Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ1442 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން

ހައްޖު ދަތުރުތައް ކެންސަލްކޮށް، ރިޒާވް ކުރި ޖާގަތައް އެއް އަހަރަށް ފަސްކޮށްފި: ހައްޖު ކޯޕަރޭޝަން

ކުންފުންޏަށް ފައިސާ ދައްކައި، ހައްޖުގެ ޖާގަ ރިޒާވްކޮށްފައިވާ ފަރާތްތަކަށް ޖާގަ ރިޒާވްކުރެވިފައިވާ ތަރުތީބުން ޖާގަ ލިބޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 13 ޖޫން 2021 | އާދީއްތަ 07:15
ހައްޖަށް ދާން މީހުން ފުުރުން

ހައްޖަށް ދާން މީހުން ފުުރުން

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް އިން ހައްޖު ދަތުރުތައް ކެންސަލްކޮށް، ޖާގަތައް ރިޒާވްކުރި ފަރާތްތަކަށް ދަތުރުތައް އެއް އަހަރަށް ފަސްކޮށްދީފިއެވެ.

ހައްޖު ކޯޕަރޭޝަންއިން މިކަމާ ގުޅިގެން ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން 1442 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ހަމައެކަނި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ފަރާތްތަކަށް ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަންގެ ފަރާތުން މި އަަހަރު ކުރުމަށް ހަމަޖެހިފައިވާ ހައްޖު ދަތުރުތައް ކެންސަލްކޮށްފައިވާ ކަމަށެެވެ. އަދި ކުންފުންޏަށް ފައިސާ ދައްކައި، ހައްޖުގެ ޖާގަ ރިޒާވް ކޮށްފައިވާ ފަރާތްތަކަށް ޖާގަ ދެވޭ އަހަރު، ޖާގަ ރިޒާވް ކުރެވިފައިވާ ތަރުތީބުން އެއް އަހަރަށް ފަސްކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މި އަހަރު ހައްޖުވުމަށް ކަނޑައެޅި ޖާގަ ދެވިފައިވާ ފަރާތްތަކަށް އަންނަ އަހަރުގެ ހައްޖުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެ ކަމަށާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ކުންފުނީގެ ހޮޓްލައިން ނަންބަރު 7961012 ނުވަތަ 9482292ށް ގުޅައިގެން ލިބޭނެ ކަމަށް ބުނެފައެވެ. އަދި ހައްޖުގެ ޖާގަތަކަށް އައިސްފައިވާ ބަދަލުތައް ވެސް އެ ކޯޕަރޭޝަންގެ ވެބްސައިޓުގައިވާ "ހައްޖު ޖާގަ" ޓެބް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކޮވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކާއެކު މިއަހަރު ވެސް ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ހަމައެކަނި ސައުދީއަރަބިއާގައި ދިރިއުޅޭ މީހުންނަށް އެކަނިކަމަށް އެ ޤައުމުން ކަނޑައަޅާފައިވާއިރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނެ އަދަދަކީ، 60،000 މީހުން ކަމަށް ވަނީ ކަނޑައަޅާފައެވެ.

މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވެކްސިން ޖަހާފައިވާ މީހުންނަށްކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ. އަދި ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުންނަށް މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތެއް ނެތެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރު ވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ހޮވާފައިވަނީ ސައުދީ ސަރުކާރުން އެކުލަވާލި ޚާއްސަ މިންގަނޑުތަކެއްގެ ތެރެއިންނެވެ. މަދު މީސްކޮޅަކާއެކު މިދިޔަ އަހަރު ހައްޖުގެ އަޅުކަން ކުރިއަށް ގެންގޮސްފައިވާއިރު، ރައްކާތެރިކަމުގެ ގޮތުން ސައުދީން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް ކުރީބައިގައި އަޅާފައެވެ.

މިސާލެއްގެ ގޮތުން ހައްޖުގެ އެންމެ މުހިއްމު ހަރަކާތް ކަމަށްވާ ޖަމްރާއަށް ހިލައުކުން ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުއެވެ. އެގޮތުން ހިލަ އުކުމަށްޓަކައި އަމިއްލަ ހިލަ އެއްކުރުމުގެ ބަދަލުގައި އެފަހަރު ކޮންމެ ހައްޖުވެރިއަކަށް ސްޓެރެލައިޒް ކޮށްފައިވާ ހިލަތަކެއް ވަނީ ދީފައެވެ.

އޭގެ އިތުރުން، ގެފުޅުގެ ވަށައިގެން ޠަވާފްކުރުމުގައި ވެސް އިޖުތިމާއީ ގައިދުރުކަމާއި، މާސްކް އެޅުން ފަދަ ފިޔަވަޅުތައް ގާތުން ބަލައި ކަށަވަރު ކޮށްފައިވެއެވެ. އަދި ކޮވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ވަރުގަދަ ފިވަޅުތަކާއެކު 2020 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން ނިންމާލުމާ ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް އޭރު ވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރަށް ތައުރީފު ކޮށްފައެވެ.

މީގެ ކުރިން ކޮންމެ އަހަރަކު ހައްޖުގެ އަޅުކަން އަދާކުރުމަށް 2.5 މިލިއަން މުސްލިމުން ދިޔަ ނަމަވެސް، މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކޮށްފައިވަނީ 10،000 މުސްލިމުންނެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް

އިތުރަށް ކިޔާލަން

19 މާރިޗު 2025

ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފި

19 މާރިޗު 2025
ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފި
27 މެއި 2023

ރާއްޖެ އިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް އަންނަ މަހު ފުރާނެ

27 މެއި 2023
ރާއްޖެ އިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް އަންނަ މަހު ފުރާނެ
07 މެއި 2022

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

07 މެއި 2022
އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ
24 މެއި 2017

ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

24 މެއި 2017
ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
19 މެއި 2017

ހައްޖު ގުރޫޕްތައް ކަނޑައެޅުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އޭސީސީއަށް ހުށަހަޅައިފި

19 މެއި 2017
ހައްޖު ގުރޫޕްތައް ކަނޑައެޅުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އޭސީސީއަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު