Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާގެ ހާލަތު

ކާއެއްޗެއް ނުލިބި އަހަރުމެން ދެން ބަނޑަށް މަރުވާނީ! - ސްރީލަންކާގެ ބައެއް ރައްޔިތުން

ސްރީލަންކާގައި ކާބޯ ތަކެތި ދަތިވެގެން ގޮސް ބަޔަކު ބަނޑަށް މަރުވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 20 މެއި 2022 | ހުކުރު 10:37
ސްރީ ލަންކާގެ އިގުތިސާދީ ހާލާތު ގޯސްވެ ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން ކުރަމުންދާ މުޒާހަރާގެ ތެރެއިން

ސްރީ ލަންކާގެ އިގުތިސާދީ ހާލާތު ގޯސްވެ ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން ކުރަމުންދާ މުޒާހަރާގެ ތެރެއިން

އިގްތިސާދީ ފުންވަޅުގަޑަކަށް ވެއްޓިފައިވާ ސްރީ ލަންކާގައި ކާބޯ ތަކެތީގެ ދަތިކަންވަރަށް ބޮޑަށް އެބައޮތް ކަމަށް ވިދާޅުވެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންގހަ އެކަމަށް ހުރިހާ އެންމެންވެސް ސަމާލުމަށް ގޮވާލައްވައިފިއެވެ. ބޮޑުވަޒީރު ވިދާޅުވީ ކުރިޔަށް އޮތް ގޮވާން އިންދާމޫސުމަށް ސަރުކާރުން ތައްޔާރުވާނެ ކަމަށާ މިގޮތުން ދަނޑުތަކަށް ފުދޭވަރަށް ފަރޓިލައިޒަރ ގަނެ ދަނޑުގެ އުފެއްދުން ގިނަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

މިދިޔައަހަރުގެ އެޕްރިލް މަހު ރައީސް ގޮތަބަޔާ ރާޖަޕަކްސާ ނިންމެވި ނިންމެވުމެއްގެ ދަށުން ކެމިކަލް ފަރޓިލައިޒަރ ބޭނުން ކުރުން މަނާ ކޮށްލުމާއި ގުޅިގެން ދަނޑު ތަކުން ލިބުނު އެއްޗެއް ވަރަށް ބޮޑަށް މަދުވެގެން ދިޔައެވެ. މިހާރު އެނިންމުން ބާތިލު ކޮށްފައި ވީނަމަވެސް ދަނޑުތަކަށް ފުދޭވަރަށް އަދިވެސް ބޭސް އެތެރެކޮށްފައި ނުވާކަމަށް ވެއެވެ.

ބޮޑުވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޭ-އޮގަސްޓް ސީޒަނަށް ފަޓިލައިޒަރ ގަންނަހާ މުއްދަތު ނެތްނަމަވެސް ސެޕްޓެމްބަރ-މާރަޗް ސީޒަން އަށް ފުދޭވަރަށް ފަރޓިލައިޒަރގެ ސްޓޮކް ގަތުމަށް ތައްޔާރު ވަމުން ދާކަމަށެވެ. އަދި ހުރިހާ އެންމެންވެސް މިއަދުގެ ދަތިހާލަތާ ކުރިމަތިލާ އެކަން ތަހައްމަލް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި ވެއެވެ.

ސްރީލަންކާގައި މިވަގުތު ބޭރު ފައިސާ ވަރަށް ބޮޑަށް މަދުވެފައި ވުމާއި އެކު ތެލާ ބޭސް ވަނީ ގާތްގަޑަކަށް ހުސްވެފައެވެ. އަދި އިގްތިސާދީ މަސައްކަތްތައް ވަނީ ފިނިހަކަ ދުވެއްޔަށް ވެއްޓިފައެވެ.

ކޮލޮމްބޯގެ ޕެޓާ މާކެޓް ގައި މޭވާއާއި ތަރުކާރީ ވިއްކަން އިން އުމުރުން 60 އަހަރުގެ ސުމަނަވަތީ ބުނީ ދިރިއުޅުން ދަތިވެފައިވާ ވަރުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ކޮންމެހެން ނެތްކަމުގައެވެ. ކުރިޔަށް އޮތް ދެމަސްފަހުން ކަންތައް އޮންނާނެ ގޮތެއް ތަސައްވުރުވެސް ނުކުރެވޭ ކަމަށާ އަދި މިދާރޭޓުން ކަންތައްތައް ދާނަމަވަ އެމީހުން އެހާތަނަށް ދުނިޔޭގަ ނެތުންވެސް އެކަށީގެން ވާކަމަށް އޭނާ ބުންޏެވެ.

ޕެޓާގެ އެހެންތަނެއްގައި ގޭސް ސިލިންޑަރު ވިއްކާތަކެއްގައި ދިގު ކިއޫތައް ދަމާލާފައި އޮތެވެ. އެތަނުގައި ހުރި މުހަންމަދު ޝަޒްލީ ބުނީ 500 މީހުން ކިއުގަ ތިބި ނަމަވެސް ގެނައީ 200 ސިލިންޑަރު ކަމަށެވެ. އަމިއްލަ މީހެއްގެ ކާރު ދުއްވާ ޝަޒްލީ ބުނީ އޭނަ ކިއުގައި ޖެހޭތާ ތިންވަނަ ދުވަސް ކަމަށާ ފަސް މެމްބަރުން ހިމެނޭ އޭނާގެ އާއިލާއަށް ކާއެތިކޮޅު ރޯ ފިލުވޭނެ އެހެން ގޮތެއް ނެތް ކަމުގައެވެ. އޭނާބުނީ ގޭސް ނެތި، ކަރާސީނު ނެތި އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އެންމެ ފަހު ކަމަކަށް ހެދޭނެ ގޮތެއްވެސް ނޭގޭ ކަމަށާ ކާއެއްޗެއް ނުލިބުނީމަ ދެންވާނެ ގޮތަކީ ބަނޑަށް މަރުވުން ކަމަށް އޭނާވެސް ބުނެފައިވެއެވެ. ދެންވާނެ ގޮތަކީ އެއީކަން ސަތޭކަޕަސެންޓް ޔަގީން ކަމަށް އޭނަ ބުންޏެވެ.

ސެންޓްރަލް ބޭންކް ގެ ގަވަނަރ ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނީ ވަރލްޑް ބޭންކް ގެލޯނެއް ހަމަޖެހިފައިވާ ކަމަށާ ފިއުލް އަދި ކައްކާގޭސް ޝިޕްމަންޓް ތަކަށް އެލޯނުން ފައިސާ ދެއްކޭނެ ކަމަށެވެ. ނަމަވެސް ސަޕްލައި އަދިވެސް އިތުރު ނުވާކަމަށް ޚަބަރު ލިބެއެވެ.

އެޕްރިލްމަހު އިންފްލޭޝަން 29.8 އިންސައްތައިގައި ހުރިއިރު ކުރިޔަށް އޮތް ދެތިން މަސް ދުވަހުގެތެރޭގައި 40 އިންސައްތަޔަށް ވެސް އަރާފާނެ ކަމަށް ގަވަރުނަރު ވިދާޅުވެފައިވެއެވެ.

އަނެއްކޮޅުން އާންމުންގެ ގިނަ ބަޔަކު އަދިވެސް ގެންދަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކުރަމުންގެންދާ މީހުންނާ ދިމާލަށް ފުލުހުން ބުރާސްފަތި ދުވަހު ޕްރެޝަރުގަ ފެންޖަހާ އަދި ކަރުނަ ގޭސް ބޭނުން ކޮށްފައި ވެއެވެ. މުޒާހަރާ ކުރާމީހުން ގޮވަމުން ދަނީ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަދި އަލަށް އައްޔަން ކުރެވުނު ބޮޑުވަޒީރުވެސް މަގާމުން އިސްތިއުފާ ދެއްވުމަށެވެ. އެމީހުން ތުހުމަތު ކުރާ ގޮތުގައި ވިކްރަމަ ސިންގހަ އަކީ ރާޖަޕަކްސަ ދެބެންގެ ދަށުވެފަ ހުންނަވާ ބޭފުޅެކެވެ.

ޓުއަރިޒަމް އަށް ބަރޯސާ ވެފަ އޮންނަ ސްރީ ލަންކާ މިހާބޮޑަށް ހާލުގައި ޖެހިގެން ދިޔައީ ކޮވިޑް 19 ޕެންޑަމިކް އާއި ގުޅިގެން އާމްދަނީ ހުއްޓުމުންނެވެ.

ސްރީލަންކާގެ ސޮވްރިން ދަރަނި ޑިފޯލްޓް ވެއްޖެ ކަން އިއުލާން ކުރުމާއި ގުޅިގެން ޖީ ހަތެއް ގައުމުތަކުގެ އިގްތިސާދީ އިސްފަރާތްތަކުން ވެސް މިހާރު ދަނީ ސްރީލަންކާ އަށް އެހީވުމަށް ފިޔަވަޅުތަކެއް ފަރުމާ ކުރަމުން ކަމަށް ޚަބަރުލިބެއެވެ. އަދި މޭ 24 ވަނަ ދުވަހާ ހަމަޔަށް މިކަމަމާބެހޭ ޓެކްނިކަލް ވާހަކަތައް ނިންމާނެ ކަމަށް އައި.އެމް.އެފް އިން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2019

މެކްސިކޯގައި ބައެއް ހިސާބުތަކުން ޕެޓްރޯލް ނުލިބި ހަފްތާއެއް ވަނީ!

12 ޖެނުއަރީ 2019
މެކްސިކޯގައި ބައެއް ހިސާބުތަކުން ޕެޓްރޯލް ނުލިބި ހަފްތާއެއް ވަނީ!
11 ޖުލައި 2018

ޓްރަމްޕްގެ ކުރީގެ ޑްރައިވަރަށް އިތުރުގަޑީގެ ފައިސާ ނުލިބި އޮތް މައްސަލަ ކޯޓަށް!

11 ޖުލައި 2018
ޓްރަމްޕްގެ ކުރީގެ ޑްރައިވަރަށް އިތުރުގަޑީގެ ފައިސާ ނުލިބި އޮތް މައްސަލަ ކޯޓަށް!
10 ނޮވެމްބަރު 2017

އެހީ ނުލިބިއްޖެ ނަމަ އަންނަ ހަފްތާގައި ވެސް އެތައް ސަތޭކަ ބަޔަކު މަރުވާނެ: ޔަމަނުގެ އެހީދޭ ޖަމާޢާތްތައް

10 ނޮވެމްބަރު 2017
އެހީ ނުލިބިއްޖެ ނަމަ އަންނަ ހަފްތާގައި ވެސް އެތައް ސަތޭކަ ބަޔަކު މަރުވާނެ: ޔަމަނުގެ އެހީދޭ ޖަމާޢާތްތައް
07 ނޮވެމްބަރު 2017

ސަޢޫދީން ފިޔަވަޅު އެޅުމުން ޔަމަނުގައި އެތައް މިލިއަން ބަޔަކު ބަނޑަށް ޖެހިފައި

07 ނޮވެމްބަރު 2017
ސަޢޫދީން ފިޔަވަޅު އެޅުމުން ޔަމަނުގައި އެތައް މިލިއަން ބަޔަކު ބަނޑަށް ޖެހިފައި
21 ސެޕްޓެމްބަރު 2017

ކަރަންޓު ނުލިބި މަސްތަކެއް ވޭތުވެދާނެ: ޕުއެޓެރީކޯގެ ގަވަރުނަރު

21 ސެޕްޓެމްބަރު 2017
ކަރަންޓު ނުލިބި މަސްތަކެއް ވޭތުވެދާނެ: ޕުއެޓެރީކޯގެ ގަވަރުނަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު