Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިލެނޯއި ކެމިކަލް ޕްލާންޓެއްގައި ރޯވުން

އިލެނޯއިގެ ކެމިކަލް ޕްލާންޓްގައި ބޮޑު އަލިފާނުގެ ހާދިސާއެއް

އަލިފާންގަޑު ނިއްވަން ދުވަސް ނަގާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 15 ޖޫން 2021 | އަންގާރަ 08:41
އިލެނޯއިގެ ކެމިކަލް ޕްލާންޓްގައި އަލިފާން ރޯވެފައި

އިލެނޯއިގެ ކެމިކަލް ޕްލާންޓްގައި އަލިފާން ރޯވެފައި

އެމެރިކާގެ އިލެނޯއި ސްޓޭޓްގެ އުތުރުގައި އޮންނަ ރޮކްޓަން އަވަށުގައި ހުންނަ ކެމިކަލް ޕްލާންޓެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ހޯމަ ދުވަހުގެ ހެނދުނު ހިނގި މި ހާދިސާގައި ކެމިކަލް ޕްލާންޓްގައި އަލިފާން ރޯވެ އެތަނުގައި ހުރި ކެމިކަލްތައް ގޮވުމުގެ ސަބަބުން އަލިފާންގަނޑު ފެތުރި، ކަޅު ބޯ ދުން މުޅި ސަރަހައްދަށް ވަނީ ފެތުރިފައެވެ.

އަލިފާނުގެ ހާދިސާ ހިނގުމާއެކު ޝިކާގޯގެ ހުޅަނގު އުތުރުގައި އޮންނަ ރޮކްޓަން އަވަށުގެ އިމަރޖެންސީ ރެންސްޕޮންސް ޓީމުން އެތަނަށް ގޮސް މީހުން ސަލާމަތްކުރުމަށް މަސައްކަތް ފެށިއެވެ. އެގޮތުން ޕްލާންޓްގެ އެތެރެއިން 70 މީހުން ސަލާމަތް ކޮށްފައިވެއެވެެ. ޕްލާންޓާ ގާތްގަނޑަކަށް 2 މޭލު ދުރުގައި ހުރި ގެތަކާއި ވިޔަފާރިތަކުގެ މީހުން އެ ސަރަހައްދު ދޫކޮށް ދިޔުމަށް އޮފިސަރުން ވަނީ އަންގާފައެވެ.

ޕްލާންޓްގައި މައިގަނޑުގޮތެއްގައި އުފައްދަނީ ގްރީސް ކަމުން އަލިފާން އެއްކޮށް ނިއްވުމަށް ދުވަސް ނަގާނެ ކަމަށް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ އޮފިސަރުން ބުނެއެވެ. އެއްހާހާ ގާތްކުރާ އަދަދުގެ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރަން ޖެހުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެގެން މިހާތަނަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

އެސަރަހައްދުން ކުނި ނަގައި ސާފުކުރުމުގައި ސަމާލުވުމަށްވަނީ އަންގާފައެެވެ. އެގޮތުން ކުނިނެގުމުގައި ހުސް އަތުން ކުނި ނުނެގުމަށް ވަނީ އިރުޝާދު ދީފައެވެ. ކެމިކަލް ތަކެއް ގޮވައިގެން ހިނގި ހާދިސާ އެއްކަމުން އޭގެ އަސަރު ކުނީގައި ހުރުން އެކަށީގެންވާ ކަމަށް ސިއްޙީ މާހިރުންވަނީ ބުނެފައެވެ.

ޗިކާގޯ ނިއުސްއިލެނޯއި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2022

ޗިކާގޯ ފަރ ފެސްޓިވަލަށް ގިނަ ބައެއްގެ މަޤްބޫލުކަން

08 ޑިސެމްބަރު 2022
ޗިކާގޯ ފަރ ފެސްޓިވަލަށް ގިނަ ބައެއްގެ މަޤްބޫލުކަން
24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
12 ފެބުރުއަރީ 2017

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު