގެ ވެރި މީހާ ރަޗާޑަވަން ވަނީ ބުނެފައެވެ. އަދި އެ ހާދިސާ ހިނގި އިރު ބަދިގޭގައި އެއްވެސް ކަހަލަ ކާއެއްޗެއް ނުހުންނާނެ ކަމަށާއި، ނަމަވެސް އެތަނުގައި ހުރި ލޮނު ފުޅި ނަގަން އުޅުނު ކަމަށް ބެލެވޭ ކަމަށެވެ.

ތައިލެންޑުގެ ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕާކް، ވައިލްޑްލައިފް އެންޑް ޕްލާންޓް ކޮންސަރވޭޝަނުން ބުނެފައިވަނީ ބަދިގެ ފަޅާލާފައި އެތް ވަނީ ކާއެއްޗެހީގެ ވަސް ދުވައިގެން ކަމަށާއި، އެތަކީ ފަތްޕިލާވެލީގެ ބާވަތް ކައި އުޅޭ ޖަނަވާރެއް ކަމުން، އެ ތަކެއްޗަށް މިނެރަލް ގިނަ އަދަދަކަށް ބޭނުންވާ ކަމަށެވެ.

ރަޗާޑަވަންގެ ގޭގެ ބަދިގެ އެތް ފަޅާލާފައިވަނީ އެ ގެ ހުންނަނީ އެ އަވަށުގެ ނެޝަނަލް ޕާކަށް ވަންނަ ދިމާލުގައި އެ ގެ ހުންނާތީ ކަމަށް ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ. މިފަދަ އެހެން ހާދިސާތައް ވެސް ހިނގަމުންދާ ކަމަށް ރިޕޯޓްކޮށްފައިވާ އިރު، އެ ރިޕޯޓްތައް ދައްކާ ގޮތުން މިފަދަ ހާދިސާތައް ހިނގަނީ އެސޮރުމެން އުޅޭ މާހައުލާއި މާ ބޮޑަށް ކައިރީގައި އިންސާނުން ދިރިއުޅޭތީ ކަމަށް ބުނެފައިވެއެވެ. އަދި އާންމުކޮށް މިފަދަ ހާދިސާތައް ރިޕޯޓުކުރަނީ މޭވާ ދޮންވެ ފައްކާވާ ދުވަސްވަރު ކަމަށް ވެސް ބުނެފައިވެއެވެ. މީގެ ކުރިން ވެސް ގެއެއްގެ ތެރޭގައި ރައްކާ ކޮށްފައި ހުރި މޭވާތަކެއް ކާން ވެގެން ގެއެއް ފަޅާލާފައި އެތެއް ވަތް ކަަމަށް ރިޕޯޓްތައް ބުނެއެވެ.

ފާއިތުވި އަހަރުތަކުގައި މިފަދަ ހާދިސާތައް ހިނގާފައިވާ އިރު، އޭޝިއާގެ އެކި ހިސާބުތަކުގައި އެތް ހަމަލާ ދީގެން ވެސް ރިޕޯޓްތައް ވަނީ ކޮށްފައެވެ. ސަބަބެއްގެ ގޮތުގައި ތަޖްރިބާ ކާރުން ބުނަކީ އިންސާނުން އެސޮރުމެން ދިރިއުޅޭ މާހައުލު ހަލާކު ކުރުމާއި، އެ ސޮރުމެންގެ މާހައުލާއި މާ ކައިރީގައި ދިރިއުޅެމުން ދިއުން ހިމެނެއެވެ.

އިތުރަށް ކިޔާލަން

23 އޯގަސްޓު 2022

މުސާރަ ނުލިބިގެން މުޒާހަރާ ކުރި ބިދޭސީ މަސައްކަތްތެރިންތަކެއް ޤަތަރުން ޑީޕޯޓްކޮށްލައިފި

23 އޯގަސްޓު 2022
މުސާރަ ނުލިބިގެން މުޒާހަރާ ކުރި ބިދޭސީ މަސައްކަތްތެރިންތަކެއް ޤަތަރުން ޑީޕޯޓްކޮށްލައިފި
12 އޯގަސްޓު 2022

ދިރިހުއްޓާ ވަޅުލި މީހަކު ސަންދޯއް ފަޅާލާފައި ނުކުމެއްޖެ

12 އޯގަސްޓު 2022
ދިރިހުއްޓާ ވަޅުލި މީހަކު ސަންދޯއް ފަޅާލާފައި ނުކުމެއްޖެ
20 މެއި 2022

ކާއެއްޗެއް ނުލިބި އަހަރުމެން ދެން ބަނޑަށް މަރުވާނީ! - ސްރީލަންކާގެ ބައެއް ރައްޔިތުން

20 މެއި 2022
ކާއެއްޗެއް ނުލިބި އަހަރުމެން ދެން ބަނޑަށް މަރުވާނީ! - ސްރީލަންކާގެ ބައެއް ރައްޔިތުން
05 ޖެނުއަރީ 2022

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

05 ޖެނުއަރީ 2022
ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20 މާރިޗު 2017

ކުޑަކުޑަ ގާނާއަށް އެތެއް ވަރުގެ ކެބިނެޓެއް

20 މާރިޗު 2017
ކުޑަކުޑަ ގާނާއަށް އެތެއް ވަރުގެ ކެބިނެޓެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު